ޚަބަރު
96 އިންސަައްތަ ވޯޓުފޮށީގެ ސިއްރުކަން ވަނީ ކަށަވަރު ކޮށްދީފައި، އީސީގެ އިންތިޒާމުތައް ރަނގަޅު: ޓްރާންސްޕޭރެންސީ

މިއަދު ކުރިޔަށްދާ ދިވެހި ރާއްޖޭގެ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 96 އިން ސައްތަ ވޯޓް ފޮށީގެ ސިއްރުކަން ކަށަވަރުކޮށްދީފައި ވާކަމަށާއި، އިންތިޒާމްތައް ރަގަޅު ކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައިވަނީ ހަތަރު ޕަސަންޓް ވޯޓު ފޮށީގައި ސިއްރުކަން ކަށަވަރުކުރަން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި ނަމަވެސް، ފޮށިތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރަން ހަރުދަނާ ފިޔަވަޅުތައް އިލެކްޝަންސް ކޮމިޝަންއިން އަޅާފައިވާ ކަމުގައެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށް ދާ، މަޖިލިސް އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިޔަށްދަނީ އަމާންކަމާއެކު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީި ބުނެފައެވެ. އަދި މެންދުރު ފަހު 1:00 އާ ހަމައަށް 113،627 މީހުން ވޯޓުލާފައިކަމަށް އީސީ އިން ވަނީ މައުލޫމާތު ހާމަކޮށްފައެވެ.

އީސީ އިން ބުނީ މިއީ ވޯޓުމުގެ ހައްގު ލިބިފައިވާ މީހުންގެ %40 ކަމުގައެވެ. މީގެތެރެއިން %18 އަކީ އަންހެނުންނެވެ. %22 އަކީ ފިރިހެނުންނެވެ. މިހާތަނަށް 171،036 މީހުން ވޯޓުލާފައި ނުވެއެވެ. އެއީ ވޯޓުލުުމުގެ ހައްގު ލިބިފައިވާ މީހުންގެ %60 އެވެ.

އިންތިހާބުގެ ވޯޓުލުން ފެށުނު ގަޑީގެ ކުރިން ވެސް ވޯޓުލުމަށްޓަކައި މީހުން ދިޔައީ ކިޔު ހަދަމުންނެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިހާރުވެސް ކުރިއަށްދާ ވޯޓުލުން ނިމޭނީ މިއަދު ހަވީރު 5:30 ގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!