ޚަބަރު
އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލަނީ

ނިމިދިޔަ އިންތިޚާބުތަކުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް ނާކާމިޔާބިއާ ކުރިމަތިލާންޖެހުނު ސަބަބުތައް ދިރާސާކޮށް، ޕާޓީއާމެދު ރައްޔިތުން ތެކޭގޮތް ހޯދައި ޕާޓީގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލަން އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ މިރޭ ބޭއްވި އެމްޑީޕީގެ 4 ވަނަ ދަޢުރުގެ 9 ވަނަ ބައްދަލުވުމުގައި ޤައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަކަށްފަހުގައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިއީ އެމްޑީޕީ ރިޔާސީ އިންތިކާބަކާއި މަޖިލިސް އިންތިޚާބަކުން ބަލިވި ފުރަތަމަ ފަހަރު ނޫންކަމަށާއި އެޕާޓީއަކީ ކާމިޔާބީއާ ނާކާމިޔާބީއަށްވެސް ފަރިތަ ޕާޓީއެއްކަމަށެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ ޕާޓީގެ ކުރިމަގު ބައްޓަންކުރާނެގޮތާ ގުޅޭގޮތުން ހެދޭ ދިރާސާގެ އަލީގައި ކުރިއަށްހުރި އިންތިޚާބުތައް އެޕާޓީން ކާމިޔާބުކުރާނެކަމަށެވެ.

“އަޅުގަނޑުމެންގެ ޤައުމީ މަޖިލީހުން އަނެއްކާވެސް މި އެއްބަސްވީ އަލުން ތަރުތީބުވެލައިގެން ނުކުމުގެ އެމްޑީޕީގެ ފިލޯސަފީތަކާއެއް އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތްކުރުމާއި ރައްޔިތުން ބޭނުނުންވާ ކަންތައްތައްކޮށްދިނުމުގައި ޕާޓީގެ މެންބަރުން އަތާއަތް ގުޅާލައިގެން ނިކުމެ އަނެއްކާވެސް ބާރަށް މަސައްކަތް ފެށުމަށް” އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑިޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ އެމްޑީޕީގެ ކުރިމަގު ބައްޓަންކުރާނެ ގޮތް އެނގިގެންދާނީ ޤައުމީ މަޖިލީހުން ހަދަންފާސްކުރި ދިރާސާއަށްފަހުގައިކަމަށާއި މަޖިލީހުގައި ކަންކަން ނިންމުމުގެ ބާރު މިވަގުތު ލިބިފައި ނެތްނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެޕާޓީން މަޖިލީހުގެ ތެރެއިން ކުރަމުން ގެންދާނެ ކަމަށެވެ.

“މަޖިލީސްގެ ރަނގަޅު އަޣުލަބިއްޔަތެއް އަޅުގަނޑުމެންނަށް ލިބުނު ނަމަ ކަންކަން ނިންމަން ފަސޭހަވާނެ، އެހެން ނަމަވެސް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ޙައިސިއްޔަތުން އަޅުގަނޑުމެން އަޑުއުފުލަންޖެހޭ ހުރިހާ ކަމެއްގައި އަޑުއުފުލާނެ” ފައްޔާޒް އިސްމާޢީލް ވިދާޅުވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކޮށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން މަޖިލީހުގެ 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވާއިރު، އިދިކޮޅު އެމްޑިޕީއަށް ކާމިޔާބުކުރެވުނީ 93 ދާއިރާއަށް ވާދަކޮށްގެން 12 ގޮނޑިއެވެ. މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރި 11 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު ވަނީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ. މިއާއެކު 20 ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުން އަދަދު ވަނީ 73 އަށް އަރާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!