ފެންޑާ
ގާތް ރަހްމަތްތެރިއަކަށް އަންހެނަކަށް ވުރެ ފިރިހެނަކު މާބޮޑަށް ވެސް ރަނގަޅޭ ހުދު އަންހެނުން ބުނަނީ ކީއްވެގެންބާ؟

އަންހެނުންނަށް އަންހެން އެކުވެރިންގެ ރަހުމަތްތެރިކަމަށްވުރެ ފިރިހެން ރަހުމަތްތެރިން މާ ރަނގަޅޭ ބުނަނީ ކީއްވެ؟

އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ހަމައެކަނި ރަހުމަތްތެރިކަމެއް ނޯންނާނެ، މިއީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އަދި ހަމަޔަގީނުންވެސް މުޅިއަކުން ތެދު ވާހަކައެއް ވެސް ނޫނެވެ.

ފިރިހެނުންނަކީ އަންހެނުންނަށްވުރެ ފިތުރީގޮތުންވެސް “ހަސަދަވުން” ދުރު، ކަންކަމުގައި އެކަކު އަނެކަކަށް ދޫ ދިނުން އަވަސް ބައެކެވެ. އަމުދުން މީހުން “ޖަޖް” ކުރުން، އެކުވެރިއަކު އައްޔަން ކުރުމުގައި ހަސަބާއި ނަސަބާއި ފަރަގު ބެލުން އަމުދުން ތޮބީއީ ގޮތުން މަދު ބައެކެވެ.
އެމީހުންނަށް މުހިންމީ މީހަކާ އެކު ރަނގަޅު ވަގުތުކޮޅެއް ހޭދަކުރެވޭނެތޯ ނުވަތަ ނޫންތޯއެވެ.

އަންހެން އެކުވެރިންގެ ރަހުމަތްތެރިކަމަށްވުރެ ފިރިހެން ރަހުމަތްތެރިން މާ ރަނގަޅޭ ބުނަނީ ކީއްވެ؟

އެކުވެރިޔާއަކީ ނިކަމެތި މީހެއް ކަމުގައި ވިޔަސް ނުވަތަ ލަސް މީހެއް ކަމުގައި ވިޔަސް ނުވަތަ ނުބައި ފެޝަން ސެންސެއް ހުރި މީހެއް ކަމުގައި ވިޔަސް މުހިންމެއް ނޫނެވެ. ހިއްސާ ވާ މަސްލަހަތުތަކުގެ އާންމު ބިންގަލެއްގެ ބޭރުން، އަންހެނުންނާ އަޅާ ބަލާއިރު ފިރިހެނުންނަކީ އެމީހުންގެ ނިޔާ ކުރުމުގައި މާ ހަރުކަށި ބައެއް ނޫނެވެ.

އަންހެނުން އަންހެން އެކުވެރިން، ރަހުމަތްތެރިން ގެންގުޅުމަށް ވުރެ، ފިރިހެން އެކުވެރިންނާ މުއާމަލާތް ކުރުމުގައި ކުޑަ އުނދަގުލެއް ހުއްޓަސް އެކަން ފިރިހެނުން ދެނެގަންނަ ގޮތް އަވަސްވެފައި ފަސޭހައެވެ. އާންމުކޮށް ފިރިހެން އެކުވެރިކަމަކީ އަންހެން އެކުވެރިކަމަށް ވުރެ ހަރުދަނާވެފައި ރައްކާތެރިކަން އިހުސާސްވާ ކަމެއްކަމަށް ދިރާސާތަކުންވެސް ދައްކައެވެ.

ފިރިހެން އެކުވެރިކަމަކީ އަންހެން އެކުވެރިކަމަށް ވުރެ ހަރުދަނާވެފައި ރައްކާތެރިކަން އިހުސާސްވާ ކަމެއްކަމަށް ދިރާސާތަކުންވެސް ދައްކައެވެ

އަންހެން އެކުވެރިކަމަކީ މާ ޖަޒުބާތީ އަދި އެކަކު އަނެކަކާ ގުޅުން އޮންނަ އެކުވެރިކަމެވެ. ރަހުމަތްތެރިކަމުގައި ފިރިހެނުންގެ އުސޫލާއި ރަހުމަތްތެރިކަން މާ ގަދަރާއި އިހުތިރާމު ބޮޑު ނުފޫޒުގަދައެވެ. ފިރިހެނުންނަށް އެކުވެރިކަން އުފެދިގެ ރަހުމަތްތެރިކަމަށް ކުލަ އަންނަނީ، ގާތްކަން ބޮޑުވަނީ، ވަގުތު ފާއިތުވަމުންދާ ވަރަކަށް އަޅާލުމުން ފެށިގެން އެކަކު އަނެކަކު ދެނެގަނެވި އިހުތިރާމާއި ގަދަރު ބޮޑުވުމާއެކު، އެކަކުގެ ރައްކާތެރިކަމަށް އަނެކާ ތެދުވުމުގެ ހިތްވަރު އެކުލެވިގެންނެވެ.

އަންހެނުން އެކުވެރިކަމާ މެދު ޝައުގުވެރިކަން އިތުރުވަނީ ހަމައެކަނި ޖަޒުބާތުތަކުގެ ސަބަބުންނެވެ. އަދި މި ނާޒުކު ޖަޒުބާތުތަައް އެކަކު އަނެކަކުގެ ގުޅުންތަކަށް ޣީރަތުގެ ބޮޑުކަން އައިސް، ހަސަދައިގެ ފާރެއް ނެގެނީ ނުވެސް އެނގިތިއްބައެވެ.

ގުޅުންތަކަށް ޣީރަތުގެ ބޮޑުކަން އައިސް، ހަސަދައިގެ ފާރެއް ނެގެނީ ނުވެސް އެނގިތިއްބަ

އަންހެން އެކުވެރިން އެކަކު އަނެކެއްގެ ޒާތީ ހަޔާތާއި ދިރިއުޅުމުގެ ތެރެއަށް ވަނުން ފަސޭހަ ވަނީ ފިތުރީ ގޮތުން އަންހެނުންނަކީ ގޭގެ ބަޔަކަށް ވާތީ ގުޅުންތަކުގެ މާނަ އެމީހުންގެ ނަޒަރިއްޔާތުން ދެކޭ ގޮތަކުންނެވެ. އަދި މިއީ އެއްކަލަ އެކުވެރިކަން ރައްކާތެރިކަމަށްވުރެ ނުރައްކާތެރިކަން ބޮޑު ސަބަބަކަށް ވެގެންދާ އަސްލުވެސްމެއެވެ. އެހެންނަމަވެސް ފިރިހެން އެކުވެރިންނަކީ އަަންހެން އެކުވެރިޔާގެ އެއްވެސް ޒާތީ ކަމެއް އޭނާގެ ދުލުން އެހުމަކާ ނުލައި ދެނެގަންނަ ބައެކެވެ. އަދި އެމީހުންގެ ފަރާތުން ތިމާގެ އަމިއްލަ މީހަކު ގެއްލިދާނެ ކަމުގެ އެއްވެސް ބިރެއް ނުރައްކަލެއް ނޯވެއެވެ.

“މަގޭ ހުންނަނީ ފިރިހެން ބެސްޓީއެއް. އަހަރެމެންގެ އުމުރުން 40 އަށް އައި އިރު 25 އަހަރުވެއްޖެ މި ރަހުމަތްތެރިކަމަށް، މިއަހަރު ރިހިޔޫބީލް ފާހަގަކުރުން އޮތީ، ވަރަށް ހާލުގައި އުޅުނު ލައިފަކުން ސަލާމަތްވެގެން މިހާރު މިހިރަ ވަޒީފާއާއި ފިރިމީހާއާއި ދަރިފުޅަކީ ހަމަ އެ-ރަހުމަތްތެރިޔާގެ ސަބަބުން،” އަންހެނަކު ހިއްސާކުރި ބަސްކޮޅެއް

މިހެން ދެންނެވި ކަމުގައިވިޔަސް ވަރަށްބޮޑަށްވެސް ރަނގަޅު އަންހެން ރަހުމަތްތެރިން އުޅެއެވެ. މުޅި އުމުރު އެކުއެކީގައި ބަދަލެއް ނައިސް އުޅޭ ބަދަހި ރަހުމަތްތެރިންވެސް އުޅެއެވެ. މިއީ ނިސްބަތުން މަދު ނަމަވެސް ރަނގަޅު އަންހެން ރަހުމަތްތެރިން ތިބޭ ކަމީ ހަގީގަތެކެވެ.

މިއީ އާންމުކަމެއް، އަންހެން އެކުވެރިޔާ ތިމާގެ ބޯއިފްރެންޑް ނުވަތަ ފިރިމީހާ ޖަހައިގެން ދިއުން..

އެހެންނަމަވެސް ރަނގަޅު އަންހެން ރަހުމަތްތެރިން ލިބެނީ ހަމަ ވަރަށްވެސް މަދުން ކަމީވެސް ބޮޑު ހަގީގަތެކެވެ. އަދި ގިނަފަހަރު އަންހެން އެކުވެރި ކަމަކީ އެކަކު އަނެކަކުގެ ފަނާވުމަށް ބަދުދުއާ ކުރެވޭ ވަރަށް ހަސަދައާއި ނަފުރަތު އުފެދޭ ކަމެކެވެ. މިއީ ދުނިޔެ ދައްކާ ހިތި އެހެނަސް ބޮޑު ހަގީގަތެކެވެ.

“ކުރިން އަންހެން ބެސްޓީއެއް ގެންގުޅުނީ، ޓީންއޭޖްގައި، ފަސްޓްލަވް ކަޓުވާލީ، ނުވެސް އެނގި ހުއްޓާ، އޭނާގެ ބޯއިފްރެންޑާއި މަގޭ ބޯއި އާ އެއީ ބެސްޓްފްރެންޑުން، އަހަރުން ދެމީހުންނަށް ނޭނގި އެދެމީހުން ކަންތައްގަނޑެއް ހިންގާލި، ދެންވެސް އަންހެން ބެސްޓީއެއް އައި، 2 އަހަރުވެސް ނުވޭ، ފިރިމީހާއާ މައްސަލަ ޖެހުނީ، ދުވަހަކުވެސް މަށަށް ބާރަށް ބަސްވެސް ނުބުނާ އިތުބާރު އެހާ ކުރާ މީހާ މަށަށް ޝައްކު ކުރަން ފެށީ، މައްސަލަ ހޫނު ވަމުން ދަނިކޮށް ކުޑަކޮށް ދަންނަ ފިރިހެން އެކުވެރިކުއްޖެއްގެ ހެލްޕް ލިބުނީ، އޭގެ ފަހުން މަޑުމަޑުން އޭނަގެ ފްރެންޑްޝިޕް ބޮޑުވަމުން ދިޔައިރު ފިރިމީހާވެސް އޯކޭ ވަމުން ދިޔައީ، މިހާރު މިބުނަނީ ވައްސަލާމު، ސަލާމުން ސަލާމް. ބެސްޓީއަކަށް ނޯމޯރ ފީމޭލް،”

“އުޅޭ ވަރަށް ރަނގަޅު އަންހެން އެކުވެރިންވެސް، އެކަމަކު މަދު، މައި ބެސްޓްފްރެންޑަކީ އަންހެންކުއްޖެއް، ފިރިހެން ފްރެންޑުންވެސް ތިބޭ، އެކަމަކު އެންމެ ގާތީ އަންހެން ކުއްޖަކާ، އޭނަ ވަރަށް ވަރަށް ރަނގަޅު، ދެން އެންމެން އެއްގޮތެއް ނުވާނެތާ ދޯ،” މިވެސް އަންހެންކުއްޖެއްގެ ވާހަކައެކެވެ.

މަދުން ނަމަވެސް ރަނގަޅު އަންހެން އެކުވެރިން އުޅޭ، އެހެނަސް އާންމުކޮށް ފެންނަނީ މިފަދަ މަންޒަރެއް

އަންހެން އެކުވެރިން އެކަކު އަނެކަކަށް ހިއްސާ ކުރަނީ އިހުސާސްތަކާއި ޖަޒުބާތުތަކުގެ ސިއްރުތަކެވެ. ދެން ގިނަފަހަރަށް ދެެކެވޭނީ އެހެނިހެން މީހުންގެ ވާހަކައެވެ. މިއާ ހިލާފަށް ފިރިހެން އެކުވެރިން އަންހެން އެކުވެރިންނާ ހިއްސާ ކުރާނީ ދުނިޔަވީ ކަންކަމުގެ ވާހަކަތަކާއި ސަމާސާތަކެވެ.

އެހެންނަމަވެސް އަންހެން އެކުވެރިޔާގެ ސިއްރުތައް ދެނެގަނެ ރައްކާތެރިކުރުމުގައި ފިރިހެން އެކުވެރިން ވަރަށްވެސް ފުރިހަމައެވެ. ސިއްރުތައް ހިފެހެއްޓުމުގައިވެސް އަންހެނުންނަށްވުރެ ފިރިހެނުން ތިބެނީ ކުރީގައެވެ.

އަންހެންކުއްޖަކާއި ފިރިހެން ރަހުމަތްތެރިކަމެއް އޮތުމުން ގެއްލުންތަކެއް ހުރެދާނެ އެވެ. އެހެންވިޔަސް ވަރަށް ގިނަ ފަހަރު ފިރިހެން އެކުވެރިންނަކީ އަންހެން އެކުވެރިންނަށްވުރެ ހާސްގުނަ ރަނގަޅު ބައެކޭ ބުނަނީ ހަމަ އަންހެންކުދިންނެވެ.

ފިރިހެން އެކުވެރިން އެހީތެރިވުމުގައާއި ހިތްވަރުދިނުމުގައި އޯގާތެރިވެ އަޅާލުމުގައި ސަމާލުވެއަވަސްވެއެވެ.

ގިނަ އަންހެން ކުދިން ބުނާ ގޮތުގައި އަންހެން އެކުވެރިންނާއެކު ކުރާ އެއްވެސް ކަމެއްގައި ހެވެއް ނޯވެއެވެ. މާނައަކީ ސިއްރުން ކަމެއްކޮށްފިނަމަ އެއީ ސިއްރަކަށް ނުވެއެވެ. އެކުގައި އުޅޭތާ ގިނަ ވަގުތުތަކާއި ގިނަ ސިއްރުތައް ޝެއާ ކުރެވޭ ހިސާބުން އެންމެ ގާތުން ގެއްލެނީ ލޯބިވެރިޔާ ނުވަތަ އަހަރުތަކެއް ވީ ފިރިމީހާއެވެ.

ހެޔޮއެދިގެން ފިރިމީހާގާތު އެތައް ސިއްރެއް ކިޔައިދީ ފިރިމީހާ ހެޔޮ މަގަށް އެޅުވުމަށް އެކުވެރިޔާގެ ގޭގެ ދޮރު ހުޅުވާލަ ދެނީއެވެ. އެއީ އެކުވެރި ރަހުމަތްތެރިކަމުގެ ހަމަ އެންމެ ފުރިހަމަ ވެގެންވާ ނަމޫނާ އެކޭ ކިޔާފައި ގެއަށް ގެންނަތާ ދުވަސްކޮޅަކުން ގޭތެރޭގައި އެކުވެރިޔާގެ އަގު ބޮޑުވެ ގެއިން ނުކުންނަން ޖެހެނީ އެ އެކުވެރިޔާ ގެއަށް ގެނައި އަންހެންމީހާއެވެ.

“މިކަހަލަ ކަމެއް ނުވާނެ އެއްނު ފިރިހެން ރައްޓެހިން ތިބީމަ. އެމީހުން ވަރަށް ބޭކާރު ކަންތައް ނުކުރާނެ.”

އަޅެ މިއީ ދުނިޔެ ދައްކާ ހަގީގަތެއްކަމަކު ގިނަ އަންހެން ކުދިންނަށް މިވާހަކަ ގަބޫލުކުރަން ފަސޭހަ ނުވެދާނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!