ޚަބަރު
ފިޔޯރީ ކައުންސިލް ކަރަންކާ އޮފީސްތަކުގެ ވޮލީބޯޅަ މުބާރާތް 2024 ފޯރިއާއެކު ކުރިއަށް

ފިޔޯރީ ކައުންސިލް އަދި ކަރަންކާ ސްޕޯޓްސް ގުޅިގެން ކުރިއަށް ގެންދާ ފިޔޯރީ ކައުންސިލް ކަރަންކާ އޮފީސްތަކުގެ ވޮލީބޯޅަ މުބާރާތް 2024 ފަށައިގެން ފޯރިއާއެކު ކުރިއަށް އެބަދެއެވެ.

މުބާރާތުގައި މިހާތަނަށް 10 މެޗު ވަނީ ކުޅެފައެވެ. އެއީ އަންހެން ޑިވިޝަނުގެ 6 މެޗު އަދި ފިރިހެން ޑިވިޝަނުގެ 4 މެޗެވެ. އަންހެން ޑިވިޝަނުގެ ސެމީގެ މެޗުތައް މިއަދު ފަށާއިރު ފިރިހެން ޑިވިޝަނުގެ ދެވަނަ ލެގުގެ ފުރަތަމަ މެޗު ރޭ ވަނީ ކުޅެފައެވެ. އަންހެން ޑިވިޝަނުގައި 6 ޓީމް ބައިވެރިވުމާ ގުޅިގެން އެ ޑިވިޝަން ކުޅެމުން އައީ 2 ގްރޫޕަކަށް ބަހާލައިގެނެވެ. ފިރިހެން 3 ޓީމް ބައިވެރިވުމާ ގުޅިގެން ފިރިހެން ޑިވިޝަން ކުޅެމުން ދަނީ 2 ލެގަށެވެ.

ގްރޫޕް A،ގެ 1 ވަނައިގައި އޮވެ ސެމީއަށް ދަތުރު ކުރީ ފިޔޯރީ ޕޮލިސް ޓީމެވެ. ދެވަނައިގައި އޮވެ ދަތުރު ކުރީ ފިޔޯރީ ސްކޫލެވެ.

ގްރޫޕް B،ގެ 1 ވަނައިގައި އޮވެ ސެމީއަށް ދަތުރުކުރީ ފެނަކަ އައިސް ޓީމެވެ. ދެވަނައިގައި އޮވެ ސެމީއަށް ދަތުރު ކުރީ ހެލްތް ސެންޓަ ސޯޝަލް ކްލަބެެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލްގެ ފުރަތަމަ ޖާގަ ފިޔޯރީ ޕޮލިސް ޓީމް ވަނީ ރޭގެ މެޗުގައި 3-0 އިން ހެލްތް ސެންޓަރ އަތުން މޮޅުވެ ޔަގީން ކޮށްފައެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ ފުލުގައި މިހާތަނަށް ކުޅެވުނު ހުރިހާ މެޗަކުން ބަލިވެ އޮތީ ފެނަކަ އައިސް ފިރިހެން ޓީމެވެ.

އަންހެން A ގައި ޑިވިޝަނުގައި އެއްވެސް މެޗަކުން މޮޅުނުވެ ކައުންސިލް ވަނީ މުބާރާތާ ވަކިވެފައެވެ.

ގްރޫޕް B ގައި އެއްވެސް މެޗަކުން މޮޅުނުވެ WDC ވަނީ މުބާރާތާ ވަކިވެފައެވެ.

މި މަގުގެ 7 ވަނަ ދުވަހު ފަށައި ފިޔޯރީގައި ކުރިއަށްދާ މި މު މުބާރާތް ފައްޓަވައިދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ރައުހަތު ގުދުރަތުﷲ އެވެ.

މުބާރާތް ޝަރަފްވެރި ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ރައުހަތު ވަނީ މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް އަހަހައްމިއްޔަތުކަން ދޭ މިންވަރު ފާހަގަ ކުރައްވާ އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިލައްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!