ހަޔާތުގެ މޭވާ ކަމުގައިވާ ދަރިން ރަނގަޅު ސިއްހަތެއްގައި ބޭއްތިއްބުމަށް ކޮންމެ މަޔަކު ބަފަޔަކުވެސް އެދޭނެއެވެ. ނަމަވެސް ލިބޭ ދަރިންގެ ތެރޭގައި ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހި އެކަމުގެ ތަކްލީފް އުފުލަންޖެހިފައިވާ އާއިލާތައްވެސް މަދެއްނޫނެނެވެ.
މިފަދަ އާއިލާތައް ރާއްޖޭގެއެކި ހިސާބުތަކުގައި ތިބިއިރު، ރ. ދުވާފަރު ހައްވާ އަލީ އާއި، ޅ. ނައިފަރު ހުސެއިން މުހައްމަދުގެ ދެމެފިރިންވެސް ދަނީ އެފަދަ ހިތްތަތި އުނދަގޫ ދިރިއުޅުމެއް ތަހައްމަލު ކުރަމުންނެވެ. ލިބޭ އާމްދަނީން ދެ ކޮޅުނުޖެހޭ މި ދެމެއިންނަށް ލިބުނު 2 ވަނަ ދަރި ފާތިމަތު ހަނާ ހުސައިން އަކީ އުފަންވީއްސުރެ ވެސް ހިތުގެ މައްސަލަ ހުންނަ ކުއްޖެކެވެ.
ހައްވާ އަލީ “ހުވަދޫ މިޑިއާ” އަށް މައުލޫމާތު ދެމުން ބުނީ ހަނާގެ ހިތުގެ އޮޕަރޭޝަނެއް ވަނީ 2020ވަނަ އަހަރު އިންޑިއާގައި ކުރެވިފައި ކަމަށެވެ. އަދި އޭރު ހަނާ އޮޕަރޭޝަން ކުރީ ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ ކުއްޖާއަށް 5 އަހަރުންގައި ދެވަނަ އޮޕަރޭޝަން ކުރަންޖެހޭ ކަމަށެވެ. ހަނާގެ ހިތުގެ އޮޕަރޭޝަނަށް ބޭނުންވަނީ ފުއްޕާމޭގެ ޕަންޕެއް ލެއްވުމަށެވެ.
މިހާރު ހަނާއަށް 5 އަހަރު ފުރިއްޖެއެވެ. އެ ދެމެފިރިންގެ މާލީ ހާލަތު ހުރި ގޮތުން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ( އިންޑިއާ) އަށް ދެވޭނެ ފެންވަރެއް ނެތެވެ. ހަނާއަށް 5 އަހަރު ފުރުނީ ނިމިދިޔަ އޭޕްރީލް މަހު 19ވަނަ ދުވަހުއެވެ. މުއްދަތު ފަހަނައަޅާއިގެން ގޮސްފައިވާއިރު އަދިވެސް އެ އާއިލާއަށް ފުރައިގެން ދެވޭ ގޮތް ވަނީ ނުނެފައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ހަނާގެ ފަރުވާއަށް ދެން އޮތީ އިންޑިއާ އަށް ދިއުމެވެ. ނަމަވެސް މާލީ ހާލަތުތަންނުދެއެވެ.

ހަނާގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް
ހައްވާ ބުނީ ހަނާގެ އޮޕަރޭޝަން އިންޑިއާއިން ކުރުމަށްޓަކައި އާސަންދަ ވެސް ހަމަޖެހިފަވާ ކަމަށެވެ. ނަމަވެސް، ފަރުވާ ހޯދަން ޖެހޭ ހޮސްޕިޓަލަކީ އަގުބޮޑުތަނެއް ކަމުން، އަމިއްލަ އަތުން ފަރުވާގެ ބަޔަކަށް ޚަރަދުކުރަން ޖެހޭ ކަމަށްވެސް ހައްވާ ބުންޏެވެ.
މީގެ އިތުރުން، ހުރުމާއި ކެއުމަށް ކުރަންޖެހޭ ޚަރަދުތައް ކުރެވޭނެ ތަނަވަސްކަމެއް އެ އާއިލާގައި ނެތް ކަމަށާއި، އެކަމަށް ދީލަތި ފަރާތްތަކުގެ އެހީތެރިކަން މި ވަގުތު ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ.

ހަނާގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެް
ގުޅޭނެ ނަމްބަރު: (ހަނާގެ މަންމަ) ހައްވާ އަލީ 7994277
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި: 7730000266303 (ހަނާގެ ބައްޕަ/ ހުސެއިން މުހައްމަދު)
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު: 7730000390701 (ހަނާގެ ބޭބެ/ ހާމިދު މުހައްމަދު)
ނޯޓް: “ހުވަދޫ މީޑިއާގެ” އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.