ރާއްޖޭގެ ސްކޫލެއްގައި ޤާއިމްކުރާ އެންމެ ފުރިހަމަ ވަޞީލަތާއެކުގަ ހުޅުމާޅޭގައި ހުޅުވޭ އަޖިއަލް އިންޓަނޭޝަނަލް ސްކޫލްގަ ކިޔެވުން ފަށަން ނިންމައިފިއެވެ.
އަޖިލް ސުކޫލް ހުޅުވިގެންދާނީ އަންނަ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއި އެކުގައެވެ.
އަޖިލް ސުކޫލް ހުޅުވޭނެ ތާރީހެއްކަމަށް ވަނީ އަންނަ މޭ މަހުގެ 26 ވަނަ ދުވަސްއެވެ. މި ސުކޫލަކީ ޒަމާނީ ވަސީލަތްތަކާއިއެކު ރާއްޖޭގައި ފުރަތަމަފަހަރަށް ހުޅުވޭ ސުކޫލެވެ. މި ސުކޫލުގައި އެންމެފަހުގެ ލެބޯޓްރީއާއި، ސްމާޓްބޯޑްތައް ހުންނަ ކްލާސް ރޫމާއި، އަދި ނަމާދު ކުރެވޭނެ އޭރިއާއަކާއި، ކުޅިވަރު ކުޅެވޭނެ ދަނޑުތައްވެސް ހުންނާނެއެވެ.
ސިއްހީ ފަރުވާދެވޭނެގޮތްވެސް މި ސުކޫލުން ގާއިމްކުރެވިފައި ހުންނާނެއެވެ. ސުކޫލުގައި ހާއްސަ އޮޑިޓޯރިއަމްއަކާ ޓެރަސްއެއްގެ އިތުރުން ގްރައުންޑް ކުޅިވަރު ކުޅެވޭނެ ގޮތްވެސް ހުރެއެެވެ.

އަޖިއަލް އިންޓަނޭޝަނަލް ސްކޫލް
ިއަޖިއަލް އިންޓަނޭޝަނަލް ސްކޫލަކީ އަލްޖެރީ ހޯލްޑިންގ އިންހިންގާ ސުކޫލެވެ. މި ސުކޫލް ހުންނަނީ ހުޅުމާލޭ ފޭސް އެކެއްގައެވެ. މި ސުކޫލުގައި ކިޔެވައިދެނީ އަރަބި އިގިރޭސި މީޑިއަމް އަށެވެ. އަޖިއަލް ސުކޫލް ހުޅުވިގެންދާއިރު އެ ސުކޫލުގެ ގެ އުއްމީދަކީ އަންނަ މޭ މަހުން ފެށިގެން ކިޔަވައިދޭންފެށި ކަމުގައިވީނަމަވެސް ކުރިއަަށްއޮތް ތާގައި އޭލެވެލްއާއި ހަމަޔަށް އެ ސުކޫލުގައި ކިޔަވައިދިނުމެވެ.
އަޖިލް ސުކޫލުގެ ކިޔަވައިދޭ ފީތައް:
އެންމެ ދަށްރޭޑްތަކަށް ޕްރީސުކޫލްވެސް ހިމެނޭހެން 5083ރ. އަށެވެ.
ގްރޭޑް 1 އިން ފެށިގެން ގޭރޭޑް 3 އާ ހަމަޔަށް ކިޔަވާ ދަރިވަރުންނަށް 6333 ރ. އަށެވެ.

އަޖިއަލް ސުކޫގައި ގާއިމް ކޮށްފައިވާ ސްވުމިންޕޫލެއް
މި ސުކޫލުގައި ސްވިމިން ޕޫލެއްވެސް ވަނީ ގާއިމް ކޮށްފައެވެ. އެ ސުކޫލުގައި ކިޔަވައިދޭ ޓީޗަރުންނާއި ދަރިވަރުންނަށް ބޭނުންވާ ގިނަ އިންތިޒާމުތައް ވެސް މި ސުކޫލުން ހަމަޖައްސައިދެއެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ހުޅުވޭ ފުރަތަމަ ސުކޫލެވެ.