ޚަބަރު
މަޖިލިސް މެމްބަރުންގެ ޝޯޝަލްމީޑިއާ އެކައުންޓުތައް ވެރިފައި ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝޯޝަލްމީޑިއާ އެކައުންޓުތައް ވެރިފައި ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީއިން ފާސްކޮށްފިއެވެ.

ސުލޫކު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވީ، ބައެއް މެމްބަރުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައިގެން ދޮގު މައުލޫމާތު ފަތުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން ތަމްސީލު ކުރައްވާ މެމްބަރުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައި، މެމްބަރުންގެ ތަސައްވުރަށް އުނިކަން އަންނާނެ ފަދަ އަމަލުތައް ހިންގާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާއި އެހެންވެ މެމްބަރުންގެ އެކައުންޓުތައް ވެރިފައިކޮށް ދިނުމަށް އޭނާ ހުށަހެޅުއްވިއެވެ.

“މެންބަރުންގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައިގެން ނުބައި މައުލޫމާތު ފެތުރުން ކަންބޮޑުވާ ހިސާބަށް ގޮސްފައި އެބަ އޮތް، މަޖިލީހުގެ އިދާރާއިން މެންބަރުންގެ އެކައުންޓްތައް ވެރިފައިކޮށްދިނުން މުހިއްމު،” މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާގެ އެ ހުށަހެޅުއްވުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.

ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ، މަޖިލީހުގެ ހުރިހާ މެންބަރުންގެ މީސް މީޑިއާ އެކައުންޓްތައް ވެރިފައިކުރުމުގެ އިންތިޒާމުތައް ހަމަޖައްސަން މަޖިލީހުގެ އިދާރާގައި ދަންނަވާނެ ކަމަށެވެ.

މަޖިލީހުގެ އަދި ސަރުކާރުގެ ބައެއް އިސް ފަރާތްތަކުގެ ޝޯޝަލް މީޑިއާ އެކައުންޓުތައް މިހާރުވެސް ވެރިފައިކޮށްފައިވެއެވެ. ނަމަވެސް މެމްބަރުންގެ އެކައުންޓު ވެރިފައި ނުކޮށް ހުރިއިރު މަޖިލިސް މެމްބަރުންނާއި ސިޔާސީ ބައެއް ބޭފުޅުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައިގެން ދޮގު މައުލޫމާތު ފެތުރުމަކީ އާންމުކަމެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!