މައުލޫމާތު
ދަރަވަންދޫގައި އުޅުއްވި ބިބީ އާއި ބިބީގެ 40 ބޭފުޅުންގެ ވާހަކަ؛ ދަރަވަންދޫ ބިބީ ޒިޔާރަތް
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި ހުންނަ ބިބީ ޒިޔާރަތަކީ ދަރަވަންދޫގެ ދުވަސްވީ މީހުންނަށް ވެސް އަދި މިހާތަނަށް އޭގެ ހަޤީޤަތް ހޯދިފައިނުވާ އާސާރީ ބިނާއެކެވެ. ނަމަވެސް ގިނަ މީހުންގެ ދޫދޫމަތިން ކިޔޭ ފުލޯކް ވާހަކައެއްގެ ގޮތުގައި މި ވާހަކަ އައިސްފައިވާ ގޮތް (ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތަށް) ލިޔެލެވޭތޯ މަސައްކަތްކޮށްލާނަމެވެ.
ބިބީންނަކީ ކޮން ބައެއްކަން ތިޔައިން ބޭފުޅަކަށް އެނގިވަޑައިގަންނަވަނީ ކިހާ ވަރަކަށް ބާވައެވެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ބިބީންނަކީ ކުރީ ޒަމާނުގައި ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލުންގެ އަބިނކަބަލުންނަށް (ރާނީންނަށް) ކީ ނަމެކެވެ. ނިކަން ތާސްބަޔަށް ވިސްނައިވަޑައިގެން ބައްލަވާށެވެ! އެންމެ ފުރަތަމަ މަންނަ އެވެ. އެއީ ރަސްގެފާނެއެވެ. ދެން ބައިސާ އެވެ. އެއީ ވަޒީރެވެ. (ނުވަތަ ޕްރިންސެވެ.) ދެން ބިބީ އެވެ. އެއީ ރާނީ އެވެ. އެއަށްފަހު ގުލާމެވެ. ނުވަތަ ޣުލާމެވެ. އެއީ ޚާދިމުންނެވެ.(ނުވަތަ އަޅުންނެވެ.)
ދިވެހި ތާރީޚީ ފޮތްތަކުން އެނ6ގޭ ގޮތުގައި އެންމެ ފުރަތަމަ ރާއްޖޭގައި ވެރިކަން ކޮށްފައި ވަނީ ރ. އަތޮޅު ރަސްގެތީމުގައެވެ.
ރަސްގެތީމަކީ ރަސްގެފާނު ހުންނަވާ ރަށެވެ. އަދި އަނގޮޅިތީމަކީ (އަޅުގެތީމު) ރަސްގެފާނުގެ އަޅުން ބޭއިތިއްބި ރަށެވެ. ނަމަވެސް އޭރު ރަސްގެތީމުގައި މީހަކު އޮޅުކޮށްގެން ގެންގުޅުނު ބޮއް ދޫންޏެއް (މިހާރު ރާއްޖެއިން ވަރަށް މަދުންނޫނީ ނުފެންނަ އައިން މަތީ ދޫނީގެ ބާވަތެއް ކަމުގައިވާ މި ދޫންޏަކީ ބޯ ކުޑަ ކަޅު ވައްތަރެެއްގެ ދޫންޏެކެވެ.) މިދޫނީގެ ފަރާތުން އާދަޔާ ޚިލާފު ކަންތައްތަކެއް ރަސްގެފާނަށް ފާހަގަކުރެއްވިގެން، މި ދޫންޏާ ރަސްގެފާނު މާބޮޑަށް ހިތްޕުޅާ ހަމަކުރައްވައިގެން މިދޫނި ބައްލަވައިގަތެވެ. އެއަށްފަހު ރަސްގެފާނުގެ ހިތްޕުޅަށް އެރީީ ރަސްކަން ކުރެއްވުމަށް އެންމެ ރަނގަޅުވާނީ މި ދޫނި ދައްކާ ރަށެއްގައި ކަމަށެވެ.މި ޚިޔާލުފުޅުގައި ރަސްގެފާނު ފެއްޓެވި ދަތުރުފުޅުގައި އޮޑިކޮޅުން މި ބޮއް ދޫނި އުދުއްސައިލެއްވުމަށް ފަހު އެ ދޫނި ދަތުރުކޮށްފައި ދާ މަގަށް އޮޑިކޮޅު މިޞްރާބު ޖެހި އެވެ. މި ދޫނި އުދުހެމުން ގޮސް ތިރިކުރީ ކ. އަތޮޅުގެ މެދުތެރޭގައި އޮތް ބޮޑު ފިނޮޅަކަށް ކަމަށް ބުނެ އުޅެއެވެ. (އެއީ މިހާރު މި އޮތް ފުރަމާލެ އެވެ.) އޭރު އެ ފިނޮޅަކީ (މާލެއަކީ) ގިރާވަރު މީހުން މަސްވެރިކަމަށް ބޭނުންކޮށް އުޅޭ ބޮޑު ފިނޮޅެއް ކަމަށް ވެއެވެ.

ނަމަވެސް ރަސްގެފާނު ނިންމެވީ މި ފިނޮޅުގައި ރަސްކަން ކުރައްވާށެވެ. އެހެނަސް ގިރާވަރު މީހުން އެ ފިނޮޅުގައި މަސްވެރިކަން ކުރާތީ އެ ފިނޮޅާއި ފަޅުތެރެ ލެއިން ތަތްތެޅިފައި ހުރުމުން އެފިނޮޅަށް ”މާލެ” މި ނަން ދެވުނުކަމަށް ވެއެވެ. އަދި މާލެއާ ޖެހިގެން އޮންނަ ފިނޮޅަށް ހުޅުލޭގެ ނަންދެއްވައި ހުޅުލޭގައި ރަސްގެފާނުގެ އަޅުން ތިބޭ ރަށެއް ކަމުގައި ހަމަޖެއްސެވީކަމަށް ވެއެވެ. މިއީ ކުރުގޮތަކަށް އެކި އުޅަނދުފަހަރު މާލެ ދަތުރުކުރާ އިރު ދަތުރު ދެބައިކުރާ ބަނދަރަކަށް ބަލައި އުޅޭ ރަށެކެވެ. އެއީ އޭރުގެ މީހުން ކިޔާ ގޮތުން ނަމަ ކަނޑުމޫނު ރަށެކެވެ.) ބުނެވޭގޮތުގައި އޭރު ދަރަވަންދޫ އަކީ ވެސް ފަޅުރަށެކެވެ. ރާނީ އެ ކަމަނާގެ 40 ބޭފުޅުންނާއެކު އޮޑިކޮޅު ބަނދަރުކުރެއްވީ ދަރަވަންދޫގެ ހުޅަނގު ދެކުނު ފަރާތުން (މިހާރު) ބިބީ ޒިޔާރަތް ހުންނަ (ބަނޑަހަ) މަގާ ދިމާ އަށް ކަމަށްވެއެވެ. އެ މަގަށް ބަނޑަހަ މަގު ކިޔުނީ ކުރީ ޒަމާނުގައި މަސްވެރިކަން ކުރަން އައިސް ތިބޭ މީހުން ބަނޑަހަ ޖަހައިގެން ތިބެނީ އެ މަގުގައި ކަމަށްވާތީ ކަމަށްބުނެއުޅެއެވެ.

ރާނީ އެ ކަމަނާގެ 40 ބޭފުޅުންނާ އެކު މި ރަށުގައި މަޑުކުރެއްވީ މޫސުން ގޯސްވެ ކަނޑުދަތުރު ކުރެވޭ ވަރަށް ވުރެ ކަނޑުގަދަވީމައެވެ. އެ މަޑުކުރެއްވުމުގެ ތެރޭގައި ރާނީގެ ބޭފުޅުންނަށް ބަލިމަޑުކަމެއް ލައިގަތްކަމަށްވެއެވެ. ކާބޯތަކެތި ހުސްވުމާއެކު މި ބަލިމަޑުކަމުގެ ތެރޭގައި ރާނީގެ ބޭފުޅުންކޮޅު އަވަހާރަވާން ފެށިއެވެ. ބޭފުޅުން އަވަހާރަވަމުން ގޮސް އެންމެ ބޭފުޅަކަށްވުމުން ރާނީ އޮޑިކޮޅާއިގެން މި އަތޮޅުން ދަރަވަންދޫގެ ހުޅަނގު އުތުރުން އޮންނަ ފަޅު ރަށެއް ކަމުގައިވާ މުއްދޫ (މިހާރު ހަދަމުން އަންނަ ރިސޯޓެއް) އަށް ވަޑައިގަތީ ކަމަށް ވެއެވެ. މުއްދުއަށް ވަޑައިގަތް މި ދަތުރުފުޅު މަތީގައިި އެންމެ ފަހު ބޭފުޅާ ވެސް އަވަހާރަވުމުން ގަބުރުން ކުނިވަސްދުވާތީ އެ ވަސް ކެނޑުވުމަށްޓަކައި މުއްދޫން ދޮން ކަށިކެޔޮ ކަނޑުއްވައިގެން އޮޑިކޮޅަށް އެރުވިކަމަށްވެއެވެ. އަދި އޮޑިކޮޅަަށް ކަށިކެޔޮތައް ލައްވައިގެން ދަރަވަންދުއަށް މި އޮޑިކޮޅު އެނބުރި އައެވެ.

ދަރަވަންދުއަށް ވަޑައިގެން އަވަހާރަވެފައިވާ އެންމެ ފަހު ދަރިކަލުންނާއެކު ރާނީގެ 40 ބޭފުޅުން ދަރަވަންދޫ ބަނޑަހަ މަގުގައި (މިހާރު ބިބީ ޒިޔާރަތް އެ ހުރި ތަނުގައި) ވަޅުލެއްވީ އެވެ. އަދި އޭގެ ފަހުން އެ ތާނގައި އޮންނަވައި ރާނީ ވެސް އަވަހާރަވީ ކަމަށްވެއެވެ. މި ތަނަށް ބިބީ ޒިޔާރަތޭ ކިޔުނީ އެހެންވެގެން ކަމަށް ބެލެވެއެވެ. އަދި މިތަނަކީ އީޓު ޖަހައިގެން ހިޔާ ކޮށްފައިވާ ކުޑަކުޑަ ގެއެވެ. ދިގުމިނުގައި ގާތްގަނޑަކަށް 5 ފޫޓް، ފުޅާމިނުގައި (2/1 2) ދެފޫޓުބައި ހުރެފައި މެދަށް އުސްކޮށް ދެފުރާޅަށް ހިޔާކޮށްފައި ހުންނައިރު އުސް ދިމާ ގައި 3 ފޫޓު ހުންނަ ވަރުގެ ކުޑަކުޑަ ގެއެކެވެ. މި ތަން ހުންނަނީ ދަރަވަންދޫ ޤަބުރުސްތާނުގެ ހުޅަނގުގައެވެ. ޤަބުރުސްތާނު (ސަހަރާ) ހުންނަ މަގުގައެވެ. ނަމަވެސް މިހާރު މިތަން ހިޔާކުރުމަށް ޖަހައިފައިވާ އީޓުތަކެއް ވެސް ފެންނާކަށްނެތެވެ. އަދި މިތަން މިހާރު ހުންނަނީ ވަރަށް ހާމަޔަށް ފެންނާށެވެ. ވީރާނާވެފައެވެ.

ދަރަވަންދޫގެ ދުވަސްވީ މީސްމީހުންގެ ދޫދޫމަތިން އެނގޭ ގޮތުގައި އޭގެ ފަހުން ބ.މުއްދޫގައި ހުންނަ ކަށިކޭލުން (ފާވާ ވަރަަށް ދޮންވިޔަސް) ދޮންވަސް ނުދުވާކަމަށް ވެއެވެ. ވަރަށް ފަހުން ވެސް ދަރަވަންދޫ ބަޔަކު މުއްދުއަށް ގޮސް އެ ރަށު ކަށިކޭލުން ވަސް ބެލިކަމަށް ބުނެއުޅެއެވެ. އަދި މިހާރުވެސް އެރަށުގެ ކަށިކޭލުން ދޮންވަހެއް ނުދުވާކަމަށް ބުނެއުޅެއެވެ.

މިއީ ތުންތުން މަތިން ދެކެވޭ ވާހަކަ އެވެ. މި ކަމުގެ ޙަޤީޤަތް ތާރީޚީ ލިޔުމަކުން އެނގޭކަށް ނެތެވެ. އަދި ”ބިބީ ޒިޔާރަތް” މީ ކޮން ތަނެއްގައި ހުންނަ ކޮން ކަހަލަ ޒިޔާރަތެެއް ކަމެއް ވެސް ދިވެހި ތާރީޚީ ހޯދުންތަކުން ހޯދިފައެއްނެތެވެ. މިއީ ޔޯލަޔޯލަ ވާހަކައެއްގެ ގޮތުގައި ކުރީ ޒަމާނުއްސުރެން ފެށިގެން ދެކެވެމުން އަންނަ ވާހަކައެކެވެ.

އެހެންނަމަވެސް މި ޒިޔާރަތް ކޮންމެވެސް ސިފައެއްގައި އަދިވެސް މި ރަށުން ފެންނަން އެބަހުއްޓެވެ. އަދި އެ ތަނުގައި މަހާނަތަކެެއްގެ ނިޝާންތައް ވެސް ފެންނާން އެބަ ހުއްޓެވެ. ތާރީޚީ ގޮތުން އަދި މި ޒިޔާރަތް ޙިމާޔަތްކުރާނެ ފަރާތެއް ނެތެވެ. ސަބަބަކީ އޭގެ ޙަޤީޤަތް އަދި މިހާތަނަށް ހޯދިފައި ނުވާތީކަމަށް ވެދާނެ އެވެ. މިއީ ވެސް ކޮންމެވެސް ޒަމާނެއްގައި ހިނގައިފައިވާ ހާދިސާއެއް ކަމަށްވުން އެކަށީގެން ވެއެވެ. ދިރިއުޅުނު ބަޔަކަށް ވެސް ވެދާނެ އެވެ. މިހާރުގެ މީހުންނަށް ނޭނގުނު ނަމަވެސް ކޮންމެވެސް އިރެއްގައި އެ ތަނުގައި، “ކަމެއް” ހިނގައިފައި ވާކަން އެ ތަނުން ވެސް ރަމްޒުކޮށްދެއެވެ. އެ ޒިޔާރަތަކީ އެ ކަމުގެ ހެތްކަކަށް ފުދެއެވެ.

އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މި ފަދަ ޤަދީމީ އާސާރީ ބިނާތައް ތާރީޚަށްޓަކައި ދަމަހައްޓައި، ރަމްޒީގޮތުން ނަމަވެސް ރައްކާތެރިކޮށް ބެލެހެއްޓުމަކީ މިއަދު ހަމަ ކޮންމެ ދިވެހި ފަރުދެއްގެ މަސްއޫލިއްޔަތެއްކަމުގައި ނުވާނެތޯއެވެ؟

(ނޯޓް: މިއީ ބ.ދަރަވަންދޫ އަޙްމަދު ނާފިޢު، ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ސާފު ނަކަލެކެވެ.)

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޖާބެ

    ފުރުހަމަ ސަރުކާރު އަދި އަތޮޅު ކައުންސިލް ފެންވަރުގަ މިކަހަލަ ތަންޔަން ދެނެގަންނަންޖެހޭ މިއީ ތާރީޙް ދިރާސާ ކުރާ މީހުންނައް އަދި ފަތުރުވެރިންވެސް މިތަންތަނުގެ މައޫމާތު ބޭނުންވާނެ