ޚަބަރު
އަޕްގްރޭޑިންގ މަސައްކަތަކަށް މިއަދު ވަގުތުކޮޅަކަށް މާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދު މެންދުރުފަހު މާލެއިން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލެ މައްޗަންގޮޅީގެ ބައެއް ސަރަހައްދުތަކުން ދެގަޑިއިރަށް ކަމަށެވެ.

އެގޮތުން މައްޗަންގޮޅީގެ އަތަމާގޯޅި، ޝަހީދު ކުޑަނެވިތުއްތުމަނިކު ހިނގުން، މަޖީދީމަގު، ދިލްބަހާރުމަގު، ޝަހީދުއަލީ ހިނގުން، ދިލްބަހާރު ގޯޅި އަދި ސައްޔިދުކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ މިއަދު މެންދުރު 14:00 އިން 16:00 އާ ދެމެދުގެ ވަގުތު ތަކުގައެވެ.

ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!