ރިޕޯޓް
ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވެން ބާކީ ތިން ދުވަސް! ތައްޔާރުބާ!

އާދެ! އާ ދިރާސީ އަހަރަކަށް ސްކޫލުތައް ހުޅުވެން ދެން ބާކީ މިއޮތީ އެންމެ 3 ދުވަހެވެ. ގާތްގަޑަކަށް 1 މަސް ދުވަހުގެ ޗުއްޓީއަކަށްފަހު ކިޔެވުން ފަށަން އުޅޭއިރު ސްކޫލުތަކުން އަދި ދަރިވަރުންނާއި ބެލެނިވެރިންވެސް މިހާރު އުޅޭނީ މިކަމުގައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމުގައި ވަރަށް އަވަދިނެތިއެވެ.

މީގެ ފަސް ވަރަަކަށް އަހަރު ކުރިން ކުރިމަތިވި ކޮވިޑުގެ ވަބާއާ ހެދި އަދި އެހެނިހެންވެސް ސަބަބުތަކާ ހެދި ކުރީގެ ސަރުކާރުން ދަރިވަރުންގެ ޗުއްޓީތަކަށް ގެނައި ބަދަލު މި ސަރުކާރުން ބަދަލުކޮށްފައިވާއިރު ކުރިއަށް ފަށަން އޮތް ދިރާސީ އަހަރު ނިމި ބޮޑު ޗުއްޓީ ތައުލީމީ އާއިލާއާއި ބައްދަލުކުރާނީ އަންނަ ޑިސެމްބަރު މަހުގަ އެވެ. ސަރުކާރުން ގެނައި މި ބަދަލަކީ ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ތައުލީމީ ދާއިރާގައި މަސަތްކަތްކުރާ އެހެނިހެން ފަރާތްތަކަށް ވެސް ހެޔޮ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާއިރު އެ ހިތްހަމަޖެހުމާ އެކީ ދިރާސީ އާ އަހަރާ އަޅުގަނޑުމެން ކުރިމަތިލާއިރު މި އަހަރަކީ ކުރީ އަހަރަށްވުރެ ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރެވި ސްކޫލުތަކަށް ކުރިއެރުން ލިބޭ އަހަރަކަށް ވުމީ އެންމެންގެވެސް އުއްމީދެވެ.

ސްކޫލްތަކުގެ ކިޔެވުން ފެށުން މިހާ ކައިރިވެފައިވާއިރު މި ދުވަސްވަރަކީ މޫސުމީ ގޮތުން އެހާ އެދެވޭ ދުވަސްވަރެއް ނޫނެވެ. ހުޅުނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށްހެން ކުރަމުން އަންނައިރު މިފަހަރު ލިބުނު ކުޑަ ޗުއްޓީގައި އެކި ތަންތަނަށް ދިޔަ މީހުންނަަށްވެސް އެނބުރި ރަށައް އައުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ދެން އޮތީ ސްކޫލްތަކުން ދިރާސީ އާ އަހަރު ފަށަން އުޅޭއިރު ވާންޖެހޭ ތައްޔާރީތަކުގެ ވާހަކައެވެ. މިއީ ދައްކަންޖެހޭ އެންމެ މުހިއްމު ވާހަކައެވެ. އާ އަހަރަކަށް ސްކޫލް ފެށޭއިރު އާބާދީ މަދު ސްކޫލްތަކުގައި ގިނަ ފަހަރަށް ޓީޗަރުން ހަމަވާނީ ސްކޫލްގެ ކިޔެވުން ފެށިގެން ދެ ވަރަކަށް ހަފުތާ ފާއިތުވެފައި ހުންނައިރު އެވެ. ގިނަ ރަށް ރަށުގައި ޕްރިންސިޕަލަކު ނެތި އަހަރު އެއްކޮށް ނިމިގެންވެސް އެވެ. މިއީ ދެރަ ކަމެކެވެ. އެއް އަހަރުން އަނެއް އަހަރަށް އާބާދީ މަދު ރަށް ރަށުގެ ސްކޫލްތަކަށް ވެސް ކުރިއެރުން ލިބިގެންދާތަން ފެނިގެންދިއުމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ސްކޫލްތަކަށް އޮންނަ އިތުބާރު ދަމަހައްޓަން ވަރަށް މުހިއްމު ކަމެކެވެ. ސްކޫލް މާހައުލަކީ ދަރިވަރުން ދާ ހިތުން ދާނެ މަރުހަލާ އަކަށް ވާން ޖެހެ އެވެ.

ދާދި ފަހުން ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އޭސީ ކުރަން ނިންމައިފައެވެ. މިއީ ބެލެނިވެރިންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދިން ހަބަރެކެެވެ. އަދި ހަމަ އެހެންމެ ދަރިވަރުންނާއި ޓީޗަރުންނަށްވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ތައުލީމާ ބެހޭ ވުޒާރާ އިން އަބަަދުވެސް މަސަތްކަތް ކުރަމުން އަންނަނީ ދަރިވަރުންނަށް ފައިދާ ވާނެ ގޮތަކަށް ކަންކަން ހިންގައި ރޭވުމަށެވެ. އުއްމީދު ކުރަނީ މި ފެށޭ އަހަރަކީ ނިމިގެންދިޔަ އަހަރަށްވުރެ ސްކޫލް ތަކަށް އުމްރާނީ ގޮތުންނާއި ތައުލީމީ ގޮތުން ކުރިއެރުން ލިބޭނެ އަހަރަކަށް ވުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!