ޚަބަރު
ގަލަގިލިފަޅު އުކުޅަހަށް، ތުރާކުނަށް ވަނގާރު

އަރިއަތޮޅު އުތުރުބުރީ ގަލަގިލި ފަޅަކީ އެ އަތޮޅުގެ އުކުޅަހު ބައެއްގެ ގޮތުގައި އަދި ތިލަދުންމަތީ އުތުރުބުރީ ވަނގާރަކީ އެ އަތޮޅު ތުރާކުނުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ރައީސް ޑރ މުއިއްޒު މިއަދު ނެރުއްވި ގަރާރެއްގައެވެ.

ރައީސް ނެރުއްވި ގަރާރުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ނެރުއްވި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރު އިސްލާހުކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ހއ. ތުރާކުނު ބައެއްގެ ގޮތުގައި އަދި ގަލަގިލި ފަޅަކީ އއ. އުކުޅަހު ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރައީސް ޑރ. މުއިއްޒު ގެންދަވަނީ ބައެއް ރަށްރަށުގެ ކައިރީގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް އެރަށްރަށުގެ އިހުތިސާސް ތެރެއަށް ހިމަނުއްވައި އެރަށްރަށުގެ ބައިތަކެއްގެ ގޮތުގައި އެފަޅުތަކާއި ފަޅުރަށްތައް ކަނޑައަޅުއްވަމުންނެވެ.

އެގޮތުން މިހާތަނަށް ފަޅުތަކާއި ފަޅުރަށްތައް އެރަށްތަކުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށްތަކަކީ

  • އދ. މަހިބަދޫއަށް އދ. މާފަރުފަޅު
  • އއ. ބޮޑުފޮޅުދޫއަށް އއ. ވެލިދުއްގާ
  • ނ. މާފަރަށް ނ. ފަރުމުއްޔާއި ކަނޑިންމާހުރާ
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!