ޚަބަރު
އެއާޕޯޓު ޓެކްސީ ކިއުގެ މައްސަލަ ހައްލުކޮށް، ގަވާއިދާ ހިލާފަށް އުޅޭ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަން ފަށައިފި

ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) ގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ފަށައިފިއެވެ.

އެ މައްސަލަތައް ހައްލު ކުރުމުގެ މަސަތްކަތް ފަށާފައިވާއިރު، އެއާޕޯޓުގައި އޮންނަ ޓެކްސީ ކިއުގެ ތަރުތީބު ގެއްލި، ބައެއް ޑްރައިވަރުން ބޭނުންވާ ގޮތަކަށް ފަސިންޖަރުންނާ މެދު އަމަލުކުރާ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށެވެ. ހާއްސަކޮށް އެއާޕޯޓުން މާލެ އާއި ހުޅުމާލެ އަށް ދަތުރުކުރަން ހާއްސަ އަގުތަކެއް ސަރުކާރުން ކަނޑައަޅާފައި ވަނިކޮށް އެއާ ހިލާފަށް އަމަލު ކުރުމާއި ފަސިންޖަރުންގެ ހުއްދަ ނެތި އެތައް ފަސިންޖަރުންނެއް ޓެކްސީ އަށް އަރުވައިގެން އެކި ތަންތަނަށް ބާލަމުންދާ މައްސަލަ ވެސް ވަރަށް ބޮޑެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޓެކްސީތައް ގަވައިދުގެ ތެރެއަށް ފެއްތުމުގެ މަސަތްކަތް ކުރަމުން އަންނަނީ މިނިސްޓްރީ އާއި ފުލުހުންނާއި އެމްއޭސީއެލް ގުޅިގެން ފެށި މަސައްކަތުގެ ތެރެއިން ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިޔުއިން ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި، ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެކަން ހައްލު ކުރުމަށް އެފަދަ މައްސަލަތަކާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ޙައްސާ ކިއުއާރް ކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީން ވަނީ ބައެއް ޝަކުވާތަކާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ގިނަ ޝަކުވާއެއް ލިބިފައިވާއިރު، ޝަކުވާތައް ދުވަހުން ދުވަހަށް ގިނަ ވަމުން އަންނަ ކަމަށެވެ. އެހެން ކަމުން މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި އެމްއޭސީއެލްގެ އެމްޑީ ހިމެނޭގޮތަށް އިއްޔެ މަޝްވަރާ ކުރެވި ޓެކްސީ މެނޭޖް ކުރާނެ ޕްލޭނެއް އިއްޔެ އެކުލަވާލައި ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ފުލުހުންގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވެ، ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގެ ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!