ރިޕޯޓް
ނައިބް ރައީސް ސެންބެ ދެއްވި ހިތްވަރާއެކު އަޝްރަފްގެ ކާމިޔާބީ, ދާއިރާ ގަދަ 5 އަހަރަކަށް! 

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، އެ މަނިކުފާނުގެ އަމިއްލަ ދާއިރާގެ ރައްޔިތުންގެ ތަރައްޤީ އާއި ކުރިމަގަށް އެޅުއްވި އެންމެ އުއްމީދީ އެއް ފިޔަވަޅަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަ ކުރެއްވި އަޝްރަފް ރަޝީދުގެ ކެމްޕެއިން ގައި ސީދާ ހަރަކާތުގައި ބައިވެރިވެވަޑައިގެން ހޯއްދެވި ކާމިޔާބީ އެވެ.

ކެމްޕެއިންގެ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ފޯރިއާއި ހިތްވަރުގައި ގދ ފަރެސްމާތޮޑާ ،ފިޔޯރީ އަދި ރަތަފަންދޫގެ ގިނަ ބަޔަކު އެއްވާނެއްގައި ކުރި “ދޮޅަހި” ގެ ކެމްޕެއިން ގައި އަޝްރަފް ގެ ޓީމާއި ނައިބު ރައީސް ސެމްބެ ރުކުރުވާލެއްވި އިތުރު ސަފު ތަކުގެ ސަބަބުން އެތައް ގިޔަރަކަށް ދުވެލި އިތުރުވިކަން ދުރާ ގާތުން މަންޒަރު ފެނުނު އެންމެންނަށް ވަސް ޔަޤީންވެއެވެ.

ނަތީޖާ އަކަށް ވެގެން ދިޔައީ ބޮޑު ތަފާ ތަކުން ދާއިރާގެ މަޖިލިސް ގޮނޑި ދިފާޢުކޮށް “ސުޕަރ މެޖޯރިޓީ ރަން ލިސްޓް” ގެ ތެރެއިން ޖާގަ ލިބުމެވެ.

ފަރެސްމާތޮޑާ އަށް އުފަން އަޝްރަފް ރަޝީދު، ގިނަ ބަޔަކު އިޙުތިރާމާ އެކު ބުނާ ބަހުން ނަމަ “އަޝްރަފްބެ” އަކީ މުޅި ހުވަދު އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން ދަންނަ ވަރަށް ވަތަނީ ބޭފުޅެކެވެ.

އަޝްރަފް ގެ ކެމްޕެއިނަށް ސެމްބެ އުފަންރަށަށް،

ޕީޕީއެމް ޕީއެންސީގެ ފިކުރުގައި އަބަދުވެސް ދެމި ހުންނަވާ ލީޑަރެކެވެ. ދާއިރާގެ 3 ރަށް އެއީ އެއް ރަށެއްގެ 3 އަވަށް ފަދައިން އަބަދުވެސް ދެކިލައްވާ ވަރަށް ގިނައިން ރައްޔިތުންނާ ގާތުން ބައްދަލުކުރައްވާ އެއްބަނޑު އެއްބަފާ ފަދަ ބޭފުޅެކެވެ.

އަދި ހަމައެހެންމެ ، ކަތީބުކަން ފަދަ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާދައިވާ އަޝްރަފް އަކީ ކުރައްވާ ކޮންމެ ކަމެއްގައި ވަރަށް ރައްޔިތުވަންތަ ބޭފުޅެކެވެ.

ނިމިގެންދިޔަ ވާދަވެރި ކެމްޕެއިންގައި އިދިކޮޅު ކެންޑިޑޭޓުންނާ ކިތަންމެ ވަރަކަށް ވާދަ ކުރައްވާ ބޮޑު ތަފާތަކުން މޮޅުވެ ވަޑައިގެން ނަމަވެސް ދާއިރާގެ ތަރައްޤީ އާއި ކުރިއެރުމަށް ކުރައްވަންޖެހޭ ކޮންމެ ކަމެއްގައި ސެމްބެގެ އިރުޝާދު ނަންގަވާނެއެވެ.

އަދި އެންމެންގެ އަޝްރަފްބެ ހުންނަވާނީ ނައިބު ރައީސް ކަމަށް ވަޑައިގަންނަވަންދެން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ސެމްބެ ފަދައިން ރައްޔިތުންގެ ރޫޙުގައި އެކަތިގަނޑަކަށްވެ މަސައްކަތް ކުރައްވާނެ ކަމާއިމެދު ދާއިރާގެ ރައްޔިތުން އެއްވެސް ވަރަކަށް ޝައްކެއް ނުކުރެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!