ރިޕޯޓް
ސޮބްރީ: ލޭ ބޭނުންވާ އެތައް ބަޔަކަށް އުއްމީދުދޭ ދަރުމަވެރިޔާ، 32 އަހަރުގެ ހިދުމަތުގައި 95 ފަހަރު ވަނީ ލޭ ހަދިޔާ ކޮށްފައި!

(ހަށިގަނޑުގައި ހުންނަ ރެޑްބްލަޑް ސެލްސްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ ދައުރު އަދާ ކުރާނީ ‘ހީމޮގްލޮބީން’ ކިޔާ ޕްރޮޓީންއަކުންނެވެ. މިމާއްދާ ހަށިގަނޑުގައި އުފައްދާ މިންވަރު ދަށް ވުމުން ހީމޮގްލޮބީން ނުވަތަ އެޗްބީ ދަށްވެއެވެ. މި އެޗްބީ ދަށްވުން ހަށިގަނޑަށް ލޭ ބޭނުންވެއެވެ. މި ގޮތަށް ލޭ ބޭނުން ވުމަކީ މިކިޔާ “ތެލެސީމިޔާ” އެވެ. މިއީ އިންހެރިޓެޑް ބްލަޑް ޑިސްއޯޑަރ އެކެވެ.

ކުއްޖަކު ތެލެސީމިއާ މޭޖާ ނުވަތަ ލޭއަޅަން ޖެހޭ ކުއްޖަކަށް މިވަނީ ކުއްޖާގެ އުފަން މަންމައާއި ބައްޕަ ތެލެސީމިއާ ބީޓާ ކެރިއަރުންނަށް ވުމުންނެވެ. މަންމައާއި ބައްޕަގެ ފަރާތުން، ބީޓާ ވާ ޖީން ގެ ދެކޮޕީ، (މާނައަކީ ފަރާތަކުން އެއް ކޮޕީ) އެކުވެގެން އުފެދޭ ކުއްޖާ މިވަނީ ލޭއަޅަން ޖެހޭ “ތެލެސީމިއާ” ކުއްޖަކަށެވެ.)

ތެލެސީމިއާ ކުއްޖެއްގެ ދިރިއުޅުން ބިނާވެފައި އޮންނަނީ ކޮންމެ ފަހަރަކު އަޅަން ޖެހޭ ލޭގެ މައްޗަށެވެ. ތެލެސީމިއާ ކުއްޖާއަށް މި ލޭ ނުލިބިއްޖެ ނަމަ ދުނިޔޭގެ ދިރިއުޅުމުން މަހުރޫމުވާން ޖެހިދާނެއެވެ. މިއީ ހިތްދަތި ހާލަތެކެވެ. އަދި މި ހިތްދަތި ހަޔާތުގެ، ކަނިލާ އުއްމީދުގެ ހުޅުކޮޅު ނިވުނަނުދީ ދިއްލާލަދޭ ބައްތީގެ ތެެޔޮފޮދަކީ، ބޮޑު އެހީތެރިއަކީ ލޭ ހަދިޔާކުރާ މީހުންނެވެ. އަދި އެ މީހުންގެ ތެރެއިން ހާއްސަ އެކަކު މިކަމަށް ހުންނަ ކަމުގެ ޔަގީންކަމަކީ ތެލެސީމިއާ ކުއްޖެއްގެ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފަލެވެ.

މިކިޔައިދޭން އުޅެނީ އެފަދަ އިންސާނެއްގެ ވާހަކައެވެ. އެއްވެސް ޝަރުތެއް ނެތި އެއްވެސް އަގަކާ ނުލައި ތެލެސީމިއާ ކުދިންނަށް ލޭ ދިނުމުގައި އަދި ލޭ ހޯދައިދިނުމަށް އެހީވުމުގައި އުމުރުގެ ބައްތިރީސް އަހަރު ހޭދަކޮށްފައިވާ އަދިވެސް ހޭދަކުރަމުންދާ ފަރާތެކެވެ.

އައްޑޫސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ލޭ ނުލިބިގެން ބީރައްޓެއްސަކު އޮތަސް، މި މީހާގެ ނަންބަރު ލިބުމުން ލޭ ލިބޭނެ ކަމުގެ ޔަގީންކަން ލިބުނީއެވެ. އޭ ޕޮޒިޓިވް ލޭ ބޭނުންވާ ނަމަ އަމިއްލަ އަށް ލޭ ދޭން އަންނާނެ ކަމަށް އެ ނަންބަރުން ބުނެއެވެ. އެ ނޫން ގްރޫޕެއްގެ ލޭ ނަމަ އެ ލޭ ލިބޭނެ އިންތިޒާމު ހަމަޖައްސަދިނުމުގައި އަވަސްވެގަނެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ، ބިންބިމާގޭ، އަލްމަރުހޫމު އަހުމަދު އިބްރާހީމާއި އައިޝަތުދިޔެގެ ދަރިފުޅު، 49 އަހަރުގެ އިބްރާހީމް ސޮބްރީ

އައްޑޫސިޓީގެ ހޮސްޕިޓަލަށް ގޮސް ލޭ ބޭނުންވާ ކޮންމެ ފަރާތަކުންވެސް އެހީއަކަށް އެދި އެންމެ ފުރަތަމަ ގޮވާލެވެނީ މިނަމުންނެވެ. އައްޑޫ ސިޓީގެ ހިތަދޫ، ބިންބިމާގޭ، އަލްމަރުހޫމު އަހުމަދު އިބްރާހީމާއި އައިޝަތުދިޔެގެ ދަރިފުޅު، 58 އަހަރުގެ އިބްރާހީމް ސޮބްރީ އަށް އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ލިޔުން 2007 ވަނަ އަހަރު ވަނީ ލިބިފައެވެ. މިއީ ސޮބްރީގެ ވާހަކައެވެ.

މިނިމުނު ރަަމަޟާން މަހު ސޮބްރީ ފާހަގަ ކުރީ 95 ވަނަ ފަހަރު ލޭ ހަދިޔާ ކުރެވުނުކަމުގެ އުފަލެވެ. ހިލޭ ސާބަހަށް ﷲގެ މަގުގައި ކުރާ ހޭދައެއްގެ ގޮތުން އިންސާނީ މި ހިދުމަތް ސޮބްރީ ކުރަން ފެށީ 1992 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިވީ 32 އަހަރު ތެރޭގައި ސޮބްރީ މިވަނީ 95 ފަހަރު ލޭ ހަދިޔާ ކޮށްފަައެވެ. އަދި މިވީ ދުވަސްތަކުގެ ތެރޭގައި 2190 އަށްވުރެ ގިނަ ފަހަރު ތަފާތު އެކި މީހުންނަށް އެކި ކަންކަމުގައި ސޮބްރީ ވަނީ ލޭ ހޯދައިދީފައެވެ.

ސޮބްރީ ލޭ ދިނުމުގެ ތެރެއަށް ވަދެވުނު ގޮތާއި އޭނާގެ މި ހިދުމަތް ފެށިގެން ކުރިއަށް ދިޔަ ގޮތް

ސޮބްރީގެ ގެ ހުންނަނީ އޭރުގެ އައްޑޫ ރީޖަނަލް ހޮސްޕިޓަލު ކުރިމަތީ އޮންނަ މަގުގައި، ހޮސްޕިޓަލާ ވަރަށް ކައިރީގައެވެ. އެއީ 1992 ވަނަ އަހަރުގެ ދުވަހެކެވެ. ހޮސްޕިޓަލުގައި އޮތް ތެލެސީމިއާ ކުއްޖަކަށް ލޭ ނުލިބިގެން އުޅެނިކޮށް ސޮބްރީ އެ ކުއްޖާއަށް ލޭ ދޭން ދިޔައެވެ. އެންމެ ފުރަތަަމަ ފަހަރު ވަރަށް ޖެހިލުންވިކަން ހަނދާންކޮށްލަމުން ސޮބްރީ ބުނީ އެރޭ ކަންދިމާކުރި ގޮތުން ލޭ ދޭން ނުޖެހުނު ނަމަވެސް މިކަމަށް ފާލަން އެޅުނީ އެރެ އެވެ.

“އޭރު އިންޖެކްޝަން ސިރިންޖު ކަށި ފެނުނީމަ ވަރަށް ބިރުގަނެ ޖެހިލުންވޭ. އެކަމަކު މިހާރު މިއީ އެއްވެސް ކަމެއް ނޫން،”

ސޮބްރީ ލޭހަދިޔާ ކުރާތާ32 އަހަރުވީއިރު 95 ފަހަރު ވަނީ ލޭދެވިދައު

އޭގެ ފަހުން، ކަނޑުމަގުން، ހޮސްޕިޓަލަށް ގެނެސްފައި އޮތް ހާލުދެރަ އަންހެނަކަށް ލޭ ނުލިބިގެން އެ އަންހެންމީހާގެ ފިރިމީހާއާއި އޭރު ރަށު ހޮސްޕިޓަލުގައި ހުންނެވި ޑޮކްޓަރު، އަބްދުﷲ ސައީދުގެ އެދިލެއްވުމަށް ލޭ ދިން އިރު އުމުރުގެ ބާކީ އޮތް ބައިގައި މިކަން ކުރާނޭ ކަމަކަށް ސޮބްރީ ހިއެއް ނުކުރެއެވެ. ސިރިންޖު ކަށި ދެކެ ވަރަށް ބޮޑަށް ބިރުގަންނާތީ މިކަމަކީ ދިރިއުޅުމުގެ ބަޔަކަށް ވެދާނެކަމަކަށް ސޮބްރީ ހިއެއް ނުކުރެއެވެ.

“ދުވަހަކުވެސް ނުދޭތީވެ ވަރަށް ބިރުގަތް. އޭރު ކަށި ފެނުނަސް ބިރުގަނޭ. ކްރޮސްމެޗް ދިމާވުމުންވެސް ފުރަތަމަ ނުކެރޭނެއޭ ބުނެވުނީ. އެކަަމަކު އެ ދެމައިންގެ ފުރާނަ ސަލާމަތްކުރެވެން އޮތީ ލޭ ދިނުމުންކަން އެނގުމުން ހިތަށް އެރީ ﷲ އަށްޓަކައި މިކަން ކުރާނީއޭ. އަނެއްކާ އެގޭ މީހުންވެސް ވަރަށް ހިތްވަރުދީ އެއްބާރުލުން ދީގެން ލޭ ދިނީ. ލޭ ދިނުމުން އެއްވެސް މައްސަލައެއް ދިމާނުވުމުން ދެން ބިރުކެނޑި، ޖެހިލުންވުން ކެނޑުނީ،” އެއީ ފެށުމެވެ. އަދި ދެން އައީ ސޮބްރީ މިއީ އޭނާގެ ދިރިއުޅުމުގެ އެންމެ ފުރަތަމަ އަދި އެންމެ ހާއްސަ ކަމުގެ ގޮތުގައި ނިންމުނު ފަހަރެވެ.

އޭގެ ކުޑަދުވަސްކޮޅެއް ފަހުން އައްޑޫސިޓީ މަރަދޫ ހަމްދޫން ނާސިރު ނަމަކަށް ކިޔާ ތެލެސީމިއާ ކުއްޖަކަށް އޭޕޮޒިޓިވް ލޭ ބޭނުންވާ ކަން އެނގުމުން  ސޮބްރީ އެ ކުއްޖާއަށް ލޭ ދިނެވެ. ބިރު ކެނޑުނީއެވެ. އިހުސާސް ކުރެވުނީ ރޫހާނީ އުފާވެރިކަމެކެވެ. ހިތަށް އެރީ މިއީ އިންސާނިއްޔަތަށް ކޮށްދެވޭ ވަރަށްވެސް ބޮޑު ހިދުުމަތެއް ކަމެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ހަމްދޫން ނާސިރަށް ލޭ ދިނުމުގައާއި ލޭހޯދައިދިނުމުގައި އުޅެނީ ސޮބްރީއެވެ. އަމިއްލަ ކަމެއް ފަދައިންނެވެ އަމިއްލަ އާއިލާ ފަދައިންނެވެ. އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން ސޮބްރީގެ އެހީތެރިކަމާއެކު ހަމްދޫނަށް ލޭ ލިބެމުން އަންނަ އިރު މިއަދު ހަމްދޫނަކީ ޒިންމާދާރު ފިރިއެކެވެ. ހަމްދޫނާއި ހަމްދޫނުގެ މަންމަ ސޮބްރީގެ މި އެހީތެރިކަމަށް އިންތިހާއަށް ޝުކުރުވެރިވެއެވެ.

ސޮބްރީ ލޭ ހަދިޔާކުރާތާ މިހާރު 32 އަހަރު ވަނީ ވެފައި —

މިވީ ބައްތިރީސް އަހަރު ތެރޭ ލޭ ދިނުމުގެ މި ހިދުމަތަށް އެހެން މީހުން، ހާއްސަކޮށް ޒުވާނުން އަހުލުވެރި ކުރުމަށް ސޮބްރީ ވަރަށް މަސައްކަތްވެސް ކުރެއެވެ.

“ހެލްޕްސައިޑް” ކިޔާ ކުޑަ ފިހާރައަކާއި “ހޮޓް ބޮކްސް” ކިޔާ ކެފޭ އެއް ހިންގާ ސޮބްރީއަކީ އިންސާނިއްޔަތަށްޓަކައި އަމިއްލަ ދާ އޮހޮރުވާ ‘ދަރުމަވެރިއެކެވެ.’ އައްޑޫސިޓީގެ އެތައް ބައެއްގެ ހިތްހަމަޖެހުމާއި ޔަގީންކަމެވެ. ތެލެސީމިއާ ކުދިންތަކެއްގެ އެންމެ އުއްމީދުގެ އަލިކަމެވެ. އެތައް ތެލެސީމިއާ ކުދިންނެއްގެ ބެލެނިވެރިންގެ އެހީތެރިޔެކެވެ. ލޭ ބޭނުންވާ މީހުންގެ ގާތް ރަހްމަތްތެރިޔެކެވެ. ހިތްހެޔޮ އޯގާތެރި އެހެންމީހުންނަށް އަޅާލައި ލޯބިދޭ އަދި އެތައް އެތައް ބައެއްގެ ލޯތްބާއި ހެޔޮދުއާ ލިބެމުންދާ ސޮބްރީ ބޭބެއަކީ ހާއްސަކޮށް ތެލެސީމިއާ ކުދިންގެ އެންމެ ހެޔޮއެދޭ އެހީތެރިޔާއެވެ.

“ހުވަދޫމީޑިޔާ”ގެ މުޅިޓީމުން އެދެނީ ސޮބްރީގެ އުމުރު ދިގުކުރައްވައި ދުޅަހެޔޮ ސިއްހަތަކާއި ފަހި ފާގަތި، ހަމަޖެހޭ އުފައުވެރި، މުސްތަގުބަލެއް މިންވަރު ކުރެއްވުމެވެ. ހަމަމިއާއެކު ހުވަދޫމީޑިއާ އިިން ސޮބްރީގެ 95 ވަނަ ލޭ ހަދިޔާ ކުރުމަށް ތަހުނިޔާއާއެކު މި ދަރުމަވެރި ހިދުމަތަށް ސެލިއުޓެއް ނަގަމެވެ!

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ސަޅި

    ތީހަމަ ހަގީގީ ވާހަކައެއް ވަރަށް އޯގާތެރި މީހެއް