ޚަބަރު
އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އަބްދުﷲ އުނައިސް!

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާާމަށް ޢަބްދުﷲ އުނައިސް އައްޔަންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ހުސްވީ އެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޒަކަރިއްޔާ އިސްތިއުފާ ދެއްވުމުން ވަގުތީގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައި ވަނީވެސް އުނައިސްއެވެ.

އުނައިސް ވަނީ 15 ނޮވެމްބަރު 2005 އިން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. އެންމެ ފަހުން ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

އުނައިސް ވަނީ މާސްޓަރސްއިން ބިޒްނަސް ސްޓަޑީސް އާއި އައިޓީ ޑިގްރީ ހޮނަރސް ހާސިލް ކުރައްވާފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، އިތުރު ދެ މަގާމަކަށްވެސް ވަނީ ބޭފުޅުން އައްޔަންކޮށްފައެވެ. އެގޮތުން، ކޮމިޝަނުގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ ޑިރެކްޓަރަކަށް އާމިނަތު އަޒީފާ އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ސީނާ ރަޝީދު ވަނީ އައްޔަން ކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!