ޚަބަރު
ގދ ފިޔޯރީގައި ހަމަނުޖެހުމަކަށް ފަހު ވޯޓުލުން މެދުކަނޑާލައިފި

ވިހި ސައުވީސް މަޖިލިސް އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ގދ ފިޔޯރީގައި ހަމަނުޖެހުމަކަށް ފަހު ވޯޓުލުން މެދުކަނޑާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓުލުން މެދުކަނޑާލައިފައި ވަނީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ސިއްރުކަން ގެއްލޭ ގޮތަށް ވޯޓިން ބޫތު ބަހައްޓާފައި ވުމާއި ގުޅިގެންނެވެ.

އަދި މިހަމަނުޖެހުމުގެ ތެރެއިން ފުލުހުން މެދުވެރިކޮށް ދެ މީހަކު ވަނީ ވޯޓުލާ ސަރަޙައްދުން ބޭރަށް ފޮނުވާފައެވެ. މިހަމަނުޖެހުމުގެ ސަބަބުން އެރަށުގައި ވޯޓުލުން ވަނީ 20 ވަރަކަށް މިނުޓަށް މެދުކަނޑާލައިފައެވެ. އެހެންނަމަވެސް މިހާރު އަލުން ވޯޓު ލުން ކުރިއަށް ދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ގިނަ މަރުކަޒުތަކުގައި މިއަދު ހެނދުނު 8:00 ގައި ވަނީ ވޯޓުލުން ފަށާފައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:30 އާ ހަމައަށެވެ.

ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށްދާނެ ގަޑި (އެގައުމުގެ ގަޑިން)

  • އިންޑިއާ (ޓްރިވެންޑްރަމް) : ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
  • ސްރީލަންކާ (ކޮލަމްބޯ) : ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
  • މެލޭޝިއާ (ކުއަލަލަމްޕޫރު): ހެނދުނު 11:00 އިން ރޭގަނޑު

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އަދި މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

ރާއްޖޭގެ އިތުރުން ބޭރުގެ ތިން ގައުމެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިހާބަށް ޖުމްލަ 287،462 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އީސީއިން ވަނީ ބުނެފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!