ޚަބަރު
ޕީއެންސީއާ ގުޅިވަޑައިގަތަސް، އެންޓިޑިފެކްޝަން ގާނޫނުގައިވާ ގޮތުން 6 މެންބަރުންގެ ގޮނޑި ނުގެއްލޭ: ހަބީބު

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެއްވި އަމިއްލަ 6 މެންބަރުން ސަރުކާރުގެ މައިޕާޓީ ޕީއެންސީ އާ ގުޅިވަޑައިގަތް ކަމަށްވިޔަސް ގާނޫނު ބުނާގޮތުން، އެބޭފުޅުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިލެކްޝަނަސް ކޮމިޝަނުގެ ކުރީގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އަމިއްލަ ގޮތުން މަޖިލީހަށް ހޮވުނު ހަ މެމްބަރުން، މިއަދު ޕީއެންސީ އާ ގުޅިވަޑައިގެންފައިވާއިރު، އެންޓިޑިފެކްޝަން ބިލުގައިވާ ގޮތަށް ޕާޓީބަދަލު ކޮށްފިނަމަ ގޮނޑިގެއްލޭގޮތަށް އޮތް ކަމުގައިވިޔަސް މި ހާލަތުގައި މިހަ މެންބަރުންގެ ގޮނޑި ނުގެއްލޭނެކަމުގައި ހަބީބު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން މަޖިލީހަށް ހޮވިވަޑައިގަންނަވާއިރު މެންބަރުން ތިބި ޕާޓީ ބަދަލުކޮށްފިނަމަ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާދިނުމާއެކު އެމެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ތަސްދީގު ކުރެއްވީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ހަބީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުތަކުންކުރެ ޝަރުތެއް މި ހަ ބޭފުޅުންގެ އުންޏެއް ނުވާ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައިވާ ޝަރުތުތަކަކީ

  • އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން
  • ފަނޑިޔާރަކު ކަމުގައިވުން

ހަބީބު ވިދާޅުވީ އެންޓި-ޑިފެކްޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކުވެސް ހުވާކުރާ ތާރީހު، އަންނަ މެއި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ މެމްބަރަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

“އެހެންނޫނަސް، ގާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ހިލާފަށް، އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ގާނޫނަކުން އުންޏެއް ނުކުރެވޭނެ. މަރުހަބާ، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވާ، އިއްޒަތްތެރި ހަ މެންބަރުން،”. އޭނާ ވިދާޅުވިއެވެ.

ޕީއެންސީ އަށް ސޮއިކުރެއްވި މެމްބަރުންތަކަކީ:

  • ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން ޢަބްދުﷲ – ނައިފަރު ދާއިރާ
  • ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

މީގެ ތެރެއިން ސަރުކާރުގެ ތާއީދާ އެކުގައި މަޖިލިހުގެ އިންތިހާބުގައި ވާދަކުރެއްވީ އަނާރާ އާއި ހަސަން ޒަރީރާއި އަހުމަދު ޒަމީރާއި އަހުމަދު ރިޔާޒެވެ. ޔާސީން އާއި އާޒިމްއަކީ ސަރުކާރުގެ ތާއީދާ އެކުގައި މަޖިލިހަށް ކުރިމަތިލެއްވި ބޭފުޅުންނެއް ނޫނެވެ. އެކަމަކު، އެއީ ޕީޕީއެމް/ޕީއެންސީ ފިކުރުގެ މެމްބަރުންނެވެ.

މި މެމްބަރުންތައް ޕީއެންސީއަށް ސޮއިކުރެއްވުމާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެމްބަރުންނާއި ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުންނާއެކު 76 މެމްބަރުން ތިއްބަވާނެއެވެ. ޕީއެންސީގައި އެކަނި ވެސް މިހާރު 72 މެމްބަރުން ތިއްބަވާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!