ޚަބަރު
ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ދިފާޢު ކުރުމަށް ސެމްބެ ސީދާ ހަރަކާތުގައި!

ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ސަރުކާރަށް ނަގައި ދިނުމަށް، ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި ކުރީގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ސީދާ ހަރަކާތުގައި، ރަށްތަކަށް ކެމްޕެއިން ދަތުރު ފައްޓަވައިފިއެވެ.

ސެމްބެ އަމިއްލަ ރަށް ފަރެސް މާތޮޑާއަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ސެމްބެ އަމިއްލަ ދާއިރާއަށް ވަޑައިގެންފައިވާއިރު މިހާރު ހިނގަމުންދާ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާ ތަމްސީލް ކުރެއްވީ ސެމްބެއެވެ.

އެހެންނަމަވެސް ނައިބް ރައީސް އަކަށް އިންތިހާބު ވުމާއި ގުޅިގެން ހުސްވެފައިވާ މި ގޮނޑި ސަރުކާރަށް ނަގައި ދިނުމަށް ސެމްބެ ވަނީ މަަސައްކަތް ފައްޓަވާފައެވެ.

ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓްއަށް ތާއިދު ހޯދުމަށް މިއަދު ވަޑައިގެންފައިވައިރު، ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ބާކީ އޮތީ ތިންދުވަހެވެ. މި ދަތުރުގައި ދާއިރާގެ ހުރިހާ ރަށަކަށް ވަކިވަކިން ނައިބު ރައީސް ވަޑައިގަންނަވަން ނިންމަވާފައި ވެއެވެ.

އަދި ދަތުރުގައި ފުރަތަމަ ރަށަކަށް ރަތަފަންދޫއަށް ވަޑައިގެންފައިވާ އިރު ދާއިރާގެ އަނެއް ރަށްކަމުގައިވާ ފިޔޯރީއަށްވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދުމަށް، ސަރުކާރުގެ ފަރާތުން ދަނީ ބުރަމަސައްކަތްތަކެއް ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!