ޚަބަރު
ކުޅުދުއްފުށީ ސިޓީކައުންސިލުގެ ހުއްދަނެތި މަގުތަކުގައި ތަކެތި ބަހައްޓާ ފަރާތްތަކާމެދު ފިޔަަވަޅު އެޅުމަށް ނިންމައިފިން: މޭޔަރ އާތިފް
ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ހުއްދައާ ނުލައި އެސިޓީގެ މަގުތަކާއި އެހެންވެސް އާންމު އިޖުތިމާއީ ތަންތަނުގައި، އެކިފާޑުގެ އެކިކަހަލަ ތަކެތި ބަހައްޓާ ފަރާތްތަކަށް ނަސޭހަތްތެރިވިނަމަވެސް އެކަންތައްތައް ތަކުރާރުކޮށް ކުރާ ފަރާތްތަކާމެދު ‘އާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނު’ ގެ ދަށުން ފިޔަވަޅު އެޅުމަށް ގަސްތުކުރާ ކަމަށް ކުޅުދުއްފުށިސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް މިފަދައިން ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ސިޓީކައުންސިލުން ކޮށްފައިވާ ޕޯސްޓެއް، އަމިއްލަ އެފްބީޕޭޖުގައި ހިއްސާ ކުރައްވައި ލިޔުއްވާފައިވާ ޕޯސްޓެއްގައެވެ.

ކުޅުދުއްފުށީސިޓީގެ މަގުތަކާއި އިޖުތިމާއީ ތަންތަނުގައި ބަހައްޓާފައި ހުރި އެކިކަހަލަ ތަކެތި….ފޮޓޯ:ކުޅުދުއްފުށީސިޓީކައުންސިލް

ކުޅުދުއްފުށީ ސިޓީކައުންސިލުގެ ފޭސްބުކް ޕޯސްޓުގައި ބުނީ، އެ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި، ސިޓީކައުންސިލުގެ ހުއްދަ ހޯދުމަކާނުލާ ބަހައްޓާފައިވާ ތަކެތި ނޯޓިސް މުއްދަތުގެ ތެރޭގައި ނަގާފައި ނުވާ ސަރަހައްދުތަކުން އެ ތަކެތި ނެގުމުގެ މަސައްކަތް އެ ކައުންސިލުން ފަށާފައިވާ ކަމަށެވެ.

އަދި އެ މަސައްކަތަކީ ރަށުގެ މަގުތަކާއި އާންމުތަންތަނުގެ ސާފުޠާހިރުކަން ކަށަވަރުކުރުމާއި، މަގުތައް ބޭނުންކުރާ ފަރާތްތަކަށް އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށްވެސް ސިޓީކައުންސިލުން ބުނެފައިވެއެވެ.
“އަޅުގަނޑުމެންގެ އެދުމަކީ ހުރިހާ ރައްޔިތުންވެސް މިކަމަށް އެއްބާރުލުންދެއްވާ ކުޅުދުއްފުއްޓަކީ ހިތްގައިމު ސާފުތާހިރު ރީތި ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކޮށްދެއްވުން،” ސިޓީކައުންސިލުގެ އެފްބީ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ސިޓީކައުންސިލުގެ އެ ޕޯސްޓު ޝެއަަރ ކުރައްވައި އާތިފް ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގެ ހުއްދަނެތި މަގުމައްޗާއި އާންމު އިޖްތިމާޢީ ތަންތަނުގައި ތަކެތި ނުބެހެއްޓުމަށް ތަކުރާރިކޮށް ވަރަށް އާދޭހާއެކު ދަންނަވާކަމުގައެވެ. މަދު ބަޔަކު ހިންގާ މިފަދަ އަމަލުތައް މަދުން ނަމަވެސް ފެންނަމުންދިއުމަކީ ހިތާމަ ކުރަައްވާކަމެއްކަމުގައި އާތިފް ވަނީ ވިދާޅުވެފައެވެ.

“ރީތި ވީމާ އެންމެންނަށްވެސް ރީތި، ރީތި ވާނީ އެންމެންގެވެސް ބައިވެރިވުމާއެކު. ވަރަށް އާދޭހާއެކު ދަންނަވަން ސިޓީ ކައުންސިލްގެ ހުއްދަނެތި މަގުމައްޗާއި އާންމު އިޖްތިމާޢީ ތަންތަނުގައި ތަކެތި ނުބެހެއްޓުމަށް، މަދު ބަޔަކު ހިންގާ މިފަދަ އަމަލުތައް މަދުންނަމަވެސް ފެންނަމުންދާކަމީ ހިތާމަ ކުރާކަމެއް.” އާތިފުގެ އެފްބީގައި ވިދާޅުވެފައިވެއެވެ.

އާތިފް ވިދާޅުވީ މިހާތަނަށް އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި މަސައްކަތް ކުރެއްވީ ނަސޭހަތްތެރިވެ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވަމުން ދިޔަ ކަމުގައިވީ ނަމަވެސް ކުރިއަށްއޮ ތްތަނުގައި މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާއިމެދު ‘އާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނު” ގެ ދަށުން ފިޔަވަޅުއެޅުމަށް ގަސްތުކުރައްވާ ކަމަށެވެ.

“މިހާތަނަށް އެފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ ނަސޭހަތްތެރިވެ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރަމުން، އެހެންނަމަވެސް ކުރިއަށްއޮތްތަނުގައި މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާއިމެދު “އާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނު” ގެ ދަށުން ފިޔަވަޅުއެޅުމަށް ގަސްތުކުރަން،” އާތިފް ވިދާޅުވިއެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!