ޚަބަރު
ގިނައަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާފުޅިއަކާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޒިންމާ ނަގައިފި

މާލޭ ސަރަހައްދުގެ އެޕާޓުމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިއަކާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު އެއަށް ޒިންމާވެއްޖެއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ:

  1. މ. ރުބިކަން އަހްމަދު ނަޒީފް ނިޔާޒް (31 އ)
  2. ހ. މެހެލިގެ އިބްރާހިމް ހަލީލް (43 އ)
  3. ގ. ގޮއިދޫގެ ހަސަން ޝާފިއު (41 އ)

ފުލުހުން ބުނީ މިތިން މީހުން ހައްޔަރު ކުރި އެޕާޓްމަންޓްގެ ތެރެއިން ކިލޯއަކަށް ވުރެ ގިނަ ކެނަބިސް ފެނިފައި ކަމަށާއި އަދި ބަނގުރާ ހުސްކުރި ފުޅިއަކާއި މަސްތުވާތަކެތި ބަންދުކުރާ ސާމާނުވެސް މިތަނުން ފެނިފައިވާ ކަމަށެވެ.

ކޯޓުގައި އިބްރާހިމް ހަލީލް ވަނީ އެޕާޓްމަންޓުން ފެނުނު ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ބުނެފައެވެ. މިތިން މީހުންގެ ތެރެއިން އިބްރާހީމް ހަލީލްގެ ބަންދަށް ކޯޓުން ދީފައިވަނީ 30 ދުވަހެވެ. ހަސަން ޝާފިއު އާއި އަހްމަދު ނަޒީފްގެ ބަންދަށް ކޯޓުން ދީފައިވަނީ 20 ދުވަހެވެ

މި އެޕާޓުމެންޓުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި އެއްކިލޯއަށްވުރެ ގިނަ ކެނެބިސް ހުރި ކަމަށް ސީނަށް ދިޔަ ފުލުހުން ވަނީ ބުނެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!