ދީން
ތައުބާގެ ދޮރު ތިބާއަށްޓަކައި ބަންދު ނުވަނީސް، ތައުބާވުމަށް އަވަސްވެގަންނާށެވެ!

މާތްﷲ ގެ ޙަޟްރަތަށް ތައުބާ ވާންވީ ހަމަ ކުށެއް ކުރެވޭ ވަގުތުގައެވެ. ކާފިރުކަންމަތީ މަރުވާ މީހުންނަށާއި، އަޖަލު އައިސްޖެހޭ ވަގުތު ތައުބާވާ މީހުންގެ ކިބައިން މާތްﷲ ތައުބާ ގަބޫލު ނުކުރައްވައެވެ.

މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޡް ކުރައްވާފައި ވެއެވެ. ” ހަމަ ކަށަވަރުން މާތްﷲ ދުވާލު ކުށްފާފަކުރާ މީހުންނަށް ރޭގަނޑު ތައުބާގެ ދޮރުހުޅުއްވާ ދެއްވައެވެ. އަދި ރޭގަނޑު ކުއްފާފަތަށް ކުރާ މީހުންނަށް ދުވާލު ތައުބާގެ ދޮރު ހުޅުއްވާ ދެއްވައެވެ. ހުޅަނގު ފަރާތުން އިރު އަރައްޖައުމަށް ދާންދެނެވެ.”

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އިންސާނަކު ކުރާ ފާފަތައް ބެހެނީ ދެބަޔަކަށެވެ. އެއީ މާތްﷲ ގެ ހައްޤުފުޅާއި ގުޅިފައިވާ ފާފަތަކާއި، އެކަނލާގެ އަޅުތަކުންގެ ހައްޤުތަކާއި ގުޅިފައިވާ ފާފަތަކެވެ.

މާތްﷲ ގެ ހައްޤުފުޅުތަކާއި ގުޅިފައިވާ ފާފައެއް ނަމަ އެފާފައެއްގެ ތައުބާ އަކީ އެފާފައެއް ފުއްސަވާދެއްވުން އެދި އެކަނލާގެ އަށް އިސްތިޢުފާރުކޮށް ޒިކުރުރު ކުރުމާއި، އެކުރެވުނު ފާފައަކަށްޓަކައި ހިތުން ދެރަވެ އެފާފައެއް އަލުން ނުކުރުމަށް ހެޔޮހިތުން އަޒުމު ކަނޑައެޅުމެވެ.

ކުރެވިފައިވާ ކުށްފާފައަކީ އެހެން މީހެއްގެ ހައްޤެއް ކަމުގައިވާ ނަމަ އޭނާގެ ހައްޤު އޭނާއަށް އަދާކޮށްދޭންވާނެއެވެ. ތައުބާވާ މީހުން ދެކެ މާތްﷲ ލޯބިވެވޮޑިގެންވެއެވެ.

ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި މީހަކު ތައުބާވެފައިވާކަން ހަތަރު ކަމަކުން އެނގެއެވެ. ފުރަތަމަ ކަމަކީ އެނަގެ ދުލުން ނެތިމޮށުމުގެ ބަސްތަކާއި، ދޮގު ބަސްތައް ނުނުކުތުމެވެ. ދެވަނަ ކަމަކީ އޭނަގެ ހިތުގައި އެހެން މީހަކަށް ޙަސަދަވެރިކަމެއް، ހަތުރުވެރިކަމެއް ނެތުމެވެ. ތިންވަނަ ކަމަކީ ނުބައި މީހުންނާއި އެކު އުޅުން ހުއްޓާލުމެވެ. ހަތަރުވަނަ ކަމަކީ މަރަށް ތައްޔާރުވެ މާތްﷲ އަށް އިސްތިޢުފާރު ކުރުން މަތީ ދެމިހުރުމެވެ.

ތައުބާ ވާކަށް ވަކި ވަގުތެއް ނެތެވެ. ކުށެއް ކުރެވިފައިވާ ނަމަ ތައުބާވުމަށް އަވަސްވެ ގަންނާށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!