ޚަބަރު
މަޖިލިސް އިންތިހާބު ކާމިޔާބު ކުރެވުނީ ރައީސް ޑރ މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން: ނައިބުރައީސް

އިއްޔެ ބޭއްވި ރާއްޖޭގެ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކާމިޔާބު ހޯދި ހުރިހާ މެންބަރުންނަށް މަރުހަބާ ދެންނެވުމާއެކު، މި އިންތިހާބު ކާމިޔާބު ކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމްތަތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

“އެކްސް” މެދުވެރިކޮށް ކުރެއްވި ޕޯސްޓެެއްގައި ނައިބް ރައީސް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ރައީސް ޑރ. މުއިއްޒުގެ ޙިކުމަތްތެރި ވިސްނުންފުޅާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހޯދި ފުރިހަމަ ކާމިޔާބީއަށް އެންމެހާ ކެންޑިޑޭޓުންނަށާއި ވޯޓު ދެއްވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހޫނު މަރުޙަބާއަކާއި ޝުކުރެއް ދަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް ގުނި ވޯޓުގެ ނަތީޖާތަކުން ދައްކާ ގޮތުން ޕީއެންސީއަށް ވަނީ މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބިފައެވެ.

މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރާއިރު، ސަރުކާރަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ. ބާކީ ތިބި ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި، އެމްއެންޕީގެ ކެންޑިޑޭޓެއް އަދި އެމްޑީއޭގެ ދެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!