ޚަބަރު
ކުންފުނިތައް އިސްލާހުކޮށް، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރާނަން: ޑރ. ޝަފީޤް

ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް ހިންގުމާއި، ކުންފުނިތަކުގެ މާލީ ކަންކަމަށް ގެންނެންޖެހޭ އިސްލާހުތައް  ގެންނާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ.މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެެއެވެ.

ވޯލްޑް ބޭންކުން ނެރުނު ރާއްޖޭގެ ކަންޓްރީ ރިޕޯޓު “ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް” ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ.ޝަފީޤު ވިދާޅުވީ ފާއިތުވި އަހަރު އެކަށީގެންވާ ރަނގަޅު ނަތީޖާއެއް މާލީ ދާއިރާއިން ނެރެވިފައިނުވަނީ މާލީ ކަންކަން ރަނގަޅު ކުރުމަށް ގެންނަން އެކަށައެޅި އިސްލާހުތައް ކުރީ ސަރުކާރަށް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

އިތުރަށް އެފިޔަވަޅުތައް ނާޅައި ތިބުމަކީ އޮތް ޚިޔާރެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މާލީ ގޮތުން ރާއްޖޭގެ ނާޒުކުކަން ރަނގަޅު ކުރުމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

“އަޅުގަނޑުމެންގެ މާލީ ހާލަތުގެ ނާޒުކު ކަމާއި ދަރަނި މެނޭޖު ކުރުމުގެ މައްސަލައާ ހުރެ ފިޔަވަޅުތައް އެޅުން ނޫން އިތުރު ގޮތެއް ނެތް. އެކަން ކުރަން މި ތިބީ ތައްޔާރަށް،” މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ރާވަައި ތަންފީޒުކުރަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކާ ގުޅޭ އިތުރު ތަފުސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ފިޔަވަޅުތައް ފަށައިގަންނަން ޖެހެނީ ސަރުކާރު ކުންފުނިތަކާ ހަމައިން ކަމަށެވެ. އަދި ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތަކީ އިތުރަށް ފަސްކުރެވެން ނެތް ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ނިޒާމު ރަނގަޅުކޮށް ސަރުކާރުން ދޭ ސަބްސިޑީތަކަކީ ޓާގެޓް ސަބްސިޑީއަށް ބަދަލުކުރުމަށްޓަކައި ނިޒާމަށް ގެންނަންޖެހޭ އެކި އިސްލާހުތައް ސަރުކާރުން ގެންނާނެ ކަމަށެވެ. އެހުރިހާ ކަމެއްވެސް އެންމެ އެކަށީގެންވާ ދަނޑިވަޅުގައި ސަރުކާރުން ފަށާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ޑރ.ޝަފީޤު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ހޭދަކުރުން ސްޓްރީމްލައިންކުރި ނަމަވެސް ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުން ހިންގާނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫޢުތައް ހިންގުމުގައިވެސް ދައުލަތުގެ ފައިސާ އިސްރާފުނުވާނެހެން ކަންކަން ތަރުތީބުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން އެކުލަވައިލާފައިވާ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައުލޫމާތުތަކަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވައިލުމާއި، މަޝްރޫޢުތައް ރާވައި ހިންގުމަށް ވަރަށް ބޮޑު އެހީތެރިކަމަކަށްވާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!