ޚަބަރު
މިމަހުގެ 10 އާ ހަމައަށް އިންޑިިޔާސިފައިން ފޮނުވައި ނިމޭނެކަމުގެ ޔަގީންކަން އަނެއްކާވެސް ސަރުކާރުން ދީފި

މި މެއި މަހުގެ 10 އެއް ވާ ހުކުރުދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން އަނެއްކާވެސް ދިވެހި ސަރުކާރުން ދީފިއެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ދިވެހި ސަރުކާރުން ވަނީ މިޔަގީންކަން އެކިގޮތްގޮތަށް އެކި ހަފުލާތަކާއި އެކި ރަސްމިއްޔާތުތަކާއި އެކި ޖަލްސާތަކުގައި ދީފައެވެ.

ދިވެހި ސަރުކާރުން މިހެން ބުނީ އިންޑިއާ ސަރުކާރާއެކު މިއަދު ބޭއްވި ހައި ލެވަލް ކޯ ގްރޫޕްގެ 4 ވަނަ ބައްދަލުވުމަށްފަހު ނެރުއްވި ރަސްމީ ބަޔާނުގައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ހައި ލެވަލް ކޯ ގްރޫޕްގެ 4 ވަނަ ބައްދަލުވުމުގައި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް އަންނަ ހުކުރުދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން އަނބުރާ ގެންދާނެކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި އެ ޤައުމުން ދީފައިވާކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު ވަނީ ނިމިދިޔަ ސަރުކާރުގައި ގާއިމު ކުރި އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް ނިންމަވާފައެވެ.

ރައީސް ޑރ މުއިއްޒުގެ ނިންމެވުމުގެ މަތީން އިންޑިއާ ސިފައިންގެ އެއް ބަޔަކު 10 މާޗުގެ ކުރިން ވަނީ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ. އަދި މިމަހުގެ 10 ވަނަ ދުވަސް ނުވަތަ އަންނަ ހުކުރުދުވަހުގެ ނިޔަލަށް ބާކީ ތިބި ހުރިހާ ސިފައިން އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރުން އެންގުުމުން އިންޑިއާއިން ވަނީ އެކަމަށް އެއްބަސްވެ، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. މިކަން ރައީސް ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޔަގީންކޮށްދެއްވައި މި ތާރީހުގެ ކުރިން އިންޑިޔާ ސިފައިން މިގައުމުން ފައިބާނެ ވާހަކަ ވިދާޅުވެފައެވެ.

ނިއުދިއްލީގައި ބޭއްވި ހައި ލެވަލް ކޯ ގްރޫޕްގެ 4 ވަނަ ބައްދަލުވުމުގައި އިންޑިއާ ސިފައިން ފޮނުވާލުމާއި މަޝްވަރާގެ އިތުރުން، ދެ ޤައުމުގެ ބައިލެޓްރަލް ގުޅުންތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ހައި ލެވަލް ކޯ ގްރޫޕްގެ 5 ވަނަ ބައްދަލުވުން ޖޫން ނުވަތަ ޖުލައިމަހު މާލޭގައި ބޭއްވުމަށްވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ބޭއްވި މަޝްވަރާގައި ނިންމެވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!