ޚަބަރު
ވޯޓު ދެއްވަންވީ ތަރައްގީއަށް – ރައީސް

މި މަހުގެ 21 ވަނަ ދުވަހު ހެނދުނު ހެނދުނާ އެންމެން އެކުގައި ގައުމުގެ ހަމަޖެހުމަށާއި ތަރައްގީއަށް ވޯޓު ދިނުމަށް ގެއިން ނުކުތުމަށް ތައްޔާރުވާންވާންވީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން މަޖިލީސް އިންތިހާބުގެ ވޯޓުލާން ވީ ދުވަސް ވަރަށް ކުޑަތަންވެފައިވާއިރު، އަވަސްވެގަންނަންވީ މި ގައުމުގެ މިނިވަންކަމާއި މި ގައުމުގެ ސިޔާދަތާއި އަމަންްމާންކަމުގެ ރައްކާތެރިކަަމަށް ވޯޓު ދިނުމަށް ތައްޔާރުވުމަށްކަމަށެވެ. އަދި މި އެޕްރީލް މަހު 21 ވަނަ ދުވަހު ހެނދުނު ހެނދުނާ އަވަސްވެގަންނަންވީ ގައުމުގެ ހަމަޖެހުމަށާއި ތަރައްގީއަށް އެންމެން އެކުގައި ބާރު ލާފައި ނުކުތުމަށް ތައްޔާރުވާންވީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ކަންކަން ހާސިލްވާން އޮތީ ބުއްދީގެ ބޭނުންކޮށް، ވަކިއަތަކަށް ނުޖެހި، ތައައްސުބުން އެއްކިބާވެ ހުރެ މިނިވަންކަމާއި އިންސާފުވެރިކަމާއި، ސަރުކާރަށް ތާއިދުކުރާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން އެކަނި ކަމަށެވެ. އަދި ކުރިމަތިން ފެންނަން ހުރި ކަންކަމަށް ބަލާއިރު، މިހާރު އޮތް މަޖިލީހުގެ ތެރެއިން ފެންނަމުންދާ ހަގީގަތްތަކަށް ބަލާއިރު، މި ނޫން އިތުރު އެއްވެސް ޖަވާބެއް ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއި މިސަރުކާރުގެ ފިކުރަކީ ތަރައްގީގެ ފިކުރުކަމަށާއި ބޭނުންވެލައްވަނީ މުޅި ރާއްޖޭގެ ތަރައްގީ ޔަގީންކޮށްދިނުމަށް ކަމަށެވެ.

“އަޅުގަނޑުމެންގެ ފިކުރަކީ ތަރައްގީގެ ފިކުރު، އަޅުގަނޑުމެން ބޭނުންވަނީ މުޅި ރާއްޖޭގެ ތަރައްގީ ޔަގީންކޮށްދޭން، މި މާލެ ސިޓީގެ ރައްޔިތުންނަށް ނުވެފައި ހުރި މި މުހިންމު މައިގަނޑު ކަންތައްތައް ގެދޮރުވެރިކަމުން ގޮސް އެންމެ ކުދި ކަންކަމާއި ހަމައަށް ތަރައްގީ ޔަގީންކޮށްދޭން،”. ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ތަރައްގީ ޔަގީން ކުރުމަށްޓަކައި މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވި ކަަމަށެވެ. މާލެ އާއި މުޅި ރާއްޖޭގެ ރައްޔިިތުންނަށް އެންމެ ބޭނުންވާ ކަންކަމަކީ ގެދޮވެރިކަން ކަމަށް ވާއިރު، ގައުމީ މިނިވަންކަމުގެ ކަންކަމަށް ފަހު ދެން އެންމެ ފުރަތަމަ ވައުދަކަށްވެސް ވެވަޑައިގެންނީ ގެދޮރުވެރިކަމުގެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

“ސަރުކާރުން ބިލެއް ހުށަހަޅާއިރަށް ބޭރުކޮށްލާ، ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫއެެއް ހިންގަން ވެގެން ބޭރުގެ އެހީއެއް ހޯދަން ހުއްދައަށް އަހާލާއިރުގައި އެކަން އެޖެންޑާ ނުކޮށްދީ، އެކަން ދުވަހެއް ބޭކާރުކޮށްލާ، މަޖިލީހުން އެކަން އެތައް ގޮތްގޮތުން އުނދަގޫކޮށް، ރައްޔިތުން އެކަން ކުރުމުގެ ފުރުސަތު ދިނުން، މިފަދަ ކަންކަމަށް މި މަޖިލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށް ގައިމުވެސް ނުވިސްނޭ.”. ރައީސް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!