ޚަބަރު
150 މެގަވޮޓް ކަރަންޓް އުފެދޭ ފްލޯޓިން ސޯލާ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއު ކެނެޑާގެ ކުންފުންޏަކަށް

އިއާދަ ކުރަނިވި ހަކަތައިގެ 150 މެގަވޮޓް ކަރަންޓް އުފެއްދޭ ފްލޯޓިން ސޯލާ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫޢު ހިންގުމަށް ކެނެޑާގެ ކުންފުންޏަކަށް ހުއްދަ ދީފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއިން ބުނީ، އެސްއީޒެޑްގެ ޤާނޫނުގެ ދަށުން އެފަދަ މަޝްރޫޢުތައް ހިންގުމުގެ މަސައްކަތުގައި، ދޫކުރަންޖެހޭ އަސާސީ ހުއްދަ ދީފައި ވަނީ، ބޯޑް އޮފް އިންވެސްޓްމަންޓްސްގެ ފަރާތުން، ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕްއަށެވެ. އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ހިންގުމަށް ރާވާ މަޝްރޫޢަކީ، މާލެ ސަރަހައްދުގައި އިއާދަކުރަނިވި ހަކަތައިން 150 މެގަވޯޓްގެ ކަރަންޓް އުފެއްދުމުގެ މަޝްރޫޢެކެވެ. އެކުންފުނިން މިމަޝްރޫޢު ހިންގާނީ، ސަންގްރޯ ޕަވާ ސްޕްލައި ކޯ ލިމިޓެޑާގުޅިގެންނެވެ. މިމަޝްރޫޢަށް ބޭނުންވާ ފަންނީ އެހީތައް އެކުންފުނިން ފޯރުކޮށްދޭނެއެވެ.

އިކޮނިމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ، މިއަދު ދޫކުރެވުނު ހުއްދައުގެ ދަށުން ފުރަތަމަ ކުރެވޭނީ، އެމަޝްރޫޢު ހިންގުމަށް ބޭނުންވާ ދިރާސާތަކާއި، އެސެސްމެންޓްތައް ހެދުމުގެ މަސައްކަތެވެ. އެކުންފުންޏާއި ސަރުކާރާއި ދެމެދު މަޝްވަރާކުރުމަށް ފަހުގައި މަޝްރޫޢު ކުރިޔަށް ގެންދާނޭ ގޮތްތަކެއް ނިންމާނީ އޭގެ ފަހުގައެވެ.

އިކޮނޮމޮކް މިނިސްޓްރީގެ ބަޔާނުގައި މި މަޝްރޫޢަކީ، މިދައުރުގެ ތެރޭގައި ރާއްޖޭގައި އުފައްދާ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ކުރެވޭނޭ މަޝްރޫޢަކަށް ވެގެންދާނެއެވެ. ރާއްޖޭގައި ހަކަތަ އުފެއްދުމަށް މިހާރު މައިގަނޑު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ ފޮސިލް ފިއުލްއެވެ.

ނިމިދިޔަ ދައުރުގައި ހިންގި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ ދަށުން ދުވާލަކަށް އުފެއްދެނީ، 5 މެގަވޮޓްގެ ކަރަންޓެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!