ޚަބަރު
މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ކަނޑާލަން އުޅޭ މައްސަލަ މަޑަވެލި ކައުންސިލުން ކުށްވެރިކޮށްފި

ގދ ހޯނޑެއްދޫ ކައުންސިލުން މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ކަނޑާލަން އުޅޭ މައްސަލަ ގދ މަޑަވެލި ކައުންސިލުން ކުށްވެރިކޮށްފިއެވެ.

މަޑަވެލި ކައުންސިލުން ދާދި ދެންމެއަކު ނެރުނު  އެކައުންސިލުގެ ގަރާރެއްގައި ބުނެފައިވަނީ، ގދ ހޯނޑެއްދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 13 ވަނަ އާންމު ބައްދަލުވުމުގައި މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ކަނޑާލުމަށް ނިންމުމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އަދި ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ނިންމާފައިވާ އެއްވެސް ޕްރޮޖެކްޓަކަށް އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރެއްގެ ގެއްލުމެއް ދިނުމަކީ އެއްވެސް ކައުންސިލަކުން ކޮށްގެންވާނެ ކަމެއް ކަމަށް އެކައުންސިލުން ގަބޫލު ނުކުރާ ކަމަށެވެ.

އަދި މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަކީ ދެރަށުގެ މަސްލަހަތު ހިމެނޭ ތަނަކަށްވުމާއި، ކޯޒްވޭ އަކީ އެދެރަށަށް ދިރިއުޅުމާއި، ވަޒީފާ އަށް ނިސްބަތްވާ ފަރާތްތައް ބޭނުންކުރާ ތަނަކަށްވެފައި، ކޯޒްވޭފެ ސަބަބުން ދެރަށުގެ އިގްތިސާދަށް ވެސް ރަނދަޅު ހެޔޮ ބަދަލެއް އަންނަ ކަމަށްވެސް އެކައުންސިލުން ނެރެފައިވާ ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

“އަވަށްޓެރި ހޯނޑެއްދޫ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އަމަލުކޮށްފިނަމަ، ކުރިމަގުގައި މިދެރަށުގެ ރައްޔިތުންނަށް ގިނަގުނަ ގެއްލުންތަކާއި ދަތި އުދަގޫތަކެއް ކުރިމަތިވެދާނެތީ، މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ކަނޑާލުމަށް ނިންމި ނިންމުން މިކައުންސިލުން ކުށްވެރި ކުރުމަށް މިކައުންސިލުގެ ހަތަރުވަނަ ދައުރުގެ 02 ވަނަ ކުއްލި ބައްދަލުވުމުން ކައުންސިލުން އިއްތިފާޤްވެ މިގޮތަށް ނިންމީމެވެ.” ގދ މަޑަވެލި ކައުންސިލް އިން ނެރެފައިވާ ގަރާރުގައި ބުނެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން މީގެ ކުރިން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިވް ވާރިޝް ވިދާޅުވީ، މަޑަވެލި ހޯނޑެއްދޫ ކޯޒްވޭގެ ސަބަބުން ހޯނޑެއްދޫގެ ދަނޑުބިންތަކަށް ގިނަ ގުނަ ގެއްލުންތަކެއް ލިބެމުންދާތީ ކޯޒްވޭ ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!