ޚަބަރު
މަޖީދީމަގު ގައި ހުރި މޮބައިލް ފިހާރައަކުން ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ފިހާރައަކުން ފޯނެއް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިޔޯއެއް އާންމުކުރުމަށްފަހު އެ މީހާ ހޯދަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަނީ ފޯނު ކޯލެއްގައި ހުރި މީހަކު ފިހާރާއަކަށް ވަަންނަ ތަނެވެ. އޭރު ފިހާރައިގެ ސޭލްސްމަނަކަށް ހުރި ފަރާތުން ހީވާގޮތުން ފޯނުތައް ހުރި ކަބަޑުކަހަލަ ދިމާއަކަށް ތިރިވެގެން ކޮންމެވެސް މަސައްކަތެއްގައި ހުރި ކަހަލަ ގޮތަކަށް ފެނެއެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ،  2024 މާރިޗު 18 ވަނަ ދުވަހުގެ ވަގުތެއްގައި މަޖީދީ މަގުގައި ހުންނަ ބަންކާ މޯބައިލް ފިހާރައިން މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާ ފަރާތެއް ކަމަށެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅުއްވައި ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!