ޚަބަރު
އެމްޑީޕީން ކުރަނީ އެނބުރެމުން ސެނބުރެމުންދާ ވަހުތާނެއް ފަދަ ކެމްޕޭނެއް :ހީނާ

މިހާރު އެންމެ ކަންބޮޑުވާކަމަކީ މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީން ކެމްޕޭން ކުރާ ގޮތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މަޖިލިސް އިންތިހާބާއި ގުޅުވައިގެން ޕީޕީއެމް/ ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހިނާ ފާހަގަކުރެއްވީ އެމްޑީޕީން ކުރަނީ އެނބުރެމުން ސެނބުރެމުންދާ ވަހުތާނެއް ފަދަ ކެމްޕޭނެއް ކަމަށާއި، ނޫސްވެރިންވެސް މަގުމައްޗަށް ނުކުމެވަޑާއިގެން ބެއްލެވީމަ ވަރަށް ރަނގަޅަށް މިކަންކަން އެނގޭނެ ކަމަށެވެ.

“އެބޭފޫޅުން މަގުމަތީގަ ދަމާހުރި ބެނާތަކުގަ ހުރީ ކޮންކަހަލަ ވާހަކަތަކެއްތޯ. ސިޔާސަތެއް ނެތް ފެންނާކަށް. ވެރިކަން ގެއްލުނީމަ، ލިބުނު އެއްޗެއް ގެއްލުނީމަ ވީ ތަދުން އެންޓިކެމްޕޭން ކުރައްވާތަން ފެންނަނީ. އެނޫން އެއްވެސް އެޗެއް ނުފެނޭ” ހީނާ

ހިނާ ވިދާޅުވީ އެމްޑީގެ އަމާޒު ރަނގަޅު ނޫން ކަމަށާއި، ގާނޫނުހަދާ މަޖިލީހަށް ކެންޑިޑޭޓުން ގެނައުމުގެ މާބޮޑު ފޯކަސްއެއް ވެސް އެކަމަށް ނުގެންގުޅޭ ކަމަށެވެ. އަދި ބެނާތަކާއި މަގުމަތީގައި ދަމާފައިހުރި ފޮތިތަކުން ފެންނަނީ އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ޝުއޫރުތައް ކަމަށްވެސް ހީނާ ވިދާޅުވިއެވެ. މީގެ އިތުރުން ހީނާ ފާހަގަކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ ބަސްމަގުވެސް ރަނގަޅުނޫން ކަމަށާއި، ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ވެސް ވާހަކަފުޅު ހުންނަވީ ސިޔާސީ ޕާޓީއެއްގެ އިސްލެލްގެ ބޭފުޅެއްގެ ވާހަކަ ހުންނަން ޖެހޭ މޭރުމަކުން ނޫން ކަމަށެވެ.

ފައްޔާޒުގެ ވާހަކަހުރީ ހައްދުފަހަނައެޅުމާއި އެއްގޮތަށްކަމަށާއި، އެއީ އަމާޒެއް ސިޔާސަތެއްނެތި ކުރިއަށްދެވޭތީ ކަމަށެވެ. އަދި ދައްކާ ވާހަކައިން ބިރުދެއްކާ ބީދައިން ވާހަކަދެއްކުމަކީވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްވެސް ހީނާ ވިދާޅުވިއެވެ—-

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!