ޚަބަރު
ދުފުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށްވުރެ ނުރައްކާ ބޮޑު ކަމެއް

ދައްކަން މިއުޅެނީ ދިވެހިންގެ ތެރޭގައި އާންމުވެފައިވާ ނުރަނގަޅު އާދައެއްގެ ވާހަކަ އެވެ. ދުފުމުގެ ވާހަކަ އެވެ. ދުފުމަކީ ދިވެހިންގެ ކަށީގައި ހިފައި، އެކަމަކަށް ދެވި ހިފާފައިވާ އާދައެކެވެ. މީހަކު އެހެން ހުރެލާފައި އަނގައަށް ފޯއް ކޮޅެއް ލައި އަނގަ މީރުކޮށްލުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. އެކަމަކު، އިރުއިރުކޮޅާ ބޮޑު ބިލެތްގަނޑެއް ބަނޑު ކެއުމަކަށް ހަދާލައިގެން އަނގަތެރެ ރަތް ކޮށްލައިގެން ތިބެ، މީހާ ބޮޑެތި ބަލިތަކަށް ހުށަހަޅާލާއިރު ހިތަކަށް އެއްޗެކޭ ނާރާ މީހުން ނިސްބަތުން މި ކުޑަ ކުޑަ ގައުމުގައި ގިނަވެއްޖެ އެވެ. ފޯކާއި ބިލެތާއި ހުންޏާއި ދުންފަތުގެ ދުފުންތަކާއި ކިއްލި އާއި “މޮޅު” ބިލެތްގަނޑާއި، ޒުވާނުން ދެވިހިފައިފައިވާ ސުޕާރީ ކެއުން ދިވެހިންގެ ބޮޑު ސަގާފަތަކަށް މިހާރު ވާކަމީ ވަރަށް ބޮޑު ނުރައްކަލެކެވެ. މިއީ ބިރުވެރި ކަމެކެވެ.

ކެންސަރު ޖައްސާ އެންމެ ނުބައި އާދައެއް ކަމަށް އާއްމުކޮށް އެނގިފައި އޮންނަނީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން ދުފުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ނުރައްކާ ބޮޑު ކެންސަރު ޖެހުމުގެ ރިސްކު ބޮޑު އަމަލެކެވެ.

ދިވެހިންގެ ތެރޭގައި ދުފުމުގެ އާދަ ހަރުލާފައި ހުރި ވަރު ބޮޑުކަމީ މިއީ އެއްވެސް މީހަކު އެކަމާ ދެބަސްވާނެ ކަަމެއް ނޫނެވެ. ދަތުރަކު ދިޔަސް ފޮއްޓަށް އަންނައުނު އެޅުމުގެ ކުރިން ފުރަތަމަ އަޅަނީ ދުފާ ސާމާނެވެ. ކޮފީ މޭޒަކަށް އަރާފަ ނިކުމެގެންދަނީ ހައެއްކަ ފަހަރު ދުފާލައިގެންނެވެ. ނުވިތާކަށް ރޭގަނޑު ނިދަންދަނީވެސް އަނގަތެރެއަށް ބިލެތްގަނޑެއް ލައި ރައްކާކޮށްލައިފައެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. މިކަމަށް މީހުން ދެވިހިފައިވާ މިންވަރު ބުނެދޭންވެސް ދައްޗެވެ.

ދުފުމަކީ ނުރައްކާ ބޮޑު ކަމެއްކަން އެތައް ދިރާސާއަކުން ދައްކައެވެ. އެގޮތުން ދުފުމާ އަނގަ އާއި ކަރުގެ ކެންސަރާ ގުޅުން އޮތްކަން އެކި އެކި ދިރާސާތަކުން ދައްކައެވެ. ދުފާއެއްޗެހީގައި ހުންނަ ފޯކަކީ އިންސާނުންނަށް ކެންސަރު ޖައްސާ އެއްޗެހީގެ އެންމެ މަތީގެ ލިސްޓްގައި ހިމަނާފައިވާ އެއްޗެކެވެ. ފޯކާއި ފޯކުން އުފައްދާ ސުޕާރީ އާއި ކިއްލި ފަދަ އެއްޗެހީގައި ހުންނަ އެރިކޮލީން އަދި އެރިކާޑޭން ފަދަ ކެމިކަލްތައް ކެންސަރަށް މަގުފަހިކުރެ އެވެ. މިފަދަ ނުރައްކާ ހުރި އެއްޗެއް ދުވާލަކު އެތައް ފަހަރަކު ހަށިގަނޑު ތެރެއަށްލާއިރު މީގެން ނިކުމެދާނެ ނަތީޖާއަކާމެދު ވިސްނާލަން ޖެހެ އެވެ.

ގައިން ގަޔަށް ނާރާ ބަލިތަކުން މަރުވާ ދިވެހިންގެ އަދަދު ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓު މީހުންނަކީ ދިރުއުޅުމުގެ އާދަތަކާ ގުޅިފައިވާ ފަދަ ބަލިތަކުން މަރުވާ މީހުން ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާކުރެ އެވެ. އަދި ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ. މީގެންވެސް އެންމެ ބިރުވެރި ކަމަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އާބާދީގެ ނިސްބަތުން އަނގައިގެ ކެންސަރު ޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ ރާއްޖޭގައި ކަމަށް ދިރާސާތަކުން ދައްކާތީ އެވެ. މިވަރުގެ އަލާމިންގް ރޭޓެއްގައި އަނގައިގެ ކެންސަރު ފެތުރެމުން އަންނަ އިރު ވެސް މިކަމަށް ދިވެހިން އަހުލުވެރިނުވުމަކީ ދެރަ ކަމެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!