ލައިފްސްޓައިލް
ގްރޭޑް 1 އަށް ދަރިފުޅު ތައްޔާރު ކުރުން، ޒިންމާ ބޮޑު އެކަމަކު މަސަތްކަތްކޮށްފިނަމަ ނަތީޖާ ފެންނާނެ ކަމެއް

މިއީ ގިނަ ބެލެނިވެރިންނަށް އަތުން ދޫކޮށްލެވޭ ވަރަށް ބޮޑު ޒިންމާއެކެވެ. ދަރިފުޅުގެ ޕްރީ ސްކޫލް މަރުހަލާގެ ވާހަކަ އެކެވެ. މި މަރުހަލާގައި، ގިނަ ބެލެނިވެރިންނަށް ވިސްނިފައި އޮންނަ ގޮތުގައި މާބޮޑު މަސަތްކަތެއް ނުކުރިއަސް އެންމެ ރަނގަޅެވެ. އެކަަމަކު އެއީ ކުށްހީއެކެވެ. ހަމައެކަނި ސްކޫލުގައި އެހޭދަކުރާ މަދު ވަގުތު ކޮޅަކުން ކުއްޖާ އަށް ހަގީގަތުގައި އަސްލު އެނގެންޖެހޭ މިންވަރަށް ދަސްވާނެކަން ވިސްނައިގެން ނުވާނެއެވެ. ސްކޫލުގެ ކްލާހެއްގައި، އެތައް ބައިވަރު ކުދިންގެ ތެރޭގައި ތިމާގެ ދަރިފުޅަށް ހާސިލްވެފައި، ހާސިލްވަމުން ދަނީ ކޯއްޗެއްތޯ އަދި ކިހާ މިންވަރަކަށްތޯ އަބަދުވެސް ވަރަށް ކައިރިން ބަލަންވާނެ އެވެ. ފައުންޑޭޝަން މަރުހަލާ ނިމޭއިރު ތިމާ އަމިއްލަ އަށްވެސް ދަރިފުޅަށް ދަސްވެފައިވާ މިންވަރާއި ފެންވަރު ބަލާލާށެވެ. ދަރިފުޅު ގްރޭޑް 1 އަށް ބަދަލުވާއިރު ކިޔަވައިދިނުމުގެ މިންގަނޑަަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ސްކޫލުގައި ހޭދަކުރާ ވަގުތުވެސް ގިނަވާނެ އެވެ. ގެންދަންޖެހޭ ފޮތްތައްވެސް ގިނަވާނެއެވެ. ދުރާލައި، ވަގުތު އޮއްވައި ދަރިފުޅު މި ކިޔައިދިން ކަންތަކަށް އަހުލުވެރި ކުރުވައި، ތައްޔާރު ކުރާށެވެ.

ފައުންޑޭޝަން މަރުހަލާ ނިމި ގްރޭޑް 1، ކުދިންނާ ބައްދަލުވާއިރު ގިނަ ކުދިންގެ ފެންވަރު އިސްލާމް، ދިވެހި އަދި ގުރުއާން މާއްދާ އިން ދަށްކޮށް ހުންނަ ވާހަކަ އަޑު އިވެއެވެ. މި ލެވެލްގައި ހުރެ ކުދިންގެ ގްރޭޑް މަތިވުމުން އިތުރަށް ކުދިންގެ ފެންވަރު ދަށްވެގެންދެއެވެ. ވީމާ، އަޅުގަނޑުމެން ބެލެނިވެރިން އަބަދުވެސް މަސަތްކަތް ކުރަންވީ ފައުންޑޭޝަން ނިމި ކީސްޓޭޖް މަރުހަލާ އަށް ކުއްޖާ ދިއުމުގެ ކުރިން ދިވެހި އަދި ގުރުއާން މާއްދާ އަށް އަށް ބޮޑަށް މަސަތްކަތްކޮށް މި ދެ މާއްދާ އަށް ކުއްޖާ އަހުލުވެރިކުުރުމުގެ މަސަތްކަތް ކުރުމެވެ. ޕްރީ ސްކޫލް މަރުހަލާގައި ވީހާވެސް ބޮޑަށް އަޅާލައިގެން ނޫނީ ގްރޭޑް 1 އަށްދާއިރު ކުއްޖާގެ ފެންވަރު ހުންނަންޖެހޭ މިންގަނޑަށް ނުދާނެ އެވެ. ގިނަ ކުދިން އެންމެ ކުޑައިރުންސުރެ ޓެބްލެޓާއި ފޯނާއި ގާތްކުރުމުގެ ނަތީޖާ އަކީ މިއަދުގެ ކުޑަކުދިން ކިޔެވުމަށްދޭ ޝައުގުވެރިކަން ދަށްވުމެވެ. މިއީ ވަރަށް ދެރަ އަދި ހިތާމަހުރި ކަންތަކެވެ. މިފަދަ ކަންތަކަށް ސަމާލުވަމާ ހިނގާށެވެ.

ގިނަކުދިންގެ އަތުލިއުމުގެ ފެންވަރުވެސް އެހާ ދަށެވެ. ދިވެހި ލިޔުމެއް ކިޔަންވެއްޖެ ނަމަ ކުދިން އެހާ ފޫހިވެއެވެ. ނަތީޖާއަކަށްވަނީ ގްރޭޑް މަތިވަމުންދާ ވަރަކަށް ކުދިންގެ ފެންވަރު އިތުރަށް ދަށްވެ ގިނަކުދިންގެ ހިތްތަކުގައި ދިވެހި އަދި އިސްލާމް މާއްދާ އަށް އޮންނަ ޝައުގުވެރިކަން ގެއްލިގެން ދިއުމެވެ. ދިވެހި ބަހަކީ އަޅުގަނޑުމެންގެ އަމިއްލަ ބަސް ކަމަށްވެފައި އެ ބަހަށް އަޅުގަނޑުމެންގެ ދަރިން ދަށްވެގެން ދިއުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ.

ގުރުއާން ކިޔަވަން ނޭނގި ދަރިން ގުރުއާނާއި ދުރަށް ދިއުމަކީ އެންމެ ތުއްތުއިރު ދޭންވާ ސަމާލުކަން ނުދެވި ދިއުމުގެ ސަބަބުން ދިމާވާ ކަމެއް ކަން ބެލެނިވެރިން ގަބޫލު ކުރަންޖެހެ އެވެ. ދަރިފުޅުގެ ޕްރީ ސްކޫލު މަރުހަލާއިން ފެށިގެން ދަރިފުޅުގެ ކިޔެވުމުގައި ބައިވެރިވެ އެކުދިންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގޭތެރެއިން ފެށިގެން މަސަތްކަތް ކުރަންވާނެ އެވެ. މިއީ ބުރަ މަސަތްކަތްތަކެވެ. އެހެންނަމަވެސް، ހިތްވަރާއެކު ދަރިފުޅަށް އަޅާލައި ގްރޭޑް 1 އަށްދާއިރު ދިވެހި ބަހުން ފަސޭހަކަމާއެކު ލިޔަން ކިޔަން އެނގި ގުރުއާން ބަލައިގެން ކިޔަން އިނގޭ ވަރު ކުރަންވާނެ އެވެ. އެ ފެންވަރަށް ކުއްޖާ ގެނެވިއްޖެނަމަ ކީ ސްޓޭޖު 1 މަރުހަލާ ނިމޭއިރު ދަރިފުޅުގެ ފެންވަރު ދަށްވެގެން ވިސްނާކަށް ނުޖެހޭނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުވަހުން ދުވަހަށް ދެވޭ ހޯމް ވޯކްތައް ދަރިފުޅު އަމިއްލަ އަށް ނިންމާލުމުގެ ގާބިލުކަން ދަރިފުޅު ގައިގައި ހުންނާނެ އެވެ.

މިހެންބުނި ކަމުގައިވިޔަސް ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެކި ކުދިންގެ ފެންވަރު ހުންނާނީވެސް އެކިވަރުގަ އެވެ. ބެލެނިވެރިޔަކު ކިތަންމެ މަސަތްކަތްކުރި ކަމުގައިވިޔަސް ބައެއް ކުދިންގެ އުނގެނުމުގެ ފެންވަރު ދަށްވެދާނެ އެވެ. އެއީ މާބޮޑު މައްސަލައެއް ކަމުގައި ނުބަލައި އަބަދުވެސް ދަރިފުޅުގެ ކުރިއެރުމަށް މަސަތްކަތް ކުރާށެވެ. އިންޝާﷲ ކާމިޔާބުވާނެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!