ތިނަދޫ ސިރީ ގައި ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓް ޖަހައި ތައްޔާރު ކޮއްފައިވާ ޓާފް ދަނޑުގައި ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތް މުޅި ހުވަދު އަތޮޅު އުތުރުބުރި (ގދ) އަށް ހުޅުވާލައިގެން ބާއްވަން ތިނަދޫ ސިޓީ ސްޓޭޑިއަމް އިން އިޢުލާން ކޮއްފިއެވެ.
މި މުބާރާތް އިޢުލާން ކުރުމަށްފަހު ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސިޓީ ސްޓޭޑިއަމް ހިންގެވުމާއި ޙަވާލުވެ ހުންނެވި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސީނިއަރ ޕޮލި ޓިކަލް ޑިރެކްޓަރ އިބްރާޙިމް ޝަފްރާޒް ވިދާޅުވީ އަންނަ ޖޫން މަހު ގެ 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިނަދޫ “ސިޓީ ސްޓޭޑިއަމް ފުޓްބޯޅް ޓޯނަމެންޓް” ގައި ތިނަދޫ ގެ އިތުރުން ހުވަދު އަތޮޅު ދެކުނުގެބުރީގެ ހުރިހާ ރަށަކަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް މުބާރާތުގައި ކުޅެވޭނީ މުޅިންހެން ވެސް ދިވެހިންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝަފްރާޒް ފާހަގަކުރެއްވީ މި މުބާރާތުގައި ޓީމުތައް ބައިވެރިވުމުގައި ވަކި އަދަދެއް ނެތް ކަމަށެވެ.

ތިނަދޫ ސިޓީ ގެ އާ ފުޓުބޯޅަ ދަނޑު
ތިނަދޫ ގައި އެންމެ ފަހުން ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 2021 ވަނަ އަހަރުއެވެ. ތިނަދޫ ޖަމްޢިއްޔާ އެއް ކަމުގައިވާ ހަވަރު ސްޕޯޓްސް އިން “ހަވަރު ޔޫތު ކަޕް” ނަމުގައި ބޭއްވި މި މުބާރާތުގެ ތަށި ހޯދީ ތިނަދޫ އުތުރު އަވަށަށް ނިސްބަތްވާ ހުއްޓޭކޮޑާ އެވެ.
ތިނަދޫ ސިޓީ ސްޓޭޑިއަމް އިން ވަނީ އަންހެން އަދި ފިރިހެން ޑިވިޝަންގެ ވޮލީ މުބާރާތެއް ވެސް މިމަހުގެ ތެރޭގައި ބޭއްވުމަށް އިޢުލާނު ކޮށްފައެވެ.
ހަމަ އެކަނި ތިނަދޫ ސިޓީ ގައި ދިރިއުޅޭ ފަރާތްތަކަށް ކުޅެވޭ ގޮތަށް ބާއްވާ މި މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ތިނަދޫ ސިޓީ ސްޓޭޑިއަމް (ޓީ ސީ އެސް) އިން މައުލޫމާތު ދެއެވެ.