ޚަބަރު
މޫސުން ގޯސްވެ މާލޭގެ މަގުތަކުގައި ތިބި ގަސްތައް ވެއްޓެމުންދާތީ ސަމާލުވުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެރި އަދި އިމާރާތްކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައިހުރި ފެންސްތައް ވަޔާ ވެއްޓެމުންދާތީ ސަމާލުވުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓު ވެސް ނެރެފަ އެވެ. މެޓް އޮފީހުން ބުނީ މިރޭގެ 12:00 އާއި ހަމައަށް ބ. އަތޮޅުން އައްޑޫގެ ރަށްތަކުގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވެސް އެ އިދާރާއިން ލަފާކުރި އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިގެންދާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި  ބޯކޮށް ވާރޭ ވެހި ކަނޑު ގަދަވާނެކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ.

‏މިގޮތުން މީހުން ދިރިއުޅޭ އުސް އިމާރާތްތަކުގެ މަތިން ވެސް ވަޔާ އެއްޗިހި ނުދާނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށާއި ކުޑަދޮރުތައް ވެސް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށާއި، އަދި ހަމައެހެންމެ ކަނޑުދަތުރު ކުރެއްވުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ވެސް ވަނީ  އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން ދާ އެޕޯލޯ ޓަވަރުގެ ސްކެފޮލްޑިން ހަލާކުވެ އޭގެ ބައިތައް ވަޔާ ނެއްޓުމުން ފުލުހުން ވެސް ވަނީ ސަމާލުވެތިބުމަށް އިލްތިމާސްކޮށްފި އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!