ވާހަކަ
އިންތިޒާރުގެ ނިމުން-02

ފުރަތަމަ ބައިގެ ތެރެއިން….. ގޭގައި ކައްކާ ހަދާނެ މީހަކު ނެތުމުން ގޭގެ މަސައްކަތް ކުރުމަށް ޒިޔާން ވަނީ މީހަކު ހަމަޖައްސާފައެވެ.

މިއަދަކީ ނުޒޫ އަންނަން ބުނެފައި އޮތް ދުވަސްކަމުން ޒިޔާން އަވަސް އަވަހަށް ހޭލައިގެން ރީތިވެލިއެވެ. ސައިވެސް ނުބޮއި އަވަސް އަވަހަށް ސައިކަލަށް އަރާ ނައްޓާލިއެވެ. ބާރު ސްޕީޑެއްގައި ދުއްވަމުންދިޔަ ސައިކަލުގެ ދުވެލި މަޑޫކޮށްލީ ފެރީ ޓާމިނަލަށެވެ.

“އަދިވެސް ފެރީ ނާންނަނީތަ؟” އަތުކުރީ އޮތް ގަޑިޔަށް ބަލަމުން ޒިޔާން ދެކޮޅުހޯދާލިއެވެ.

ނުޒޫއަށް ގުޅާނަމޭ ހިތާ ޖީބުގައި އޮތް ފޯނު ނަގަން ބަލާލިއިރު ޒިޔާންއަށް އާދެވުނީ ފޯނު ގޭގައި ބާއްވާފައެވެ. އިރުކޮޅަކު ދެކޮޅަށް ހިގާލަހިގާލާ ހުރެފައި އެތާނގައި ހުރި މީހަކު ކައިރިން ޒިޔާން އަހާލިއެވެ.

“އަތޮޅުތަކުގެ ފެރީ މިއަދު ނާންނަނީތަ؟”

“ފެރީތައް އައި އެކަމަކު ހއ.އިން އަންނަ ފެރީ ވީނުވީތަނެއް ނޭގުނު. ކަނޑުގަދަ ކަމުން ވިއްސާރައިގައި ޖެހުނީ.” ޒިޔާންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމުނުހެންނެވެ. ނުޒޫ އަންނަން ބުނެފަ އޮތީ އެފެރީންނެވެ.

“ގެއްލުނު ފެރީ ފެނިއްޖެޔޯ. މީހުން އެބަގެންދޭ ހޮސްޕިޓަލަށް.” އެހެން މީހަކު ވާހަކަ ދެއްކި އަޑަށް ޒިޔާން ސިއްސައިގެން ގޮސް އެމީހާ ކައިރިން އަހާލިއެވެ.

” ކީކޭ. ކޮން ހޮސްޕިޓަލަކަށް؟”

“އައި.ޖީ.އެމް.އެޗަށް”

ހޭވެެރިކަމެއްނެތި ޒިޔާން މިސްރާބް ޖަހާލީ ހޮސްޕިޓަލަށެވެ. ސައިކަލު ދުއްވަމުން ދިޔައިރު ޒިޔާން އިދެވުނީ ރޮވިފައެވެ. ހޮސްޕިޓަލަށް އާދެވުމާއެކު ޒިޔާން ދުވަމުންގޮސް އެތެރެޔަށް ވަނެވެ. އަވަސްފަރުވާދޭ ކޮޓަރިތަކަށް ވަދެ ހޯދާވެސް ނުޒޫއެއް ފެންނާކަށް ނެތެވެ. އެންމެ ފަހުން ރިސެޕްޝަނަށް ގޮސް މައުލޫމާތު ސާފުކުރުމަށްފަހު ޒިޔާން ހިނގައިގަތީ އައިސީޔޫ އާ ދިމާލަށެވެ. އެތާނގަވެސް ނުޒޫއެއް ނެތެވެ.

“ނުޒޫ ކޮބާ!” އަނެއްކާ އެފެރީން ނުޒޫ އައިބާ.” މިހެން ހިތާ ބޯގޮވާފަ ހުއްޓާ ޒިޔާންގެ އާއިލާ ކުއްޖަކާ ދިމާވިއެވެ. އެކުއްޖާގެ ފޯނުން ޒިޔާން ނުޒޫގެ ފޯނަށް ގުޅާލިއެވެ. ނުޒޫގެ ފޯނަށް ގުޅޭނެ ގޮތެއް ނުވިއެވެ. އެންމެ ފަހުން ނުޒޫގެ ގެޔަށް ގުޅުމުން އެކޮޅުން ވާހަކަދެއްކީ ނުޒޫގެ ދައްތައެވެ.

“ހަލޯ” އެކޮޅުން ވާހަކަ ދެއްކަމުން ދިޔައިރު ގޭތެރެއިން ބަޔަކު ރޯއަޑުވެސް އިވެއެވެ.

“ހަލޯ. ނުޒޫ އުޅޭތަ؟”

“ނުޒޫ މިއަދު…” މިހިސާބަށް ބުނެވުނުތަނާ ދައްތައަށް ރޮވުނީއެވެ.

އިޚްތިޔާރަކާނުލާ ޒިޔާންގެ އަތުން ދޫވެގެން ފޯނު ވެއްޓުނީއެވެ. ދެކަކޫ މައްޗަށް ތިރިވުމާއެކު ޒިޔާން އަޑުން އަޑުނަގާ ރޯންފެށިއެވެ. ޒިޔާންއަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނީހެންނެވެ.

“ނުޒޫ…”

“ޒިޔާން ސިއްސުވާލީ ފިނި އިހުސާސަކުންނެވެ. ޒިޔާން ކޮނޑުގައި މީހަކު ހިފާލުމުންނެވެ. އެހިނދު ޒިޔާން ލޯހުޅުވާލިއެވެ. ކޮޅަށް ތެދުވަމުން ދެދޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލިއެވެ. އޭނަގެ ކަރުނަތައް ބައްޕައަށް ނުދެއްކުމަށްޓަކައެވެ. އާދައިގެ މަތިން ކޮންމެ ރެޔަކުވެސް އޭނަގެ ބައްޕަ އޭނަ ހޯދަން އެތަނަށް އަންނާނެއެވެ. ޒިޔާން ފަސްއެބުރި ބައްޕައަށް ބަލާލީ ހިނިތުންވުމަކާއެކުގައެވެ. އެވަގުތު ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނީއެވެ. މިރޭ އޭނަ ހޯދަނ އައީ ބައްޕައެއް ނޫނެވެ. އެހެން މީހެކެވެ. އެއީ ކާކު ހެއްޔެވެ. އަދިރިކަމުން ކާކު ކަމެއް ނޭގެއެވެ. އެކަމަކު އެއީ ބައްޕަ ނޫންކަން ޒިޔާންއަށް އެގެއެވެ.

ކުރިމަތީގައި ހުރީ އިސްކޮޅުން ޒިޔާންއަށްވުރެ ކުރު އަންހެން ކުއްޖެކެވެ. އިސްތަށިގަނޑު ވަޔާކުޅެމުންދާތީ އެއީ އަންހެންކުއްޖެއްކަން އެގެއެވެ. އަދިރިކަމުން ސިފަވަކިކުރާކަށް ނޭގުނެވެ. ކުއްލިއަކަށް ވިދާލިއެވެ. ޒިޔާންއަސް ބަލާލެވުނީ އުޑުމައްޗަށެވެ. ދެން އެރީތި މޫނަށެވެ. ފެނުނު މަންޒަރު ޤަބޫލުކުރަންވެސް ދަތިވިއެވެ. ދިގު މުއްދަތަކަށްފަހު ޒިޔާންގެ ތުންފަތް މަތިން ހިނިތުންވުމެއްގެ އަސަރު ފެނިގެންދިޔައެވެ. މިލާ މޯޅިވެފައިވާ މޫނު އަލިވެގެންދިޔައެވެ.

“ނުޒޫ!” މަޑުމަޑުން ބުނެލެވުނެވެ.

“އާ ޒިޔާން. ނުޒޫ. މީ ޒިޔާންގެ ނުޒޫ!” ނުޒޫ ހުރީ ވާރެޔާ ތެމިފޯވެފައެވެ.

“ނުޒޫ..” ޒިޔާން ނުޒޫގެ ގައިގައި ބާރަށް ބައްދައިގަތެވެ.

“ނުޒޫ. ކޮންތާކުން ތިއައީ. މިހާ ގިނަ ދުވަހު ނުޒޫ އުޅުނީ ކޮންތާކު. ނުޒޫ އަހަރެން މަތިން ހަދާންނުވޭޓަ. މީހުން ބުނީ ނުޒޫ މިދުނިޔޭގައި ނެތޭ. އެކަމަކު އަހަރެންގެ ހިތްބުނީ ނުޒޫ އަހަރެން ދޫކޮށްފަ ނުދާނޭ. ނުޒޫ އަދި އަންނާނޭ. ނުޒޫ… އަހަރެން ވަރަށް އެކަނިވެރިވެއްޖެ..ނުޒޫ….ދެން ދުވަހަކުވެސް އަހަރެން ދޫކޮށްފަ ނުދާތި. ނުދާތި..!” ޒިޔާންގެ ހިތުގެ އުދާސްތައް އެއްފަހަރާ ބޭރުކޮށްލިއެވެ.

ނުޒޫ ތަންކޮޅެއް ދުރަށް ޖެހިލަމުން އޭނައަށް ދިމާވި ކަންތައްތަކުގެ ވާހަކަ ކިޔައިދޭން ފެށިއެވެ.

“އެދުވަހު އަހަރެން މާލެދާން ފުރަން އުޅުމުންވެސް މަންމަ ވަރަށް މަސައްކަތް ކުރި އަހަރެން ނުފޮނުވަން. ވިއްސާރަ ދުވަހަކަށްވާތީ. ކަނޑުވެސް ގަދަވާނެކަމަށް ޓީވީން ގޮވަމުންދާތީ މަންމަ ކަންބޮޑުވި އަހަރެން އެކަނި ފޮނުވަންވެސް. އެކަމަކު އަހަރެން ޒިޔާން ކައިރީވެފައި އޮތް ވައުދުގެ މަތިން އަންނަން ބޭނުންވެގެން އައީ. ވަރަށް ކަނޑުގަދަ. ވަކިހިސާބަކަށް އާދެވުނުތަނާ ފެރީގެ ތެރެޔަށް ބޮޑު ރާޅެއް ބިންދާލީ. އެރާޅާއެކީ ފެރީ ބަންޑުންޖަހާލީ. ކަންދިމާކުރިގޮތުން އެދުވަހު ފެރީން ދަތުރުކުރީ މަދު ބަޔަކު. ފަތަން ދަންނަ މީހުން ސަލާމަތްވީ. އަހަންނަކަށް އެހާ ރަނގަޅަށް ފަތާކަށް ނޭގެ. އަހަރެން ގެބެން ފެށުމުން ސަލާމަތަށް އެދި ރޮއި އާދޭސްކުރިން. އެކަމަކު އެވަގުތު އެމީހުން އުޅުނީ އެމީހުންގެ އަމިއްލަ ނަފްސު ސަލާމަތް ކުރަން. މީހަކާ މީހަކާ ނޫޅޭ. ބޯކޮށް ވާރޭ ވެހޭ. އެއްވެސް ތަނެއް ދޮރެއް ނުފެނޭ. ޖަހާ ކޮންމެ ރާޅަކާއެކު އަހަރެން ގެންދިޔައީ ފެރީއާ ދުރަށް. އިރުކޮޅަކުން ވީނުވީއެއް ނޭގުނު. ހޭޅެވުނުއިރު އޮވެވުނީ ސިއްޙީ މަރުކަޒެއްގައި. ނުދަންނަ ރަށެއްގައި ނުދަންނަ ބަޔެއްގެ ތެރޭގައި. ޑޮކްޓަރު އެންގީ އެންމެ މަދުވެގެން 2މަސް ވަންދެން ހިނގާ ބިނގާ ނޫޅެން. އަހަރެންގެ ފަޔަށް ވަނީ ވަރަށް އަނިޔާ ލިބިފައި. އެރަށުގައި އަހަރެން އުޅުނީ މުސްކުޅި ދެމަފިރިއެއްގެ ގޭގައި. އެގޭގައި އަހަރެން އުމުރުފުރައިގެ އަންހެން ކުއްޖަކުވެސް އުޅުނު. އަހަރެންގެ ހުރިހާ ކަމެއް ބެލެހެއްޓީ އޭނަ. އެއީ ކުޑަކުޑަ ރަށެއް އާބާދީވެސް އެހާ މަދު. ފޯނުގެ އެއްވެސް ޚިދުމަތެއް ލިބޭ ރަށެއްނޫން. އާއިލާ މީހުންނަށް އަންގާނެ އެއްވެސް ގޮތެއް ނެތި އަހަރެން އެރަށުގައި އުޅުނީ ހަމައެކަނި ޒިޔާންގެ ހަދާނުގައި.

ޒިޔާންއާ ވަކިން އަހަރެން މިހޭދަކުރި ދެމަސްދުވަސް އަހަންނަށް ވެގެންދިޔައީ ދެގަރުނަށް. ޒިޔާންގެ ހަދާން އާނުވާ އެއްވެސް ހިނދެއް ނާދެ. ޒިޔާންއާ ނުލާ އަހަންނަށް އުލެވުނީކީއެއް ނޫން. ފައި ރަނގަޅުވެ ހިގެންފެށުމުން އަހަރެން މިއައީ ޒިޔާން ކައިރިޔަށް. ދެން ދުވަހަކުވެސް އަހަރެން ޒިޔާން ދޫކޮށްފަ ނުދާނަން.” ނުޒޫގެ ލޮލުން ފައިބަމުންދިޔަ މުތީތަކެއްފަދަ ކަރުނަތިކިތައް ޒިޔާން ފޮހެދިނެވެ.

ޒިޔާންއަށް ހީވީ މުޅި ކާއިނާތު އޭނައަށް މިލްކުވީހެންނެވެ. ދެމީހުން ތިބީ ވާރެޔާތެމިފޯވެފައެވެ. ވިދާލުމާއެކު ގުގުރަން ފެށުމުން ޒިޔާން ނުޒޫގެ އަތުގައި ހިފާ ގެޔާ ދިމާލަށް ދުއްވައިގަތެވެ. ގޭތެރެޔަށް ވަދެވުމާއެކު ދެކުދިންނަށްވެސް ލިބުނީ ހައިރާންކަމެކެވެ.

“މަންމާ!” ނުޒޫ ދުވެފަ ގޮސް މަންމަގެ ގައިގައި ބައްދައިގަތެވެ.

“ދަރިފުޅާ ނުޒޫ.” މަންމައަށްވެސް ރޮވުނެވެ.

“މަންމަ މިހުންނަނީ އުއްމީދުވެސް ކަނޑާލައިގެން ދެން މަންމައަށް ދަރިފުޅު ފެންނާނެ ކަމަށްވެސް.”

“މަންމާ! މީ ޒިޔާން” ނުޒޫ އޭނަ މަންމައަށް ޒިޔާން ތައާރަފްކޮށްދިނެވެ.

“މަންމައަށް އެގޭ. މަންމަ ގަސްތުކުރަނީ ދަރިފުޅުމެންގެ ކައިވެނި ވީހާވެސް އަވަސްކޮށްލަން. މިކަމާ ދަރިފުޅުމެންގެ އެއްވެސް މައްސަލައެއް އެބައޮތްތަ؟”

މަންމަ މިހެން ބުނުމުން ނުޒޫ ލަދުރަކި ގޮތަކަށް ޒިޔާންއަށް ބަލާލިއެވެ. ދެހަފްތާތެރޭ އެކުދިންގެ ކައިވެނީގެ ކަންތައް ނިމިއްޖެއެވެ. މާމުއި ހަނދުގެ ދުވަސްތައް ފެށުނީއެވެ.

ޒިޔާންގެ އިންތިޒާރު ނިމުނީއެވެ. އިންތިޒާރުގެ މޭވާ ފޮނިއެވެ.

ފޭދިގެން ނުމެދޭ ހަނދާންތައް، ލިބުނުހާ ލޯތްބާ އުފާތައް

ހުއްޓަކަސް ދުރުގާ ތިބާޔާ، ކައިރިއޭ ކަލާ އެހާވެސް

ކުރަމޭ އަބަދުހެން އިންތިޒާރު، އެދިގެން ތިލޯތްބަށް ލޯބިވާ

އުއްމީދަކީ ކަލާއޭ، ހަޔާތަށް އެބުރި އަންނާށެ ޔާރު

ހިތުގާވެޔޭ ޔަޤީންކަން، ދޫކޮށް އަޅާ ދުނިޔެއަށް

ބިކަހާލުގާ ޖައްސާފަކާ، ނުމެދާނެޔޭ މިތުރާ މަގޭ

ފުރިހަމަ މަގޭ އުއްމީދުވީ، ޔާރާ އަރިހަށް މަގޭ އައީ

ކުލަޖައްސަމުން ހަޔާތަށް، ލޯތްބާ އުފާ ދޭށޭ އައީ

(ނިމުނީ)

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!