ޚަބަރު
1 އަހަރު ދުވަހުގެ ކާމިޔާބު މަސައްކަތަށްފަހު “ގިރިންދާ”ގެ އޮފީހެއް ތިނަދޫ ސިޓީގައި

1 އަހަރު ދުވަހުގެ ކާމިޔާބު މަސައްކަތަށްފަހު “ގިރިންދާ”ގެ އޮފީހެއް ތިނަދޫ ސިޓީގައި ގާއިމް ކޮށްފިއެވެ.

ގިރިންދާ ރަސްމީކޮށް އިފްތިތާހު ކުރެވުނީ މިދިޔަ އަހަރު އޭޕްރީލް 26 ވަނަ ދުވަހުއެވެ. ގިރިންދާގެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ގދ. އަތޮޅު އެޓޯލް ކޮމާންޑަރު ރިޝްވީނާ އަދި މަޝްހޫރު ޅެންވެރިއާ އަބްދުﷲ އަފީފްއެވެ.

އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށް އެކި މުއައްސަސާތަކުން ގިނައަދަދެއްގެ ބަޔަކު ހާޒިރުވެފައިވެއެވެ.

ގިރިންދާ ޖަމިއްޔާގެ މަގްސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް މަގު ހުޅުވައިދިނުމެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީ ތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމިއްޔާއިން ވަނީ މިހާރު ހުވަދު އޮތޮޅުގެ ގިނަ ރަށްތަކަށް ދަތުރުކޮށް އެ ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ހޯދާ ބެލުމަށް ޕްރޮގްރާމްތައް ހިންގާފައެވެ. އެގޮތުން ރަށު ކައުންސިލްތަކާއި، ޑަބްލިއުޑީސީގެ އެއްބާރުލުން މި މަސައްކަތަށް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް ވެސް ގިރިންދާއިން ބުނެއެެވެ.

ގިރިންދާއިން ބުނީ އަމާޒަކީ މި މަސައްކަތް އިތުރަށްފުޅާވެ އާ އޮފީހާއި އެކީގައި މަސްތުވާތަކެއްޗަށް ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖޭގައިވެސް ޕްރޮގުރާމްތައް ހިންގާ މި ވަބާގައި ޖެހިފައިވާ ޒުވާނުންނަަށް ސަލާމަތްތެރިކަން ހޯދުން ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!