ޚަބަރު
ތަރައްގީގެ އިތުރު މަޝްރޫއު ތަކަށް އަބޫދާބީ ފަންޑުގެ އެހީ ހޯދަނީ

ރާއްޖޭގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގުމަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)ގެ އެހީ ހޯދުމަށް ދިވެހި ސަރުކާރުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ކޮށްފައިވަނީ ފޮރިން މިނިސްޓަރ، މޫސާ ޒަމީރު، ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެފަންޑުގެ ޑިރެކްޓަރ ޖެނެރަލް ސައިފް އަލް ސުވައިދޫ އާ އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ވަނީ މަޝްރޫއުތައް ހިންގުމަށް އަބޫދާބީ ފަންޑުން ދެމުންދާ ދީލަތި އެހީއާއި ހުއްޓުމެއް ނެތި ފޯރުކޮށްދޭ އެހީތެރިކަން ފާހަގަ ކުރައްވައި، އެ ފަންޑުގެ ހުށަހެޅުންތަކާއި އެއްގޮތަށް ކުރިއަށް ދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.

ވަކިން ހާއްސަކޮށް މިނިސްޓަރ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތް ފުޅާކުރުމަށް އެގައުމުން ވެދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައި ކަމަށާއި އަދި އެކަމުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، ރާއްޖޭގެ އިގްތިސޯދު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވިދާޅުވެފަވެ. މީގެ އިތުރުން ވެސް މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެގޮތުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމުގެ ސަބަބުން އިންވެސްޓްމެންޓްތަކަށް އިތުރު މަގު ފަހިވެގެންދާނެކަން މިނިސްޓަރ ފާހަގަ ކުރައްވާފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިބައްދަލު ކުރެއްވުމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ، ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގުމަށް އަބޫދާބީ ފަންޑުގ އެހީ އިތުރަށް ހޯދުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އިތުރު އެހީ ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ވަނީ ރާއްޖެއާއި ޔޫއޭއީއާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އެގައުމުގެ ސަރުކާރުން ރާއްޖެއާއި ދޭތެރޭ ބާއްވާ ގާތްކަމަށް ޝުކުރު އަދާކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!