ޚަބަރު
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 800،000 އާ ގާތަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 800،000 އާ ގާތްކޮށްފިއެވެ.

ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ނިޔަލަށް ރާއްޖެއަށް 794,109 ޓޫރިސްޓުން ޒިޔާރަތްކުރާނެއެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ ޖުމްލަ 168,647 ޓޫރިސްޓުންނެވެ. އެއީ އޭގެ ކުރީ މަހު އައި 164,357 ޓޫރިސްޓުންނާ އަޅާ ބަލާނަމަ ތިން ޕަސެންޓުގެ އިތުރުވުމެކެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 87،169 ޓޫރިސްޓުން އައިއިރު، ދެވަނައިގައި އޮތް ރަޝިޔާއިން އައިސްފައިވަނީ 80،160 ޓޫރިސްޓުންނެވެ. ތިން ވަނައިގައި ޔޫކޭ އޮތީ، 76،823 ޓޫރިސްޓުންނާއެކުގައެވެ.

މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!