ޚަބަރު
އިއްޔެ ޕީއެސްއެމް އިން ފެނިގެން ދިޔައީ ދިވެހިންނާ އެކުވެރި، ދިވެހިން ލޯބިވާ ކުރީގެ މޫނުތައް!

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދަށުން ހިންގަމުން އަންނަ ނިއުސް ޗެނަލް ޕީއެސްއެމް ނިއުސްއަށް ހަތް އަހަރު ފުރުނު ދުވަހުގެ މުނާސަބާގައި އިއްޔެގެ ހުރިހާ ގަޑިއެއްގައިހެން ޓީވީ ފަޅުފިލުވާލަދީ، ރައްޔިތުންނާ ބައްދަލުކުރީ އަހަރުތަކެއް ކުރިން ރައްޔިތުންގެ ގާތް އެކުވެރިންގެ ގޮތުގައި މަސައްކަތް ކުރި މަޝްހޫރު އެކުވެރި މޫނުތަކެވެ.

އިއްޔެ ހެނދުނު 10:00ގެ ހަބަރުން ފެނިގެން ދިޔައީ ތަޖުރިބާކާރު ނޫސްވެރިޔާ އަލީ ސުލައިމާނެވެ. މީގެ ސޯޅަ އަހަރު ކުރިން ޓީވީއެމްގައި މަސަައްކަތް ކުރި، އަދި ވީޓީވީގައިވެސް މަސައްކަތް ކޮށްފައިވާ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ މިހާރު އަމިއްލަ ސްޓޫޑިއޯއެއް ހިންގަމުންދާ ސުލައިމާނު 16 އަހަރު ފަހުން ޓީވީއެމްގެ ސްކްރީނަށް އައިސްފައި ވަނީ ޕީއެސްއެމް ނިއުސްގެ މި ހާއްސަ ދުވަހާއި ގުޅުވައިގެންނެވެ.

ސުލައިމާން ޕީއެސްއެމްގެ ސްޓޫޑިއޯގައި

އިއްޔެ މެންދުރު ޕީއެސްއެމްގެ އިނގިރޭސި ހަބަރު ކިޔާފައި ވަނީ، މިހާރު ޓްރީޓޮޕް ހޮސްޕިޓަލްގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. އައިޝަތު ސިޔާދާ ސައީދެވެ. ޑރ ސިޔާދާ ވަނީ މީގެ ކުރިން ވަނީ ޓީވީއެމްގެ ހަބަރު ގަޑިތަކާއި ޝޯވތަކުން ފެނިގެން ގޮސްފައެވެ.

ސިޔާދާ ޓީވީއެމް ސްޓޫޑިއޯގައި

އިއްޔެ 13:30 ގައި ގެނެެސްދިން ޕީއެސްއެމް ނިއުސްގެ ކުޅިވަރު ހަބަރުތަކާއެކު ބައްދަލު ކުރީ ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަަޒްމީންއެވެ. 2005 ވަނަ އަހަރު އަދި 2006 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވާ މި ނޫސްވެރިޔާ އިއްޔެ ޕީއެސްއެމްގެ ނިއުސްގެ ހަބަރުތަކުން ފެނުމަކީ ގިނަބަޔަކަށް، ހާއްސަކޮށް ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ނުހަނު ބޮޑު އުފަލަކަށް ވެގެންދާނެ ކަމެކެވެ.

ކުޅިވަރު ނޫސްވެރިޔާ އަޒްމީން ޕީއެސްއެމް ސްޓޫޑީއޯގައި

އިއްޔެ ޕީއެސްއެމްގެ 2:00ގެ ހަބަރުން ފެނިގެން ދިޔައީ، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއެވެ. ދިގު ތޭރަ އަހަރު ވީއިރުވެސް ދިވެހިންގެ ހިތްތަކުގައި ފަނޑުވުމެއް ނެތި ގަދަރާއި ޝަރަފުދެވިފައިވާ، އަދިވެސް އެއަޑެއް ދެކެ ދިވެހިން ނުހަނު ލޯބިވާ މަރިޔަމް ވަހީދާ މިހާ ދުވަހަށްފަހު ޕީއެސްއެމްގެ ނިއުސްގެ 2:00ގެ ހަބަރުގެ އިތުރުން، 7:00 ގެ އިނގިރޭސި ހަބަރު ހުށަހަޅައިދިން އެންކަރގެ ގޮތުގައި ފެނުމަކީ ދިވެހިން ނުހަނު ބޮޑަށް އުފާވާނެ ކަމެއްކަން ޔަގީނެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި މަރިޔަމް ވަހީދާ

ޕީއެސްއެމް ނިއުސްގެ ހަވީރު 16:00ގައި ހަބަރުން ފެނިގެން ދިޔައީ، މިހާރު އްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މަގާމުވެސް ފުރުއްވަމުން ގެންދަވާ ހަސަން ޒިޔާއުއެވެ. ހަތް އަހަރު ކުރިން އޭނާއަކީ ކުރިން ޓީވީއެމްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޒިޔާއު ޓީވީއެމް ސްޓޫޑިއޯގައި

ޕީއެސްއެމް ނިއުސްގެ ރޭގެ 8:00ގެ ހަބަރުން ފެނިގެން ދިޔައީ، މީގެ 15 އަހަރު ކުރިން ޓީވީއެމްގެ ހަބަރުތަކުންނާއި ޝޯވތަކުން ފެނިގެން ދިޔަ އަހްމަދު ޝަކީބް (ޝަކީބެ)އެވެ. ޝަކީބެގެ އަޑަކީ ގިނަބަޔަކަށް ކަމުދާ އަދިވެސް ދިވެހިން ޝައުގުވެރިކުރުވާ އަޑެކެވެ.

ޕީއެސްއެމްގެ 8ގެ ހަބަރުން ޝަކީބެ

އިއްޔެ ޕީއެސްއެމްގެ ހަބަރުތަކުން ކުރީގެ މޫނުތައް ފެނިގެން ދިޔައިރު، ޕީއެސްއެމްގެ ނިއުސް ހެޑް އަމީން ވިދާޅުވީ، ބޭނުމަކީ މީގެ އެތައް އަހަރެއް ކުރިން ޓީވީއެމްއަށް ހިިދުމަތް ކުރި މި ޕްރެޒެންޓަރުންނަކީ އަދިވެސް ދިވެހިން ބަލައިގަންނަ ބައެއްކަން ސާބިތުކޮށްދިނުން ކަމަށެވެ. އެގޮތުން މިކަން ކާމިޔާބުވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕީއެސްއެމްގެ ނިއުސް ހެޑް އަމީން މަރީއާއެކު

“ވަރަށް ޕޮޓިވްކޮށް މިކަން ވެގެން ދިޔައީ، ގިނަބަޔަކު އަޅުގަނޑުމެންނަށް ގުޅާފައި ބުނެފައިވެސް އެބަހުރި އެ މީހުން އަދިވެސް ހަބަރުތަކަށް އަރުވަން ބޭނުންވާ ވާހަކަ،”.

އޭނާ ވިދާޅުވީ، މި ކުރެވެނީ ވަަރަށް ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިއީ ކުރަން ޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ހަޔާތުގައި ދައުލަތުގެ މީޑިއާއަކީ ޓީވީ ޕްރެޒެންޓިންގގެ ދާއިރާއަށް ހުނަރުވެރި ކުޅަދާނަ އެތައް މޫނުތަކެއް ތަޢާރަފުކޮށްދިން ތަނެކެވެ. ޚަބަރު ކިޔުމާއި، ތަފާތު އެކި ޕްރޮގްރާމްތައް ހުށަހަޅައިދޭ އެންމެ މަޤުބޫލު ޕްރެޒެންޓަރުންގެ ތެރޭގައި ދައުލަތުގެ މީޑިއާއަށް އެކިގޮތްގޮތުން ޚިދުމަތްކޮށްދިން ޕްރެޒެންޓަރުން އެބަތިއްބެވެ.

މީގެތެރެއިން ބައެއް މޫނުތައް މިއަދު ޚިދުމަތުން ދުރުގައި ތިއްބަސް، މިއީ އެތައް ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ބައެކެވެ. މިއިން ކޮންމެ މޫނެއް ޓީވީ ސްކްރީނުން މިއަދު ފެނުނަސް އެތައް ހަނދާންތަކެއް އައު ކޮށްދެއެވެ. ނިއުސް ޗެނަލްއިން އިއްޔެ މި އައުކޮށްދިނީ މިފަދަ ފޮނި ހަނދާންތަކެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!