ޚަބަރު
ވެލާނާ އެއާޕޯޓުން ހޯސްޓް ކުރާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުން އިއުލާނު ކޮށްފި

ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މި އަހަރު ރާއްޖޭގައި ބާއްވާ އެއަރ ސާވިސް ވޯލްޑް ކޮންގްރެސް 2024ގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން 7 ގިންތިއަކުން ކޮންގްރެސް ބޭއްވުމުގެ އެކިކަންކަމުގައި އެހީތެރިވުމަށް ޕާޓްނަރުންނާއެކު އެމްއޭސީއެލްއިން ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން މި އިވެންޓް، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި ބެހޭ ވުޒާރާއިން އެންޑޯސްކޮށްފައިވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ދެ ޖަމިއްޔާ ކަމައްވާ މަޓީ އަދި މަޓާޓޯ އިންވެސް ވަނީ މި ހަރަކާތް އެންޑޯސްކޮށްފައެވެ.

އެއަރ ސާވިސް ވޯލްޑް ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގައެވެ.

މިއީ އޭވިއޭޝަން ދާއިރާއިން، ބައިނަލްއަގްވާމީ، މިފަދަ ޝަރަފްވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމްމިކޮންގްރެ ޝަރީފްސް ވިދާޅުވީ މި ކޮންގްރެސް އަކީ ރާއްޖޭގެ ސަޤާފަތް ދުނިޔެއަށް ދައްކާލުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއް ކަމަށެެވެ. އަދި މިފަދަ ހަރަކާތެއް ރާއްޖޭގައި ކުރިއަށްދާއިރު އޭގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިފަން ޖެހޭ ކަމަށް އެމްޑީ ޝަރީފް ވިދާޅުވިއެވެ.

“މި ކޮންގްރެސްގެ ތެރެއިން ރަނގަޅު ވިޔަފާރީގެ ފުރުޞަތުތައް ފަހިވެ ގުޅުންތައް ބަދަހިކުރުމަށް ފުރުޞަތުތައް ލިބިގެންދާނެ. އަޅުގަނޑު ގޮވާލަން ހުރިހާ ކަމާގުޅުންހުރި ފަރާތްތަކަށްވެސް، މި ފުރުޞަތުގެ ބޭނުން ހިފައި، ރަނގަޅު ގުޅުންތަކެއް ޤާއިމްކޮށް ކާމިޔާބު ކުރިމަގަކަށް ތައްޔާރު ވުމަށް.” އެމްޑީ އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި އެމްއެމްޕީއާރުސީގެ ބޯޑުގެ ޗެއަރޕާސަން އައިޝާ ނޫރްޢައިން ޖަނާޙް ވިދާޅުވީ، މިފަދަ ހަރަކާތަކާއެކު ރާއްޖެ އިޝްތިހާރު ކުރުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ދަތުރު ކުރާ އެއަރލައިންތަކުގެ އަދަދު އިތުރުވެ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނޫރްޢައިން ވިދާޅުވިއެވެ.

“މިއީ ދުނިޔޭގެ ކަންކޮޅުތަކަށް ރާއްޖޭގެ މަޤްބޫލު ސަޤާފަތާއި ޤުދުރަތީ ރީތިކަން ދައްކާލުމަށް ލިބޭ ހާއްސާ ފުރުޞަތެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ތަޖުރިބާތައް އައު ގުޅުންތަކާއެކު ފުޅާވެގެންދާ ނެޓްވޯކަށް ފަހިކޮށްދީ، އަޅުގަނޑުމެންގެ ރަށްރަށަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު އިތުރުވެ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދިއުން.” ނޫރްޢައިން ވިދާޅުވިއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ދުނިޔޭގެ ފެންވަރުގައި އެއަރލައިންތަކާއި އެއަރޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. މިކޮންގްރެސްއަކީ ގްލޯބަލް ޓްރެވެލް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި މިފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަަމަށް ރާއްޖޭގެ މައި އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓް ކުރަމުންދާ އެމްއޭސީއެލްއިން ބުނެއެވެ.

އެގޮތުން ބައިވެރިވާ މަންދޫބުންގެ ތެރޭގައި އެއަރޕޯޓާއި ރޫޓު ޑިވެލޮޕްމެންޓް އެގްޒެކެޓިވުންނާއި، އެއަރލައިން އެގްޒެކެޓިވުންނާއި، އެއަރލައިން ނެޓްވޯކިންގް ޕްލޭނަރުންނާއި، އޭވިއޭޝަން ސަޕްލަޔަރުންގެ އިތުރުން އޭވިއޭޝަން އަދި ފަތުރުވެރިކަމާއި ގުޅުންހުރި ފަރާތްތައް ހިމެނޭ ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!