ރިޕޯޓް
ކާނެ އެއްޗެއް ނެތި މަރަށް ތެޅިތެޅި އެތިބީވެސް ކުޑަކުދީންތަކެއް، ދީނުގެ ހިމާޔަތުގައި ޝަހީދުވެ އެދަނީ އެކުދީންގެ އާއިލާތަށް!

މިއަދުގެ ކުޑަކުދީންނަކީ މާދަމާގެ މުސްތަޤުބަލެވެ. މިއަދަކީ ކުޑަކުދީންގެ ދުވަހެވެ.

މާތްﷲ ގެ ހެޔޮ ރަހުމަތުން އަޅުގަނޑުމެންގެ ދަރީން ތިބީ އުފަލުގައެވެ. މައިންބަފައިންނާއި އާއިލާއާއި އެކު ރައްކާތެރި މާހައުލެއްގައެވެ.

ބޯނެ ފެންފޮދެއް، ކާނެއެއްޗެއް ނެތި ބަނޑުހައި ހޫނުގައި ނިމި އެދަނީވެސް އަހަރުމެންގެ ދަރިން ފަދައިން ކުޑަކުދީން ތަކެކެވެ. ދީނުގެ ހިމާޔަތުގައި ޝަހީދުވަމުން އަންނަ އަޚުންގެ ދަރީންނެވެ. ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތެވެ.

ލޯބިން ފިރުމައިދޭނެ އަތެއް ނެތެވެ.  ވަގުތީ ހިޔާތަކުގައި އަޅާލާނެ މީހަކު ނެތި ނިކަމެތި ހާލުގައި އެތިބީ އަހަރުމެންގެ ދަރިން ފަދަ ކުޑަ ކުޑަ ފުރާނަތަކެކެވެ.

ކުޑަކުދީންގެ ދުވަހަކީ އުފާކުރަންވީ ދުވަހެކެވެ. އެކުދީންނަށް ހަދިޔާދީ އުފާކޮށްދޭންވީ ދުވަހެވެ. ނަމަވެސް މިއަދު އެކުދީންނަށް އެ އުފާ ހޯދަދެވޭނެ ގޮތެއް އެބައޮތް ހެއްޔެވެ.

އެކުދީންނަށް ވެސް އެކުދީންފަދަ ކުޑަކުދީން އެ އުޅޭ ހާލު އެބަފެނެއެވެ. ކާނެ އެއްޗެއް ނުލިބި ބަނޑުހައިހޫނު ނިމިގެންދާ ފުރާނަތައް ޓީވީތަކުންނާއި ސޯޝަލް މީޑިއާތަކުން އެބަފެނެއެވެ.

ކުޑަކުދީންގެ ދުވަހުގެ ހަޤީޤީ އުފާ އެކުދީންނަށް ދެވޭނެކަމާއި މެދު ޝައްކެވެ. ބޮޑެތި ހަފްލާތައް ބޭއްވިދާނެއެވެ، ރީތި ހެދުންތައް ގަނެވިދާނެއެވެ. އެކުދީންގެ އުފަލަށްޓަކައި ނުކުރެވޭނެ ކަމެއް ނޯންނާނެއެވެ.

ނަމަވެސް ފަލަސްތީނުގެ ކުޑަކުދީން އެތިބީ މަރަށް ތެޅިތެޅިއެވެ. އެކުދީންގެ ހައްގެއް ކަރާމަތެއް މިއަދު ނެތެވެ. މުޅި ދުނިޔެ މިއޮތީ ނިދާފައެވެ، އަމިއްލަ ދަރީންގެ ގައިގާ އަލިފާންކަންޏެއް ޖެހުމަށް ނޭދެއެވެ. އެއް އުންމަތެއްގެ އަހުން އެދަނީ އަހަރުމެންގެ ވެސް ދީނުގެ ހައްޤުގައި ހަނގުރާމަކޮށް އެމީހުންގެ ދަރީން ޔަތީމު ވިޔަސް ފަރުވާލެއް ނެތެވެ. އެކުދީނަށް މަދަދުގާރުންގެ ގޮތުގައި މިތިބީ އަޅުގަނޑުމެން މުސްލިމުންނެވެ.

އަޅުގަނޑުމެންގެ ދަރީންގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި މިއަދު އެތަކެއް ކަމެއް ރާވާފައިވާނެއެވެ. އެކުދީންގެ ދުވަސް އެކުދީންގެ ހިތްހަމަޖެހުމައްޓަކައި ހޭދަކޮށްކުލަމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފަލަސްތީނުގެ ނިކަމެތި ހާލުގައި އުޅޭ ކުޑަކުދީންނަށް ހަދިޔާ ކޮށްލުމަކީ ކުރުން ރަގަނޅު ކަމެކެވެ. އެކުދީންގެ ބަނޑުހައި ހޫނުން ފިލުވައި ދިނުމަށް މިއަދު ވެވޭ ކޮންމެ އެހީތެރި ކަމަކީ މާދަމާއަށް ދެމިގެންދާނެ ސަދަގާތެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!