ފުރަތަމަ ފަހަރަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މާލެއިން ބޭރުން މީޙަކު އައްޔަންކުރައްވައިފިއެވެ. މި މަގާމަށް އައްޔަންކޮށްފައިވަނީ މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
ދިވެހިރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަކީ ދިވެހި ޢަސްކަރިއްޔާގެ ލަޝްކަރުގެ ވެރިޔާ އަދި އެއިގެފަހުން ރާއްޖޭގެ ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ސިރީ ކުލަސުންދުރަ ސިއާކަ ސާސްތުރަ މަހާރަދުން (ދިޔަމިގިލީ ބަންޑާރައިން)ގެ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުން (އިބްރާހީމް ރަސްގެފާނު)ގެ، އައްސުލްޠާނުލް ޣާޒީ މުަޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަރަންމަނި ކީރިތި މަހާރަދުން، ޙާޖީ ބަންޑާރައިން ނުވަތަ ޝަހީދުކުޅަ ބަންޑާރައިންގެ، އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ، ޢާއިޝާދީދީގެ، ދޮންދީދީގެ، އިބްރާހީމްދީދީގެ، ޚަދީޖާދީދީގެ، އިސްމާޢީލްދީދީގެ، މުޙައްމަދުދީދީގެ، ޙަސަން ޙިލްމީ ނުވަތަ ހަވަރުތިނަދޫ ތުއްތު ކަތީބުގެ ދަރިކަލުންނެވެ.

ޗީފް އޮފް ޑިފެންސްފޯސް އިބްރާހިމް ހިލްމީ އަދި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން
ޙިލްމީ އެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ސިފައިންގެ ޤާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ޙިލްމީ މިހާތަނަށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

ރައީސުލް ޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އަދި ޗީފް ޑިފެންސްފޯސް އިބްރާހިމް ހިލްމީ
މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ހިލްމީ މިހާތަނަށް ފާހަގަވެގެން ގޮސްފައިވަނީ، އޮފިސަރުންނާއި ގުޅިގެން މަސައްކަތްކުރާ، ލީޑަރޝިޕް ރަނގަޅު މުވައްޒަފެއްގެ ގޮތުގައެވެ. އަދި މިއީ ދިވެހި އަސްކަރިއްޔާގެ، މިފެންވަރުގެ މަގާމަަށް މާލެއިން ބޭރުން މީހަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ މުޅި ހުވަދު އަތޮޅަށް ލިބުނު ފަޙުރެކެވެ.