ޚަބަރު
ތިނަދޫ ސްޓޭޑިއަމްގެ ފުރަތަމަ ވޮލީބޯޅަ މުބާރާތް އިޢުލާނު ކޮށްފި

ތިނަދޫ ސިޓީ ގައި ހުންނަ ސްޓޭޑިއަމް އިން އެ ސިޓީގައި ބާއްވާ ފުރަތަމަ ވޮލީބޯޅަ މުބާރާތް މިއަދު އިޢުލާނު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސީނިއަރ ޕޮލި ޓިކަލް ޑިރެކްޓަރ އިބްރާޙިމް ޝަފްރާޒް ތިނަދޫ ސްޓޭޑިއަމް ހިންގެވުމާއި ޙަވާލުވެ ވަޑައިގެންނެވިތާ 2 ދުވަސް ތެރޭގައި އިންތިޒާމް ކޮށްގެން ހިންގަވާ މި މުބާރާތަކީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިޔަށް ގެންދާ މުބާރާތެކެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މޭ މަހުގެ 20 ގައެވެ.

ޓީމުތައް ބައިވެރިވުމަށް ހުޅުވާލާ ފަހު ތާރީޚަކީ 5 މޭ އެވެ. އަދި ޓީމު ލިސްޓު ހުށަހަޅާނެ ފަހު ތާރީޚަކީ 10 މޭ އެވެ.

ތިނަދޫ ގައި ސްޓޭޑިއަމް ހިނގާތާ 23 އަހަރު ގެންފައިވާ އިރު މިހާތަނަށް އެތަނުގައި އަދި އެތަނުން އިންތިޒާމް ކޮށްގެން ވެސް އެއްވެސް މުބާރާތެއް ބާއްވާ ފައި ނުވެއެވެ. ނަމަވެސް އެތަނުގައި އެހެން ފަރާތަކަށް ކުޅިވަރާ ކަސްރަތުގެ ގިނަ ހަރަކާތްތަކާ މުބާރާތްތައް ކުރިޔަށް ދާ ގެންދާ ކަން ފާހަގަ ކުރެވެއެވެ.

ތިނަދޫ ސްޓޭޑިއަމްގައި ޒަމާނީ ފެންވަރުގެ ވޮލީބޯޅަ ކޯޓެއް ހަދާފައި ވަނީ ނިމި ދިޔަ އަހަރުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!