ޚަބަރު
ބަނގްލަދޭޝް މުސްލިމުންނަށް އެމީހުންގެ ބަހުން ދީނީ ދަރުސް ދޭން ފަށައިފި

ރާއްޖޭގައި އުޅޭ ބަންގުލަދޭޝް މީހުންނަށް އެ މީހުންގެ ބަހުން ދަރުސް ދޭން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން “އެކްސް” ގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ފޮޓޯތަކަކުންނެވެ. އެ ޕޯސްޓެއްގައި ވަނީ ރާއްޖޭގައި އުޅޭ ބަންގުލަދޭޝް މީހުންނަށް އެ މީހުންގެ ބަހުން ދަރުސް ދޭން ފެށިކަން ހާމަކޮށް، ފޮޓޯތަކެއް ހިއްސާކޮށްފައެވެ. މާބޮޑު ތަފްސީލެއް ދެއްވާފައި ނެތް ނަމަވެސް ބިދޭސީންނަށް މިއީ ނުހަނު އުފާވެރިކަމަކަށްވާތީވެ މިކަން ހާމަކުރީއެވެ.

މިއީ އެހެން ގައުމުތަކުގެ ބޭރުމީހުންނަށް ލިބިގެން ދިޔަ ވަރަށް އުފާވެރި ހަބަރަކަށް ވާނެ ކަން ޔަގީނެވެ. ގިނައަހަރުތަކަކަށް ރާއްޖޭގައި ދިރިއުޅެން ޖެހިފައިވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި ދީނީ ކަންކަން ދެނެގަނެ އިތުރަށް އޮޅުން ފިލުވަން އެދޭ ފަރާތްތަކަށް މިއީ ވަރަށްވެސް މުހިންމު ކަމެމެވެ. ކުރިއަށް އޮތް ތަނުގައި އެހެންގައުމުތަކުގެ ބަސްތަކުންވެސް މިފަދަ ގޮތަކަށް ދަރުސް ދިނުމަށް އެދޭ ފަރާތްތަކަށް މިއީ ވަރަށްވެސް ސައްހަ އިޝާރާތެކެވެ.

ބިދޭސީންނަށް ކުރިއަށް ގެންދިޔަ ދަރުސް ޕްރޮގްރާމެއްގެ ތެރެއިން ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ބެންގާލީ ބަހުން ދަރުސް ދޭނެ ދީނީ އިލްމުވެރިންގެ ޕޫލެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން މާރޗް މަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބެންގާލީ ބަހުން އެ މަސައްކަތް ކުރެވޭނެ އިލްމުވެރިންގެ ޕޫލެއް އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލަން ބޭނުންވާ ކަމަށެވެ.

ބެންގާލީ ބަހުން ހިންގާ ދީނީ ހޭލުންތެރިކަމުގެ ސެޝަނަކަށް 500ރ. އަދި ދިވެހި ބަހުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދީނީ ދަރުސަކަށް 1،000ރ. ލިބޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

މިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ސުންނީ މުސްލިމަކަށް ވުމާއި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުން މަދުވެގެން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ވެގެން ޝަރުއީ ކޯޓަކުން އެއްވެސް ހުކުމެއް ސާބިތުވެފައި އޮތް މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ ރަސްމީ އަދަދަކީ 90،000 ކަމަށް ހޯމް މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!