ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންފިއެވެ.
މިނިސްޓަރު ޒަމީރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ކޯލަބްރޭޝަން، ގްރޯތް އެންޑް އެނަރޖީގެ މުހިންމު ސަމިޓް ބައްދަލުވުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދުނިޔޭގެ ފެންވަރުގެ ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުން 700 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނަވައެވެ.
މިނިސްޓަރު ޒަމީރު އެންމެ ފަހުން ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ ޖެނުއަރީ މަހު ބެލްޖިއަމްއަށެވެ.