ރިޕޯޓް
ކުޑަކުދިން ކޮންމެ ކޮންމެ އެކައުންޓަކުން ޔޫޓިއުބަށް ވަނުން ރައްކާތެރިބާ؟ އެކުދިންގެ އަމިއްލަ އެކައުންޓެއް ހުރުން މުހިންމުތަ؟

މިސުވާލު ކޮންމެ ބެލެނިވެރިއަކުވެސް އަމިއްލަ ނަފުސާކޮށްލުން ވަރަށް ވެސް މުހިންމެވެ. އޭގެ ތެރެއިން ބައެއް ބެލެނިވެރިން ނުވަތަ މައިންބަފައިންނަށް މީގެ މުހިންމު ވަރު ވިސްނޭނެއެވެ. ޗައިލްޑް ޔޫޓިިއުބް އެކައުންޓު ގެންގުޅޭ ކުދިންގެ މައިންބަފައިން، ބެލެެނިވެރިންނަށް އޭގެ ފައިދާ އާއި އެކުދިންގެ އަމިއްލަ އެކައުންޓެއް ނެތުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ލިބިދާނެކަންވެސް އެނގޭނެކަން ގައިމެވެ.

ކުޑަކުދިން ޔޫޓިއުބުން ވީޑިޔޯ ބެލުމަކީ މިފަހަކަށް އައިސް ރާއްޖޭގައި ވަރަށްބޮޑަށް އާންމު ވެފައިވާ ކަމެކެވެ. ކިރިޔާވެސް ފުދުންތެރިކަމެއް ހުރިނަމަ އައިޕެޑެއް ނުވަތަ ޓެބްލެޓެއް ދަރިފުޅަށް ހޯދައިދޭ ބެލެނިވެރިން ގިނައެވެ. މިވަރުވެސް ނުކުރެވޭ ނަމަ އަމިއްލަ ފޯނު އޮންނާނީ ބޭނުމެއް ނުކުރާ ހުރިހާ ވަގުތެއްގައި ކުދިންގެ އަތަށް ދޫކޮށްލާފައެވެ. އަދި ދިރިއުޅުމުގެ ކަންކަމުގައި ޒިންމާތައް ގިނަވެ ވަގުތު މަދުވެފައިވާ މިފަދަ ޒަމާނެއްގައި ކުދިން ސްކްރީނުން ބަލަނީ ކޮންއެއްޗެއްތޯ ދެނެގަންނާނެ ފުރުސަތެއް މަދުން ނޫނީ ނުލިބޭ ކަމީ ވަރަށްވެސް ހިތި ހަގީގަތެކެއެވެ.

ކުދިންގެ އަމިއްލަ އެކައުންޓެއް ހުރުން މުހިންމު….ފޮޓޯ:ކިޑްސްލައިފް

ކަން މިހެން އޮތް އިރު ޔޫޓިއުބް ފަދަ ހުރިހާ ވައްތަރެއްގެ މަންޒަރުތައްވެސް ހާމައަށް ހުޅުވެން އޮތް ތަނަކަށް، ކުޑަކުދިންނަށް 18 އަހަރުން މަތީގެ މީހުންގެ އެކައުންޓުން ވަނުމަކީ ރައްކާތެރިކަމަކަށް ނުވާނެ ކަން ޔަގީނެވެ.

ކުދިންނަށް އެކުދިންގެ އުމުރާ ނުގުޅޭ ފަދަ މަންޒަރުތަކާއި ސިކުނޑިއަށް އަސަރު ފޯރަން ނުޖެހޭ ކަހަލަ ކަންތައްތައް ފެނުމަކީ ފަހަކަށް އައިސް އާންމުވަމުން އަންނަ މައްސަލައެކެވެ.

ގިނަފަހަރަށް ކުއްޖާ އަތަށް ދީފައި އޮންނަ ފޯނު، ނުވަތަ ޓެބްލެޓުން ކުއްޖާ ރޭދުވާ ވަކިނުވެ، ކުޅޭ ގޭމްތަކާއި ބަލާ ފިލްމުތަކަށް އޮންނަނީ ސަމާލުކަން ނުދެވިއެވެ. ދަރިފުޅު ކާން އިންނަނީ ކޮންމެވެސް ކަހަލަ ކާޓޫނެއް ނޫނީ ފިލްމެއް އަޅުވައިގެންނެވެ. ދުވާލުގެ އިރުގެ އަލިކަން ގޭގެ ކުޑަދޮރުތަކުން އެތެރެއަށް އެޅޭއިރު ދަރިފުޅުގެ ހުޅުވާލެވޭ ލޮލުން ފުރަތަމަ ބަލަން ބޭނުންވަނީ ރޭގައި ނިދިގެން ދިޔައިރު ބަލަން އޮތް ފިލްމުގެ ނޫނީ ކާޓޫނުގެ ބާކީ ބައެވެ.

ދަރިން ޒަމާނާ އެއްވަރަށް، ތަހުޒީބާ އެއްހަމައެއްގައި ގެންގުޅޭން ޖެހޭނެކަން ދޮގު ކުރަނީ ނޫނެވެ. ދަރިންނަނީ ޒަމާނަށް ފެތެން ޖެހޭ ބައެކެވެ. ޓެކްނޮލޮޖީއަށް ފަރިތަވާން ޖެހޭ، ތަރައްގީއާ އެއްމިނެއްގައި ކުރިއަރައިދާންވެސް ޖެހޭނެއެވެ.

ކުޑަކުދިން ޔޫޓިއުބުން ވީޑިޔޯ ބެލުމަކީ މިފަހަކަށް އައިސް ރާއްޖޭގައި ވަރަށްބޮޑަށް އާންމު ވެފައިވާ ކަމެކެވެ.

އެހެންނަމަވެސް އެކަންތައްތަކަށް ވަކިހައްދެއް ހުދޫދެއް މިންގަނޑެއް އޮންނަން ޖެހޭކަން ގަބޫލު ކުރަން ޖެހޭނެއެވެ. ތިމާވެސް ތަރައްގީއާއެކު ތަމައްދުންވެ ތަހުޒީބުވާން ޖެހެއެވެ. އެކަމަކު އެކަމަށް ކަނޑައެޅިފައި އޮންނަ ކޮންމެވެސް އުސޫލުތަކަކާއި ގަވާއިދުތަކަކާއި ހަމަތަކެއް އޮންނަން އެބަޖެހެއެވެ.

ދާދި އިހަކަށް ދުވަހު މުޅި ރާއްޖެ ސިއްސުވާލީ ސާދަ، ފަނަރައިގެ ކުޑަކުއްޖަކު، މީހެއްގެ ލޯންޗެއް ވަގަށް ނަގައިގެން މާލެ އައުން މިއީ ވިސްނާލަން ޖެހޭފަދަ ކަމެއް ނޫންތޯއެވެ. އެވެސް އެކުއްޖާގެ 13 އަހަރުގެ ލޯބިވެރިޔާ އާ ބައްދަލު ކުރުމަށް ކުރި ދަތުރަކަށް ވާއިރު މިއީ އެއްވެސް ހާލެއްގައި މަޖާ ނުވަތަ ގަަދަ ކަމެއް ނޫނެވެ. އެއަށްވުރެ މާބޮޑަށްވެސް ހިތްދަތި އަދި ހިތާމަވެރި ލަދުވެތި ކަމެކެވެ. އެދެ ކުދިން އެ ބޮޑު ނުރައްކާތެރި ފިޔަވަޅު އެޅީ ހަމަ ކުއްލިއަކަށް ނޫނެވެ. ވަގުތުތަކެއް ފޯނުން މެސެޖު މެދުވެރިކޮށް ކުރުމަށްފަހު ނޫނީ ދުރު ރަށެއްގައި ތިބި ކުޑަ ދެކުއްޖަކަށް އެހާ ބޮޑު ފިޔަވަޅެއް ނަގާކަށް ވިސްނުމަކަށް ވެސް ނާންނާނެއެވެ. އެކުދިންނަށް “ލޯބި، ގާލް/ބޯއިފްރެންޑް” މިއީ ޔޫޓިއުބް ފަދަ ތަންތަނުން ފެންނަ ފާޑުފާޑުގެ ލަވަތަކާއި ފިލްމުތައް ހުރަހަކާ ނުލައި ބެލެން ލިބިފައި އޮތުމުގެ ނަތީޖާއެވެ. ތިމާގެ ގާލްއަށްޓަކައި އޭނާ ސަލާމަތްކޮށްދިނުމަށް ކަނޑުފަތާފައި މާލެ ދާން ވިސްނުނީ އެފަދަ މަންޒަރުތައް ފެނިފެނި ކަމަށްވެސް ވެދާނެއެވެ. މިއީ އާންމުކޮށް ފުރާވަރުގެ ކަސިޔާރު ފިޔަވަޅުތައް ޖެހިިލުމެއް ނެތި ނަގަން ތައްޔާރަށް އޮންނަ އުމުރު ފުރާވަރުގެ އުމުރުގެ ނުރައްކާތެރި އިހުސާސްތައް ހޭލެއްވުމަށް އެފަދަ “ރޮމޭންސް” ފެންނަ އެއްލަވަ ފުދޭނެއެވެ. މިދެ ކުދިންގެ ވާހަކަ މުޖުތަމައުގެ އެންމެނަށް އެނގުނަސް މިފަދަ ނުރައްކާތެރި، ހިތްދަތތި، ސިހުންކުރުވާ އެކިފާޑުގެ ކިތަންމެ ކަމެއް ނުފެނުނަސް އަޑު ނީވުނަސް ގޭގޭގެ ހަތަރުފާރުން އެތެރޭގައި ހިނގާ ކަމީ ހަގީގަތެކެވެ.

ޔޫޓިއުބުން ކުޑަކުދިންނަށް އެކުދިންނަށް ހާއްސަ ކުޑަކުދިންގެ އެކައުންޓް ހަދަން ޖެހޭ ސަބަބަކީ އެކުދިންނަށް ފެންނަން ނުޖެހޭ މަންޒަރުތައް ނުފެންނަ ގޮތަށް ހަމަޖެހިފައިވާތީއެވެ. ކުޑަކުދިން ބޮޑެތި މީހުންގެ އެކައުންޓުތަކުން ޔޫޓިއުބް ބޭނުންކުރުމުން އޭގެއިން އެއްވެސް ފިލްޓަރ އެއް ނެތި ފެންނަ ހުރިހާ މަންޒަރަކާއި އަޑެއް ކުއްޖާއަށް ހުރަހަކާ ނުލައި ފެނެއެވެ. ނުބަލަން ޖެހޭ މަންޒަރުތަކާއި ނީވެން ޖެހޭ އަޑުތަކަށް މައުސޫމު ކުއްޖާ ގެއްލިދެއެވެ. އަދި އުމުރާ ނުގުޅޭ ހަރަކާތްތަކާއި ބަސްތަކުގެ އަހުލުވެރިއަކަށް ވެދެއެވެ.

ކަންތައްތަކަށް ވަކިހައްދެއް ހުދޫދެއް މިންގަނޑެއް އޮންނަން ޖެހޭކަން ގަބޫލު ކުރަން ޖެހޭނެއެވެ.

ޔޫޓިއުބުު މިފަދަ ގޮތްގޮތަށް ބަލައިގެން ކުޑަކުދިންގެ ޅަ ސިކުނޑިއަށް ވިސްނޭ ނުރަނގަޅު ކަންކަމުން ދިމާވެދާ ނުރައްކާތެރި އަދި އުމުރުދުވަހު ހިތާމަކޮށް ލަދުވެތިވާން ޖެހިދާނެ ފަދަ ކަމަކުން ނުވަތަ ކަންތައްތަކަކުން ރައްކާތެރިވުމަށްޓަކައި، އަދި ތިމާގެ ލޮލުގެ ނޫރުފަދަ ހިތުގެ ވިންދު ފަދަ ދަރިފުޅަށް ރައްކާތެރި މަގު ދެެއްކުމަށްޓަކައި، ޔޫޓިއުބް ގައި އެދަރިފުޅަށް އެދަރިފުޅުގެ އުމުރުގެ ހާއްސަ އެކައުންޓެއް ހުޅުވާފައި ފިލްމާއި ކާޓޫނު ބަލަން ފޯނު ނުވަތަ ޓެބްލެޓް ނޫނީ ލެޕްޓޮޕް ކޮމްޕިއުޓްރ ދޫކޮށްލާށެވެ. އޭރަށް ރައްކާތެރިކަމުގެ ފާރެއް އެކުއްޖާ ވަށާާލެވޭނެއެވެ. އަދި ގާތުގައި ބަލަން ނެތަސް ކުއްޖާއަށް އުމުރާ ނުގުޅޭ އެއްޗެއް ފެނުމަކީ ވާނެ ކަމެއް ނޫނެވެ.

ޗައިލްޑް ޔޫޓިއުބް އެކައުންޓުން ދަރިފުޅު ބަލާ އެއްޗެހި މޮނިޓާ ކުރެވޭނެއެވެ. އަދި ކުދިންގެ ހުނަރު އިތުރު ކުރުމަށްވެސް މި އެކައުންޓް އެހީވެދޭނެއެވެ. ކުއްޖާއަށް ފެންނާނީ ކެއްކުމާއި ކިޔެވުމާއި ތަރުބިއްޔަތާއި އޭނާގެ ޝައުގާ ގުޅޭފަދަ ވީޑިއޯ ތަކެވެ. ކުއްޖާއަށް އަބަދު ފާރައަށް ހުންނަން ނުޖެހޭނެއެވެ. އުމުރާ ނުގުޅޭ ކޮންމެ އެއްޗެއްވެސް އަންނާނީ ފިލްޓަރ ކުރެވިގެންނެވެ.

މިއީ ރައްކާތެރިކަމުގެ އައްޑަނައެއްކަަމަށް ގަބޫލު ކުރާށެވެ. އަދި އަވަހަށް ޗައިލްޑް ޔޫޓިއުބް އެކައުންޓެއް ދަރިފުޅަށް ހުޅުވައިދޭށެެވެ. ދަރިފުޅުގެ މުނިފޫހި ފިލުވައިދޭ އެކުވެރިޔާ އެއީ ހެޔޮލަފާ އެކުވެރިއަކަށް ހަދައިދިނުމަށް ލިބޭ މި ފުރުސަތު އަވަަހަށް ބޭނުންކުރާށެވެ، އަދި ހިތްހަމަޖެހުމުގެ ނޭވާއެއްލައި ހިނިތުންވެލާށެވެ.

މިފަދަ ޒަމާނެއްގައި ވަރަށް ވިސްނައިގެން ނޫނީ ކާމިޔާބު މަޔަކަށް، ބަފަޔަކަށް، ބެލެނިވެރިއަކަށް ނުވަތަ ދަރިއަކަށްވެސް ނުވެވޭނެއެވެ. އެކަމަށް ހިތްވަރާއި ހިންމަތާއެކު ތާއަބަދުމެ ނުމެރި ހުޅުވިފައި ހުންނަ ދެލޮލާއި ސިކުނޑިއެއް ބޭނުންވާނެކަން ޔަގީނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!