ޚަބަރު
ކޮވިޑް ލޯނާއި ހައުސިން ލޯނުގެ ހުރިހާ އިންޓްރެސްޓެއް މައާފުކުރަން ރައީސް ނިންމަވައިފި

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުގެ އިންޓްރެސްޓް މާފުކުރަން ނިންމައިފިއެވެ.

އެކަން ހާމަކުރެއްވި ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒުއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ބަޔަކު އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ނަގާފައިވާ ކަމަށެވެ. އެ ލޯނުގެ އިންޓްރެސްޓް އިތުރުވަމުން ގޮސް ނުކަތާ ހިސާބަށް ގޮސްފައިިވާ ކަމަށް ވިދާޅުވިއެވެ.

ހައްދުންމަތީ ފޮނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކޮވިޑްގެ ތެރޭގައި އެތައް ބަޔަކު ހާލުގައި ޖެހި، އެތައް ގިނަ ބަޔަކު ލޯނު ނެގިކަމަށެވެ. އެގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ގިނަ އަދަދެއްގެ ފަރާތްތަކަށް ދޫކުރި ލޯނު، އެތައް ބަޔަކަށް ނުދެއްކި އިންޓްރެސްޓް އަރައިގެން ގޮސްފައިވާކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެ އިންޓަރެސްޓް މަޢާފްކޮށްދޭނެކަމަށް ވަޢުދުވެ އެކަން ކޮށްފައި ނުވާކަމަށެވެ.

އެހެންވެ މި ސަރުކާރުން މިދިޔަ ހަތަރު މަސްތެރޭގައި މަސައްކަތްކުރީ އިންޓްރެސްސް މާފުކުރުމުގެ މަސައްކަތްކަން ރައީސް މުއިއްޒު ހާމަކުރެއްވިއެވެ.

“އެހެންވީމަ އިރާދަކުރެއްވިއްޔާ އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން، ކޮވިޑުގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް މާފުކުރަން މިހާރު ވަނީ ނިންމާފައި،” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ކުރި މަސައްކަތުން ރައްޔިތުންނަށް ދައްކަން ހުރި ފައިސާ އާއި ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ގެންދާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުއްޓާލާފައިވާ މަޝްރޫއުތައްވެސް ކުރިއަށްގެންދާ ކަމަށެވެ.

އެސްޑީއެފްސީއަކީ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް، ގިނަ 2،205 ފަރާތަކަށް، 381 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ހާމަކުރެއެވެ. އެސްޑީއެފްސީން ބުނީ މިލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވެ ދީފައިވާ ކަމަށެވެ. މިއަދާ ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީއިން ވަނީ ލޯނު ދޫކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!