ޚަބަރު
ލަންކާގެ މަސްބޯޓެއް ހަތް ލައްކަ ރުފިޔާއަށް ޖޫރިމަނާ ކޮށްފި

ލަންކާގެ މަސްބޯޓެއް ހަތް ލައްކަ ރުފިޔާއަށް ޖޫރިމަނާ ކޮށްފިއެވެ.

ލަންކާގެ މަސްބޯޓެއް ޖޫރުމަނާ ކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަނިކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޯޓްތައް މީގެ ކުރިންވެސް ސިފައިން ވަނީ އަތުލައިގަނެ ކަމާބެހޭ ފަރާތްތަކާ ހަވާލު ކޮށްފައެވެ.

މި ބޯޓް ޖޫރިމަނާ ކޮށްފައިވާއިރު، މި މައްސަލަ ފިޝަރީޒް މިނިސްޓްރީން ސިވިލް ކޯޓަށް ހުށައަޅާފައިވަނީ މަސް ބޯޓްގެ ވެރިފަރާތް ޖޫރިމަނާގެ ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީއެވެ.

މި ގޮތުން ޖޫރުމަނާ ކުރެވުނު މި މަސްބޯޓަކީ ލަންކާގެ މަސްބޯޓެއް ކަމަށްވާ ” ސުދިދަ ޕުތަ 2 ” ނަމަކަށް ކިޔާ މަސް ބޯޓެކެވެ.

މި މަސްބޯޓް ޖޫރިމަނާ ކުރުމުގެ ހުކުމުގައި ވަނީ މި ހުކުމް ކުރެވިފައިވަނީ ޢައިރު ހާޒިރުގައި ކަމަށާއި، މި ހިނގާ އެޕްރީލްމަހުގެ 15 ވަނަދުވަހުން ފެށިގެން ޖޫރމަނާ ފައިސާ ދެއްކުމަށެވެ. އަދި މި ފައިސާ 14 ދުވަހުގެ ތެރޭގައި އެއްކޮށް ދެއްކުމަށްވެސް ވަނީ އެދިފައެވެ.

ރާއްޖޭގެ ކަނޑުގެ ސަހައްދަށް މިގޮތަށް މަސްބޯޓްތައް ވަދެ ވަގަށް މަސްވެރިކަން ކުރެއެވެ. މިގޮތުން އަތުލައިގަނެވޭ ބޯޓްތައް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެވި އެ މައްސަލައާއި ގުޅޭ ގޮތުން އެ ބޯޓަކީ ކޮން ގައުމެއްގެ ބޯޓެއްތޯ ބަލާ މަޝްވަރާ ކުރެވި މީގެ ކުރިން ވަނީ ދޫވެސް ކޮށްލާއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!