ރިޕޯޓް
އެސްފީނާ ޖެހިފައިވާ މީހުންނަށް ފެންނަ ބައެއް ހުވަފެން،

ހުވަފެނަކީ 3 ގޮތަކުން އިންސާނުންނަށް ފެންނަ އެއްޗެކެވެ. ބައެއް ހުވަފެނަކީ މާތް ﷲގެ ހަޒުރަތުން އަންނަ ތެދު ހުވަފެނެވެ. އަނެއްބައި ހުވަފެނަކީ އިންސާނާގެ ސިކުނޑީގައި ހުންނަ މަޢުލޫމާތު ނުވަތަ އިންސާނާ ކުރާ ކަންކަމާއި ގުޅިގެން ފެންނަ ހުވަފެނެވެ. އަނެއްބައި ހުވަފެނަކީ ޝައިޠާނާ ތިމާ ބިރުގަންނަވާ އަދި މާޔޫސް ކޮށްލުމަށް ދައްކާ ހުވަފެނެވެ. އެހެންކަމުން އިންސާނާއަށް ފެންނަ ހުވަފެނަކީ އިންސާނާގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެކެވެ.

ޙާނީ ބަލިތައް ކަމުގައިވާ އެސްފީނާ، ޙަސަދަ، ސިޙުރު އަދި ޖިންނި އަވަލުމަކީ މިކަންކަމާއި ޖިންނި ޝައިޠާނުންނާއި އިންސާނުންގެ ނުބައި ނަފްސާއި ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން މިފަދަ ކަންކަން ޖެހުމުން އިންސާނާއަށް ނިދީގައި ތަފާތު ގޯނާތައް ކުރިމަތިވެއެވެ. މިކަންކަމާއި ގުޅިފައިވާ ހުވަފެންތައް ފެނެއެވެ. އަދި މިފަދަ ހުވަފެންތަކަކީ އެފަދަ ބައްޔެއް ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ.

އެގޮތުން އެސްފީނާ ޖެހުމުން ވެސް މި ފަދަ ހުވަފެންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން މި ހިމަނާލަނީ އެސްފީނާގެ ސަބަބުން ފެނިދާނެ ބައެއް ކަހަލަ ހުވަފެންތަކެވެ.

• ޒާތްޒާތުގެ ސޫފި
• ނަގުލަންދާށި
• ބުޅާ
• ކުއްތާ ނުވަތަ ކުއްތާ ތަކެއް
• ޖިންނިއެއް ބަލަން ހުންނާތީ ފެނުން
• ބޭކާރު ހުސްވާހަކަތައް ދެއްކުމާއި މީހުނަށް އައިބު ކިޔައި ޣީބާ ބުނެ ފުރައްސާރަކޮށް މަލާމާތް ކުރާތީ ފެނުން، މީހުންގެ ޒާތީ ކަންކަމާއި ބެހި ފާޑު ކިޔާތީ ފެނުން.
• ހިނި ނުވަތަ ކުދިކުދި އެފަދަ ސޫފި
• ހުވަފެނުގައި ލޯ ފެނުން ނުވަތަ އެއްކޮށް ފޮރުވިގެން ތިބޭ އަންހެނުން ހުވަފެނުގައި ފެނުން
• އެމީހުނަކީ އެމީހުންގެ އެސްފީނާ ވަރުގަދަ ބައެއްކަމަށް ނުވަތަ އެމީހުންގެ އެސްފީނާ އެހެން މީހުނަށް ޖެހޭ މީހުން ކަމަށް މަޝްހޫރުކޮށް އެނގިފައިވާ މީހުން، ތިމާއާއި ދިމާއަށް، ތޫނު / ޙަސަދަވެރި / ނުރުހުމުގެ / އަނިޔާވެރި ނަޒަރަކުން ބަލާތީ ފެނުން. އަދި އެމީހުންގޭ ލޯ ނުބައި ސިފައެއްގައި ފެނުން.
• ގަބުރާއި މަރުވެފައި ތިބޭ މީހުން
• ތިމާއަށް ތިޔަހުރީ އެސްފީނާ ޖެހިފައޭ ބުނާއަޑު އިވޭ ހުވަފެން
• ތިމާއާއިމެދު ހަސަދަވާކަމަށް އޭނާގެ ޢަމަލާއި ބަހުގެ ސަބަބުން ޝައްކު އުފެދިފައިވާ މީހަކު ފެނުން
• އެސްފީނާގެ ވާހަކަ ނުވަތަ ޙަސަދައިގެ ވާހަކަ، ނުވަތަ އެދެކަމުގެ ވާހަކަ ނަންގަނެވިގެންވާ އާޔަތެއް ނުވަތަ އާޔަތްތައް

ބަޔާންވެ ދިޔަ ފަދަ ހުވަފެނެއް ފެނުނު ނަމަ ވެސް، އެހުވަފެންތައް ވެސް ހިމެނިގެން ދަނީ ނުރުހެވޭ ނުވަތަ ނުބައި ހުވަފެނުގެ ތެރޭގައެވެ. އެހެންކަމުން އެފަދަ ހުވަފެނެއް ފެނިއްޖެ ނަމަ ނުބައި ހުވަފެނެއް ފެނުމުން ޢަމަލު ކުރުމަށް ސުންނަތުގައި އައިސްފައިވާ ގޮތްތަކަށް ޢަމަލު ކުރާށެވެ. އޭރުން އޭގެ ގެއްލުން ނުފޯރައި މާތް ﷲގެ އިރާދަފުޅުން ރައްކާތެރިކަން ލިބިގެންދާނެ އެވެ.

ހަމަ އެހެންމެ ނިދާއިރު ވުޟޫކޮށް، ނިދާ އިރު ކިޔުމަށް އައިސްފައިވާ ޒިކުރު ތަކާއި ދުޢާތައް ކިޔުމަށް ޚާއްސަ ސަމާލުކަމެއް ދޭށެވެ. ޚާއްސަކޮށް އާޔަތުލް ކުރުސި ކިޔުމަށް ހަނދާން ކުރާށެވެ. މިފަދަ ހުވަފެނެއް ފެނިލާއިރަށް ބިރުން އުޅުމުގެ ބަދަލުގައި މިދެންނެވި ކަންކަން ހަނދާނުގައި ބަހައްޓައި ޢަމަލު ކުރަމާ ހިނގާށެވެ. އޭރުން މާތް ﷲގެ ރަޙުމަތާއި އެކު ސަލާމަތްކަން ލިބޭނެއެވެ.

މަސްދަރު: މައިތިރި.ކޮމް

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!