ކުޅުދުއްފުށި ސިޓީގައިހުރި ކެމްޕޭން އޮފީހެއްގައި ހުޅުޖެހިކަމަށް ތުހުމަތު ކުރެވޭމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މި ހިނގާ އެޕްރީލްމަހުގެ 16 ވަނަ ދުވަހުގައި ކަމަށާއި، ތުހުމަތު ކުރެވެނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު 2:55 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު އެމީހާ ގެނެވިފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުނ ބުނީ މިހާރު މި މައްސަލަދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

