ޚަބަރު
ދެ ރައީސުންގެ ދެމެދު ހައްލު ނުކުރެވޭވަރުގެ މައްސަލައެއް ނެތް: ހަސަން ލަތީފު

ރައީސް ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހައްލު ނުކުރެވޭ ވަރުގެ ހިޔާލު ތަފާތުވުމެއް ނެތްކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާލުވީ، ރައީސް ސޯލިހުއާއި ރައީސް ނަޝީދާއި ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް އެއްގޮތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމާއި ބެހޭގޮތުން ދެބޭފުޅުންނާއިވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ޞާލިހުއާ ބައްދަލުކޮށް، އެމަނިކުފާނު ވިދާޅުވި ވާހަކަފުޅުތަކުގެ އަލީގައި، ރައީސް ނަޝީދާވެސް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާކަމަށާއި އެކަމުގައި ރައީސް ނަޝީދުގެ ހިޔާލު ހުންނެވިގޮތާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު އިތުރަށް ވިދާޅުވީ، ރައީސް ސޯލިހުއާއި ރައީސް ނަޝީދާ ދެބޭފުޅުންގެ ދެމެދުގައި ވާހަކަ ދައްކައިގެން ހައްލު ނުޙޯދޭ ވަރުގެ ބޮޑެތި ޙިޔާލު ތަފާފުވުންތަކެއް ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެދެބޭފުޅުންގެ ދެމެދުގައި އެވަރުގެ ހިޔާލު ތަފާތުވުންތަކެއް ނުވެސް ހުންނާނެ ކަމަށެވެ.

ހަސަން ލަތީފް މިހެން ވިދާޅުވިއިރު، މީގެ ކުރިން ރައީސް ނަޝީދު ވަނީ، ސިޔާސީގޮތުން އިތުރަށް ރައީސް ސޯލިހާއެކު މަސައްކަތް ކުރެވެން ނެތް ކަމަށާއި، އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ އެހީ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައި މިހާރުވަނީ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!